މަތީ ދަރަޖަ ހޯއްދެވި ފަރާތްތަކަށާއި ހާފިޒުންނަށް ހާއްސަ މެޑެލް ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަތީ ދަރަޖަ ހޯއްދެވި ފަރާތްތަކަށާއި ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް މިރޭ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި އިނާމުތައް ދެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 11 ބޭފުޅަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 6 ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި ހަތަރު ބޭފުޅަކާއި އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.

އެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

1. ޑޮކްޓަރ މުހައްމަދު މުނީޒް ހ. އެލްޕާޝޯ
2. ޑޮކްޓަރ ފާތިމަތު ނިޝާން މ. އޯޑެންއެވެނިއު
3. ޑޮކްޓަރ މުހައްމަދު ޒާހިރު ގ. މާލެހިޔާ 1 03-18
4. ޑޮކްޓަރ މަރްޔަމް ޝަރީފާ އަގޮޓީގެ ސ. ހިތަދޫ
5. ޑޮކްޓަރ އާއިޝަތު ވަހީދާ މާފަހި ޅ. ކުރެންދޫ
6. ޑޮކްޓަރ ވިސާލު މޫސާ އަންނާރުގަސްދޮށުގެ ކ. ކާށިދޫ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:

މާސްޓަރޒް ޑިގްރީ
1. އާއިޝަތު ޒިލްމާ ކަށިމާގެ ސ. ހުޅުދޫ
ބެޗްލަރސް ޑިގްރީ
1. އާމިނަތު ތިޒްކާރު ޔޫސުފް މ. މައިމަގުމަތީގެއާގެ
2. ޝާމިލާ އިދުރީސް ހިރުދުމާގެ ބ. ކެންދޫ
3. އާމިނަތު ހުމައިދާ ނިޔާމަ ށ. ފޯކައިދޫ

ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، މ. މަގުމަތީގޭ އަލްޤާރީ އަހްމަދު ރަޝީދު އަބްދުލްގާދިރެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކުރި 11 ހާފިޡުންނަކީ:

  1. އަލްޙާފިޡާ ހައްވާ އަނީސާ މާލެ ދަފްތަރު ނަންބަރު ރސ 13802
    2. އަލްޙާފިޡް ސަލްމާން މުހައްމަދު ލަތީފް ފެހިގެ ދ. މީދޫ
    3. އަލްޙާފިޡް މުހައްމަދު ނާހިލް އަޒްމީލް ހުޅުމާލެ ފްލެޓް ނަންބަރު: އޭ-4-5ސީ
    4. އަލްޙާފިޡާ ލަތީފާ މުޙައްމަދު ގޯލްޑަން ފްލާވަރ ސ. ހިތަދޫ
    5. އަލްޙާފިޡް އާހިލް މުހައްމަދު ޒާހިރު މަލާޒް ގދ. ތިނަދޫ
    6. އަލްޙާފިޡާ ޢާތިފާ އަބްދުލްބާރީ މާލެ ދަފްތަރު ނަންބަރު ރސ 12572
    7. އަލްޙާފިޡް މުހައްމަދު މިތްޔާޙް ސަލްމާން ހެވަންލީޑް ގދ. ތިނަދޫ
    8. އަލްޙާފިޡް މުހައްމަދު އަޝްހަމް އަލީ މއ. އަރިވަރު
    9. އަލްޙާފިޡާ އާއިޝަތު ތޫލާ އަންވަރު ހުވާސް ށ. މިލަންދޫ
    10. އަލްޙާފިޡް ލައިލް ހުސައިން ހަމީދު އަލިވާގެ ދ. ކުޑަހުވަދޫ
    11. އަލްޙާފިޡާ އާއިޝަތު ޝުބާ ޝާހް ތިމާވެހި ގދ. ތިނަދޫ

މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް