ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެއްވައިފި

Loading

Facebook
Twitter
WhatsApp

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، 1443 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކަށް މި އިނާމު އެރުވީ އެބޭފުޅާގެ ހަނދާނަށެވެ.

މިރޭ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1. ކީރިތި ޤްރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގްރުއާނުގެ ޢިލްމުގެ ދާއިރާއިން: އަލްމަރްޙޫމް އިބްރާހީމް ހުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހަސަން ލަބީބު، ކެމީ، ސ. ހިތަދޫ
3. ސިއްހީ ދާއިރާއިން: ޑޮކްޓަރ ހާމިދު ރަޝީދު، މއ. އެވޭލާގެ
4. ކުޅިވަރުގެ ދާއިރާއިން:  މައްލާ ޅަތުއްތު، ހ. ސާވަން

މިރޭގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 14 ބޭފުޅުންނަކީ:

1. ކީރިތި ގްރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގްރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްހާފިޒާ ލަތީފާ އަހްމަދު، މާވުލެސް، ސ. ހިތަދޫ
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަސް އުގަންނައިދިނުމުގެ ރޮނގުން:  އަބުދުﷲ ޖަމީލް، ވައްވަރުގެ، ޅ. ނައިފަރު
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:  ފަތުހުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ
4. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:  ޝަރަފުލްހުދާ މުހައްމަދު، ސީނުގެ، ގއ.ނިލަންދޫ
5. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން(އިމަގު)
6. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތްކުރުމުގެ ރޮނގުން:  މުހައްމަދު ރާޝިދު، މ. ހުސްނޫ
7. ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތައާރުފުކުރުމުގެ ރޮނގުން: ޔޫސުފް ރިފްއަތު، ނޫވިލު، ޅ. ހިންނަވަރު
8. މަސައްކަތްތެރިކަމުގެ ދާއިރާއިން؛ އެކި ބާވަތުގެ މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން:  ފާތިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ، ސ. ހިތަދޫ
9. މުވާސަލާތާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން: ކޮމްޕިއުޓަރ ސޮފްޓްވެއާ އާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން:ޑޮކްޓަރ މުހައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ
10. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން:  އިބްރާހީމް މުހައްމަދު، ހ. ސްނޯޕީކް
11. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން:  ޢަލީ ރަޝީދު، ހަނދުވަރީގެ، ސ. ފޭދޫ
12 .ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން:  ފާތިމަތު ސާލިޔާ، ވާރޭވިލާ، ހދ. ނޭކުރެންދޫ
13. ވިޝުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި،ފަރުމާކުރުން)ގެ ރޮނގުން:  މައިމޫނާ، މ. މިރިޔާސްގެ
14. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: އަލްފާޟިލް އަރުޝަދު އަޝްރަފް، ހުސްނުހީނާގެ، ހއ. ހޯރަފުށި

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް