ޖިއާންގެ މަރުގެ ބަދަލުދޭން ކުރި ހުކުމް އިސްތިއުނާފަށް

396

 

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަންގެ ބަދަލެއް ދިނުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ ޖިއާން މަރުވި މައްސަލައިގައި ބަދަލުދޭން ހުކުމް ކުރީ ސިވިލް ކޯޓުން ޑަބްލިޔު ކޮންސްޓްރަކްޝަންގެ މައްޗަށެވެ.

އެ ކުޑަކުއްޖާ މަރުވީ 2018 ވަނައަހަރުގެ ޑިސެމްބަރު ގައި އާއިލާއާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ޑަބްލިޔު ކޮންސްޓްރަކްޝަންއިން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓިގެންނެވެ.

އެ މައްސަލާގައި ގެއްލުމުގެ ބަދަލަށް 17.4 މިލިއަން ރުފިޔާ ހޯދަން ޖިއާންގެ މަންމަ އާއި ބައްޕަ ދައުވާ ކުރިނަމަވެސް ސިވިލް ކޯޓުން މިދިޔަ މަހު ހުކުމްކުރީ 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ދެއްކުމަށެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭ ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފް ކުރަން ޑަބްލިއު ކޮންސްޓްރަކްޝަނުން ހައި ކޯޓަށް ހުށަހަޅައިފައިވާއިރު އެކުއްޖާގެ މައިން ބަފައިންގެ ފަރާތުން ދަށު ކޯޓުގައި އެދުނު ބައެއް ބަދަލުތައް ނަގައި ނުދޭން ސިވިލް ކޯޓުން ނިންމާފައިވާތީ އެ މީހުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

މި ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހަ މީހަކަށް ޖިނާއީ ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވީ އޭގެތެރެއިން ފަސް މީހަކަށެވެ. ކުށް ސާބިތުވީ މީހުންގެ ތެރެއިން ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފައިވާއިރު  ތިން  މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

 

3 ހިޔާލުތައް

  1. އިސްތިއުނާފު ކޮށްފި ނަމަ ނިމުނު ގޮތެއް އެނގެންވާނެ.އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އަދި ނިމުނު ގޮތެއް ނޭނގޭނެ.އޭރު އެކަން ހިނގަމުންދާނީ…ހޭބަހަށްޓައިގެން ލިޔެބަލަ.

  2. އިސްތިއުނާފު ކޮށްފި ނަމަ ނިމުނު ގޮތެއް އެނގެންވާނެ.އިސްތިއުނާފަށް ހުށަހަޅައިފި ނަމަ އަދި ނިމުނު ގޮތެއް ނޭނގޭނެ.އޭރު އެކަން ހިނގަމުންދާނީ…ހޭބަހަށްޓައިގެން ލިޔެބަލަ……..”އެކުއްޖާގެ މައިން ބަފައިންގެ ފަރާތުން ދަށު ކޯޓުގައި އެދުނު ބައެއް ބަދަލުތައް ނަގައި ނުދޭން ސިވިލް ކޯޓުން ނިންމާފައިވާތީ އެ މީހުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ”

  3. ޚިޔާލެއް ނެތް ކަމަށް ވަންޏާ ޚިޔާލެއް ނުދެވޭނެ. ” ޚިޔާލެއް ނެތް.” އެތަނުގައި ސުވާލު މާކެއް އޮތް ނަމަ ރަނގަޅުވީސް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ