އުނގޫފާރު މަގުތަކުގައި ތާރު އަޅައި ނިންމާލައިފި

Loading

Facebook
Twitter
WhatsApp

 

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ތާރުއަޅާ ނިންމާލައިފިއެވެ.

އުނގޫފާރު މަގުހެދުމުގެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ  އެރަށުގެ މަދުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި އެޅުމަށް ހަމަޖެއްސި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާ މިހާރު ކުރަމުންދަނީ މަގުތަކުގައި ފެންހިދުމަށް ގާއިމްކުރާ ޖަންކްޝަންތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި މީގެ އިތުރުން  ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުމުގެ މަސައްކަތްކަމަށް ވެސް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ އުނގޫފާރުގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން އެރަށުގެ 14 މަގެއްގައި 16488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވާއިރު މުޅި މަޝްރޫއުގެ  87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެރަށު މަގުތަކުގައި ތާރު އަޅާފައިވަނީ އޭބީސީ ފަށަލަލުމަށްފަހު ގިނަ ދުވަސްތަކަށް ދެމިގެންދާގެ ގޮތަށްކަމަށް އެމްޓީސީސީން ބުނެއެވެ.

28.02 މިލިއަން ރުފިޔާގެ މި މަޝްރޫއު ފާށާފައިވަނީ މިއަހަރުގެ މާޗް މަހުގެ 28 ވަނަދުވަހުއެވެ. އެމްޓީސީސީން ބުނީ އުނގޫފާރުގެ މަގުހެމުގެ މި މަޝްރޫއގެ މަސައްކަތް މިއަހަރުތެރޭގައި ނިންމާލެވޭނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް