އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ބައްދަލުވުން އިދިކޮޅުން ބޮއިކޮޓް ކޮށްފި

809

 

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުން އިދިކޮޅު ޕީޕީއެމް / ޕީއެންސީން ބޮއިކޮޓްކޮށްފި އެވެ.

ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ހެނދުނު ބައްދަލުކުރެއްވި އިރު  އެ ބައްދަލުވުމުގައި ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުން ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ބައިވެރިނުވީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމަކަށް ވާތީއެވެ. އިދިކޮޅުން މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި  އދ. އާންމު މަޖިލީހުގެ ރައީސް ކަންކުރައްވަން ވާނީ ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހުއެވެ.

އަބްދުއްލާ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ވަޑައިގެންނެވީ މިއަދު އެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު  ރާއްޖޭގައި މަޑުކުރައްވާނެ އެވެ. އެމަނިކްފާނުގެ މިދަތުރުފުޅަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

 

2 ހިޔާލުތައް

  1. މިދަތި ދަނޑިވަޅުގައި މިދަތުރަށްވެސް ޚަރަދުކުރާނީ “ނިކަމެތި” ރައްޔިތުންގެ ބައިތުލްމާލުންނެވެ. އަޅެ ދެން މިއީ ގައުމަށް ޖެހުނު ބޮޑު މުސީބާތެއްނޫންތޯއެވެ. އދ.ގެ މަގާމުއަދާކޮށްގެން ގައުމަށް ރީތިނަން އޯކޭ. އެހެނަސް ފޮރިންމިނިސްޓްރީންވެސް މުސާރަނަގައި އެވަޒީފާ އަދާނުކޮށް އެހެން ދިވެއްސަކަށް އެވަޒީފާ އަދާ ނުދީ މިދެން ގޭންގުން ކަންކަން ކުރާއުސޫލު ނޫންތޯއެވެ. ޔާމީނު ވައްކަން ކޮރާތީއޭ ގައުމު ވިއްކާލައިފިއޭ ކިޔައިފަ ވެރިކަން ހޯދައިގެން ހަމަ ހިތައްއެރިގޮތަކަށް ތިމަތިމާމެނަށް މޮޅުވާނެ ހުރިހާ ގޮތަކަށް ކަޅުދަބަސް އުފުލަނީއެވެ. އޭގައި ހުރީ ދިޔާ އެއްޗެއްކަމެއް ހިކއެއްޗެއްކަމެއްވެސް ބުނެއެއް ނުދެވޭނެޔޭ ކިޔައިގެން ލަދެއް ހަޔާތެއްނެތި ހަމަ އެ އުޅެނީއެވެ. ހެޔޮވެރިކަމެއް ހިންގަދޭނަމޭކިޔާފަ މިވަރަށް ރައްޔަތުންނަށް ދޯކާ ދޭކަށް ނުވާނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ