ފްލެމިންގޯ ވިއްކާ މައްސަލަ ބަލަން ފަށައިފި

  ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ފްލެމިންގޯ ހިފައި އެ ވިއްކާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ. އެޗްޕީއޭން ބުނީ ފްލެމިންގޯތައް ރާއްޖެ އިން ފެންނަމުން މި ދަނީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނިތައް ގިނަ އަދަދަކަށް ރާއްޖެ އަންނަ ދުވަސްވަރުކަމަށް ވާތީކަމަށެވެ. ފްލެމިންގޯތައް ހއ އާއި ހދ ބައެއް ރަށްތަކުންވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން އެ އަތޮޅު ބާރަށް، ފިއްލަދޫ އަދި މުރައިދޫންވެސް ފްލެމިންގޯތަށް ފެނިފައިވާއިރު ހދ. ކުޅުދުއްފުށީގެ ކުޅިން ވެސް […]

ކަނޑަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައިގޮސް ކާށިދޫ އަށް އަރައިފި

  ހުޅުމާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ”އެސްޓްރިޑް“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކުން ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ އަމިއްލައަށް ފަތާފައި ގޮސް ކާށިދޫ އަށް އަރައިފިއެވެ. ފުލުހުން ބުނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ކާށިދޫ ކަނޑަށް ގެއްލިގެން މިއަދު 11 ޖަހާއިރު ރިޕޯޓްކޮށްފައި ވުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަަށައިގެން ކުރިއަށް ދިޔަ ކަމަށެވެ. އެމީހާ ފަތާފައި […]

މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

  މާލޭ ރަސްމީފާލަން ކައިރިން ބޭރުތޮށިގަނޑުގެ މަތީގައި މަސް ބާނަން ހުރި މީހަކު އެ މޫދަށް ވެއްޓި މަރުވެއްޖެ އެވެ.   ފުލުހުން ބުނީ އިއްޒުއްދީން ފާލަމާއި ދިމާލުން ބޭރު ތޮށި މަތީގައި މަސްބާނަން ހުރި މީހަކު މިއަދު ހެނދުނު އައި ކޮޅިގަނޑުގެ ތެރޭގައި މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ހެނދުނު 6:00 ޖެހި އިރު ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. ފުލުހުން ބުނީ މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިހިހެނެއްކަމަށެވެ. […]

ރެޑް ސީ ޑިވެލޮޕްމަންޓް ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް ރައީސް ވަހީދު

    ސައޫދީ އަރަބިއްޔާގެ ފަތުރުވެރިކަން ފުޅާކުރުމަށް އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާނުކުރައްވާފައިވާ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއު ”ދަ ރެޑް ސީ ޕްރޮޖެކްޓް“ ހިންގާ ރެޑް ސީ ޑިވޮލޮޕްމެންޓް ކޮމްޕެނީގެ އެޑްވައިޒަރީ ބޯޑަށް ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިފި އެވެ. ރެޑް ސީ ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް ރައީސް ވަހީދު އައްޔަން ކުރެއްވިކަން އެ ކުންފުނިން މިއަދު ވަނީ އިއުލާން ކޮށްފައެވެ.   […]

ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ޝާހިދު ސަސްޕެންޑް ކޮށްފި

  ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑް ކޮށްފިއެވެ. ޖޭއެސްސީން ބުނީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ސަސްޕެންޑްކުރީ އޭނާއާ ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހުކަމަށެވެ. އެގޮތުން ކްރިމިނަލް މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާކަމުގައި ކުރެވިފައިވާ ތުހުމަތަށް އިއުތިރާފް ވެފައި ވާތީއާއި ތަހުގީގަށް ހޯދުނު އެހެނިހެން ހޯދުންތަކުންވެސް އެ މައްސަލަތައް ބަލަމުން ނުދާކަމަށް […]

ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ: ސަލީމް

  ވާނުވާ ބަންދެއްގައި ހުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށާ މި ސަރުކާރުން އެކަން ހައްލު ކޮށްފި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ ވާނުވާ ބަންދު މީހުންނަށް  ހައްގުތައް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ  ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ވަނީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅުއްވާފައެވެ. އެ  މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ފުރަތަމަ މި […]

ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ހޯދުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

  ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ ބަންދު މީހުން ނުވަތަ ވާނުވާ ބަންދު މީހުންނަށް މީހުންނަށް ހައްގުތައް ހޯދުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. މި  މައްސަލާގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ވާނުވާ ނޭގޭ ގޮތަށް ޖަލުތަކުގައި އެތައް އަހަރުތަކެއްވަންދެން އެކިއެކި ފަރާތްތައް ބަންދުކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ނުފެށިވާ ފަރާތްތަކާއި، ހެކިބަސް ނެގުމުގެ […]

އުނގޫފާރު މަގުތަކުގައި ތާރު އަޅައި ނިންމާލައިފި

  ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ތާރުއަޅާ ނިންމާލައިފިއެވެ. އުނގޫފާރު މަގުހެދުމުގެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ  އެރަށުގެ މަދުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި އެޅުމަށް ހަމަޖެއްސި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ މިހާރު ކުރަމުންދަނީ މަގުތަކުގައި ފެންހިދުމަށް ގާއިމްކުރާ ޖަންކްޝަންތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި މީގެ އިތުރުން  ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުމުގެ މަސައްކަތްކަމަށް ވެސް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން […]

ކޮނޑޭގައި ޒަމާނީ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

  ގއ. ކޮނޑޭގައި ޒަމާނީ ރީތި މިސްކިތެއް ބިނާ ކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލިމަނިކުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި […]

ޖިއާންގެ މަރުގެ ބަދަލުދޭން ކުރި ހުކުމް އިސްތިއުނާފަށް

  މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަންގެ ބަދަލެއް ދިނުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ. ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ ޖިއާން މަރުވި މައްސަލައިގައި ބަދަލުދޭން ހުކުމް ކުރީ ސިވިލް ކޯޓުން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށެވެ. އެ ކުޑަކުއްޖާ މަރުވީ 2018 ވަނައަހަރުގެ ޑިސެމްބަރު ގައި އާއިލާއާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ޑަބްލިޔު ކޮންސްޓްރަކްޝަންއިން ހަދަމުން […]