ރައީސްގެ އަނބިކަނބަލުންގެ އަރިހަށް ޝާހިދުގެ އަނބިކަނބަލުން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

369

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދުގެ އަނބިކަނބަލުން އާއިޝަތު ސުއިޒާ، އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައި މިއަދު އެވެ. .

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ގައުމަކަށް ލިބޭ ޝަރަފަކާއި ފަހުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ހާއްސަގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ވާނެކަން ފާހަގަކުރައްވާފައިވާކަމަށެވެ.

އަދި، ޝާހިދަށް އާންމު މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމުގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމުގައި ފާހަގަކުރައްވައި، ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެން ދަރިޔެއްގެ ހައިސއްޔަތުން އެކަމާ އެކަމަނާ ފަހުުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ ސުއިޒާ އަށް މަރުހަބާ ދަންނަވާފައިކަމަށްވެސްރައީސްއޮފީހުންބުނެއެވެ.

އަދި ގައުމު ބިނާކުރުމުގައި އަންހެނުން ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށާއި، ސުއިޒާ އަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ މި ހާލަތުން އަރައިގަތުމުގައާއި، އަންހެނުންނަށް ދިމާވާ ތަފާތު ކަންކަމަށް އިސްކަންދެއްވައިގެން އަންހެނުން ބާރުވެރިކުރުވުމާއެކު އަންހެނުންގެ ހައްގުތައް ރައްކާތެރިވާނެ އުސޫލަކުން މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

އަދި މި ބައްދަލުވުމުގައި އދގެ އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުން ސުއިޒާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދައުވަތު ދެއްވީތީ އުފާކުރައްވާކަމުގައި ވިދާޅުވެ ޝުކުރުއަދާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

 

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ