މާރާމާރީ އާއި ގުޅިގެން ހޯދަމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި

މި މަހު ދެ ވަނަ ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ. ތިމަރަފުށި/ ސީނުގެ، އަހްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫތު އަހްމަދު އާސިފް (18އ) ކަމަށެވެ. ފުލުހުން ބުނީ އެދެމީހުން ހައްޔަރުކޮށްފައިވަނީ މެއި ހޮނިހިރު ދުވަހު މާލެއިން ކަމަށާ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް […]
ޓީޗަރުންނަށް ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއްކަމަށް ގަބޫލުކުރައްވާނެ ކަމަށް އުންމީދުކުރަން: ރައީސް

މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މި މަހުންފެށިގެން ޓީޗަރުންނަށް ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް އިއުލާންކުރައްވައި ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ވީޑިއޯ ޚިތާބުގައި ވިދާޅުވީ މި މަހާއެކު ޓީޗަރުންގެ މުސާރައަށް މުހިންމު ބަދަލެއް އަންނާނެ ކަމަށެވެ. އަދި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި […]
މީހަކަށް ވަޒީފާ ހޯދައިދޭން އެދި ސަރުކާރުގެ އިސް ވެރިޔަކަށް އިންތި ކޮށްފައިވާ މެސެޖްތަކެއް އާންމުވެއްޖެ

ވަކި މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ފޮނުއްވެވި މެސެޖްތަކެއް އާންމުވެއްޖެ އެވެ. މީހަކަށް ވަޒީފާ ހޯދައިދޭން އެދި އިންތި ކޮށްފައިވާ މެސެޖްތަކެއް އާންމުވެފައި މިވަނީ ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެފައި ވަނިކޮށެވެ. އާންމުވެފައިވާ މެސެޖްތައް ކޮށްފައިވަނީ އައްޑޫ […]
ތުއްތުކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ށ. ކަނޑިތީމުގައި އެއް އަހަރުގެ ތުއްތު ފިރިހެން ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެ ކުއްޖާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ފުލުހުން ބުނީ ކަނޑިތީމުއި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:30 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ ތުއްތު ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ތުއްތުކުއްޖާ މަރުވެފައިވަނީ ގެބިގެންނެވެ. އަދި އެކުއްޖާ ފެނުމާއެކު ރަށު ސިއްޚި މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް އޭގެ […]
އިންޑިއާ އައުޓް“ ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް

އިންޑިއާ ސިފައިން ރާއްޖެ ތިބުމާ ދެކޮޅަށް އަޑުއުފުލައި އިދިކޮޅުން ފަށާފައިވާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ނެރުއްވި ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލޮޝަނުން ބުނެފިއެވެ. ރައީސް ސާލިހު މިއަދު ވަނީ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ގަރާރެއް ނެރުއްވާފަ އެވެ. އެއާއެކު ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ބެނާތަކެއް […]
ދަމު ނަމާދުކުރުމާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަޑައަޅައިފި

މާލޭގެ މިސްކިތްތަކުގެ ތެރެއިން ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ރޯދަމަހުގެ ފަހު 10އިގައި މާލެސިޓީގައި 28 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ މާލޭގެ 17 މިސްކިތަކާއި ހުޅުމާލޭގެ އަށް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ ހަތަރު މިސްކިތެއްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. ދަމުނަމާދު ކުރުމަށް މާލެ އިން ހަމަޖައްސާފައިވާ މިސްކިތްތައް މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލްއަޢުޘަމް ( […]
ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލޭގެ ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:26 ހާއިރު ކަމަށާ މި ހާދިސާ ހިނގާފައިވަނީ ގ. ނިއުކޮލަންބިއާ އިންވެގެން ހުރި ގަރާޖެއްގައި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވުމަށް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި ހަވީރު ފަހެއްޖެހިއިރު އަލިފާން ނިއްވާލެވުނު ކަމަށް ވެސް އެންއެންޑީއެފްން ބުނެއެވެ. މި ހާދިސާގައި ގަރާޖުގެ އެތެރޭގެ ހުރި ތަކެތި އަދާ ހުލިވެފައިވާއިރު […]
ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަޑައަޅައިފި

މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް އިރުކޮށްފައިވާ ކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައިމަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައިމަހުގެ 28 ވަނަ ދުވަހެވެ. ފިތުރު އީދާއި ގުޅިގެން ގެނައި ބަދަލާއެކު […]
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައިފި

ހުޅުމާލެއިން 1000 ގޯތި މާލޭ ރައްޔިތުންނަށް ދިނުމަށް ނިންމައި އެ ގޯތިތައްދޭނެ ސަރައްދު ކަނޑައަޅައިފައިވާ ކަމަށް ހައުސިން ޑިވެލޮމްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން ބުނެފިއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ދައުލަތުގެ މީޑީއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވާ ކަމަށާ އޭގެ ތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޯތިތައް ދޭނެ ސަރަހައްދު […]
މެސެއްޖަކާއި ގުޅިގެން ޑްރަގް ކޯޓްގެ ގާޒީގެ މައްސަލަ އެއް ބަލަންފަށައިފި

ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ނައީމުގެ ސޯޝަލް މީޑިއާގެ ގްރޫޕަކަށް ފޮނުވި މަސެޖަކާއި ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަން ނިންމީ ސޯޝަލް މީޑިއާ ގްރޫޕަކަށް އޭނާ ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާތީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމް ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖަކީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ހަބަރެއް އެހެން ފަނޑިޔާރަކު އެ ވައިބާ […]