ރާއްޖޭގައި ޖަހާ ތިން ވެކްސިނެއް އިނގިރޭސި ސަރުކާރުން ބަލައިގަނެ ދިވެހިންނަށް ލުއިތަކެއް

Loading

Facebook
Twitter
WhatsApp

 

ކޮވިޑް 19 އިން ދިފާއުވުމަށް ރާއްޖޭގައި ޖަހާ ތިން ވެކްސިނެއް ބަލައިގަނެ އިނގިރޭސިވިލާތަށް ތަތުރުކުރާ ދިވެހިންނަށް ލުއިތަކެއް ދޭން އެގައުމުން ނިންމައިފިއެވެ.

 

އިނގިރޭސިވިލާތުން ނިންމާފައިވަނީ އިންޑިއާގެ ކޮވިޝީލްޑް އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން ޖަރުމަނުގެ ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއި ދިނުމަށެވެ.

 

ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސި ސރުކާރުގެ ނިންމުމާ ގުޅިގެން ވެކްސިން ފުރިހަމަ ކޮށްގެން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

 

މި ނިންމުމަށް އަމަލުކުރުމަށް ހަމަޖައްސާފައި ވަނީ ހޯމަ ދުވަހުގެ ފަތިހު ހަތަރަކުން ފެށިގެންނެވެ.

އިނގިރޭސީންގެ ނިންމުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްލާ މައުސޫމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގައި ކޮވިޝީލްޑް އާއި އެސްޓްރާޒެނެކާ އަދި ފައިޒާ ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ލުއިތައް ދިނުމަށް އިނގިރޭސިވިލާތުން ނިންމި އިރު  ރާއްޖޭގެ ގިނަބަޔަކު ޖަހާފައިވާ ޗައިނާގެ ސިނަފާމް ވެކްސިން އާ ގުޅޭ ގޮތުން އަދި ވަކި ނިންމުމެއް ނިންމާފައެއް ނުވެ އެވެ.

ކޮވިޑާއި ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެ އެގައުމުގެ ރެޑް ލިސްޓްގައި ގިނަ ދުވަސްތަކެއްވަންދެން ބޭއްވުމަށްފަހު އެލިސްޓުން ނެގީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް