ކޮނޑޭގައި ޒަމާނީ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ގއ. ކޮނޑޭގައި ޒަމާނީ ރީތި މިސްކިތެއް ބިނާ ކުރުމަށް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މިސްކިތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުރުޝިދާ އަލިމަނިކުއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. 7.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް