ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސުކޫލް އިމާރަތް ކުރުމަށް ހުޅުވައިލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުނު

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސްކޫލް އިމާރާތް ކުރުމަށް ފިނޭންސް މިނިސްޓްރީން ހުޅުވައިލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެ ހުޅުވާލުމަށް މާބޮޑު ތަރުހީބެއް ނުލިބުމުން މިނިސްޓްރީން ވަނީ އަނެއްކާވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ދެ ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށް އަލުން އިއުލާން ކޮށްފައިވާއިރު އެ އިއުލާނުގައި ވާ ގޮތުން ދެ ސްކޫލްގެ މަސައްކަތްތަކަށް ބީލަން ހުޅުވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

މި ދެ މަސައްކަތަށްވެސް ބިޑު ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށްވެސް ފިނޭންސްން ބުނެއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށ ހަމަޖައްސާފައިވާ މި ސްކޫލްތަކުގެ ޑިޒައިން ވެސް ކުރަން ހަމަޖައްސާފައިވަނީ އިމާރާތް ކުރާ ފަރާތުންނެވެ.

މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ސްކޫލް އިމާރާތްކުރުމަށް ބިޑް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ކަނޑައަޅާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންނެވެ.

ދިވެހި ކުންފުނިތަކުގެ ތެރެއިން ސްކޫލް އިމާރާތްކުރުމަށް ބިޑް ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށެވެ.

ބޭރުގެ ކުންފުންޏަކުން ސްކޫލް އިމާރާތްކުރުމަށް ބިޑް ހުށަހަޅާ ނަމަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ހިމެނޭ ކަންކަން ފުރިހަމަކުރަން ޖެހެ އެވެ.

 

Loading

One Response

  1. މާލޭ ރައްޔަތުންނަށް ގޯތިދެން ވަޢުދުވެފައި ވެރިކަމަށް އައިސް ގޯތިދޭން އޮތް ހުރިހާ ބިމެއް ވިއްކާ ހުސްކުރީއެވެ. ފުރަހަނި ޝުއޭބުމެން ރުޅިގަދަ ނުވިއްޔާ ރަނގަޅެއްނޫންތޯއެވެ. އެންމެ ކައިރީގައި ޕާޓީއަށް މަރުދޭން ތިބިމީހުނަށްވެސް ލަނޑުދިނީއެވެ. ދޮގާ މަކަރާއި ޙީލަތަކީ އެމްޑީޕީގެ ބާރުއޮންނަ ކޮންމެ ސަރުކާރެއްގެ ސުންނަތެއްތޯއެވެ. ވަރަށް ގޯސް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް