ކޭޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯން ގަނެފި

Loading

Facebook
Twitter
WhatsApp

 

ކޭޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯން ގަނެފިއެވެ.

ފުލުހުން ވަނީ ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުން ކޮށްގެން ގިނަ އަދަދެއްގެ މޯބައިލް ފޯން ގަތް ކަމަށް ތުހުމަތު ކުރެވޭ މީހާ  ހޯދަން އެމީހާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯ އާންމު ކޮށްފައެވެ.

ވީޑިއޯއިން ފެންނަނީ ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި ފިރިހެނަކު  ބޯބައިލް ވިއްކާ ފިހާރައެއްގެ ތެރޭގައި ހަރަކާތްތެރިވާ ތަނެވެ. އެމީހާގެ އަތުގައި ވިޔަފާރި ކޮތަޅުތަކެއް ހުއްޓެވެ.

ފުލުހުން ބުނީ އެމީހާއަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، އާޓިފިޝަލް ބީޗް ސަރަހައްދުން ކޭޝް ކާޑެއް ވަގަށް ނަގައިގެން، އެ ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.

ތުހުމަތު ކުރެވޭ މީހާ ގަނެފައިވަނީ ކިތަށް ފޯނުކަމެއް ފުލުހުން ހާމަ ކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ އެ އިދާރާއިން މިހާތަނަށް ކުރި މައްސައްކަތުން ވީޑިއޯއިން ފެންނަ މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އެމީހާ ހޯދިފައި ނުވާކަމަށެވެ.

ވީމާ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު  498682 ކިއުމަށްފަހު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް