ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މޭ މަހުން ފެށިގެން ބޮޑުކުރާނެ: ރައީސް

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މޭމަހުން ފެށިުގެން  ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ   މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވީ ގައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ފަރާތްތަކުގެ މުސާރަ ބޮޑު ކުރެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަމަށާ  އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ […]

ދައުރު ނިންމާނީ ގޯއްޗަށް ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް އިން ވަކިކޮށް ގޯތީގެ ފަތް ދިނުމަށްފަހު: ރައީސް

    ރިޔާސީ މި ދައުރު ނިންމާނީ، ގޯއްޗަށް އެންމެ ބޭނުންޖެހިފައިވާ މާލޭ ރައްޔިތުންނަށް  ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑުކަމަކީ ބޯހިޔާވަހިކަން ކަމަށާ އެކަން ހައްލުކުރުމަށް އަތޮޅުތެރެ އާއި މާލެއަށް ހާއްސަކޮށް ގިނަ މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް […]

ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި

  ޖަލަށް އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހުޅުމާލެ ފޭސް ދެއަކުން އިއްޔެ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށްވެއެވެ. ފުލުހުން ބުނީ  ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް […]

އިންޑިއާ އައުޓް ކެމްޕޭންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ގިނަ ފާޑުކިއުންތަކެއް

    އިނދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެންޕޭންގެ ޕޯސްޓަރުތަކެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްގެންދާ އެ ކެމްޕެއިންގެ ޕޯސްޓަރުތަކެއް ޏ. ފުވައްމުލަކުގެ ބައެއް ގޭގޭގެ ފާރުގައި ހަރުކޮށްފައިވާއިރު އެ ޕޯސްޓަރު ތަކުގައި 3 ނޮވެމްބަރު 1988ގައި ގައުމުގެ ދިފާއުގައި ހަގުރާމަކުރަނިކޮށް ޝަހީދުވި ހުސައިން އާދަމްގެ ފޮޓޯ ޖަހާފައި ވެއެވެ. އެކަމާ ގުޅިގެން އާންމުންނާއި އަދި […]

އައިޖީއެމްއެޗްގެ ލެބޯޓްރީ ހިދުމަތް 4 ގަޑއިރަށް ކުރުކޮށްފި

  އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ހިދުމަތް ދޭ ވަގުތު މަދުކޮށް ދުވަހަކަށް 4 ގަޑިއިރަށް ހިދުމަތް ކުރުކޮށްފިއެވެ. އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުންދޭ ލެބޯޓްރީ ހިދުމަތް މާދަމައިން ފެށިގެން އަންނަ ހޮނިހިރު ދުވަހު ނިޔަލަށް ދޭނީ ދުވަހަކަށް ހަތަރު ގަޑިއިރަށް ކަމަށެވެ. އެގޮތުން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަންދު ދުވަސްތައް ނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާހަމައަށްކަމަށެވެ. އަދި ދުވާލަކަށް ދޫކުރުމަށް ނިންމާފައިވަނީ 100 ނަންބަރުކަމަށާ އެ […]

އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އާ ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް

    އުޅަނދުފަހަރުންގެ އޭޖެންޓުންގެ ލައިސަންސް އާކުރެވޭނީ ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.   ކަސްޓަމްސް އިން މިއަދު ބުނީ އުޅަނދުފަހަރުންގެ އޭޖެންޓް ލައިސަންސް އާ ކުރުމަށް އެޕްލިކޭޝަން ފޯމު ކަސްޓަމްސް އޮފީހަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އާކުރެވޭ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.   ކަސްޓަމްސް އާންމު ގަވާއިދުގެ 228 ވަނަ މާއްދާގައިވާ ގޮތުން އުޅަނދުފަހަރުގެ އޭޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރާ […]

ހިޔާ ފްލެޓްތަކުގެ ކުނި އުކުމަށް އަދި ބިލް ނުކުރާނެ: ވެމްކޯ

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކުގައި އުފެދޭ ކުނި އުކުމަށް އަދި ބިލް ނުކުރާނެ ކަމަށް ކުނި އުކުމުގެ ހިދުމަތް ދޭ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ އެޕާޓްމަންޓްތަކުގައި  އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓާ ކުރުމަށް ވެމްކޯގެ ’ހައުސްހޯލްޑް‘ ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް މީގެ ކުރިން ނިންމާފައި ވީ ނަމަވެސް، އެ ނިންމުން މިހާރު […]

އެއާޕޯޓުގައި ހުރި ފަތުރުވެރިޔަކު ކުއްލިގޮތަކަށް މަރުވެއްޖެ

    ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ފަތުރު ވެރިޔާ އަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓްގައި ހުރި ފަތުރުވެރިޔެކވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މި ފަތުރުވެރިޔާގެ މަރާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ މީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން […]

ތިނަދޫގައި ހާލަތު ގޯސްވެ ކާފިއު އިއުލާންކޮށްފި

    ގދ. ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ބަލި ފެތުރުން އެ ރަށުގައި ހަތް ދުވަހަށް ކާފިއު ހިންގަން ފަށައިފި އެވެ.   ތިނަދޫ ކައުންސިލުން ބުނީ ކޮވިޑްގެ ހާލަތު ރަށުތެރޭގައި ގޯސްވުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހު، ހަތް ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.   ރަށު ކައުންސިލުން ނިންމާފައިވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ހިންގާށެވެ. […]

މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅިގެން ތުހުމަތަކެއް ކުރެވުނު ދާންދޫ ކައުންސިލް ރައީސަށް ދައުވާ ނުކުރަން ނިންމައިފި

  ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ނުކުރަން ފުލުހުން ނިންމައިފި އެވެ. ފުލުހުންގެ އިދާރާއިން މައްސަލަ ނިމުނުގޮތުގެ ލިޔުން އާސިފަށް ދީފައިވާއިރު އޭގައި ބުނެފައިވަނީ ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ނިމުނު ގޮތުގެ ލިޔުން ހިއްސާކުރައްވަމުން […]