އިންޑިއާ އައުޓް" ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ބާތިލުކުރަން ކޯޓަށް

Loading

Facebook
Twitter
WhatsApp

އިންޑިއާ ސިފައިން ރާއްޖެ ތިބުމާ ދެކޮޅަށް އަޑުއުފުލައި އިދިކޮޅުން ފަށާފައިވާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ނެރުއްވި ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލޮޝަނުން ބުނެފިއެވެ.  

ރައީސް ސާލިހު މިއަދު ވަނީ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ގަރާރެއް ނެރުއްވާފަ އެވެ. އެއާއެކު ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ބެނާތަކެއް މިއަދު ނަގައިފަ އެވެ.

”އިންޑިޔާ އައުޓް“ ހަރަކާތާއި ގުޅޭ ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނެގުމާއި ގުޅިގެން މިއަދު ޕީޕިއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ) ވިދާޅުވީ، ރައީސް ސާލިހް ނެރުއްވި ގަރާރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ނެރުއްވި ގަރާރެއް ކަމަށާއި އެގަރާރަށް އަމަލު ނުކުރާނެ ކަމަށެވެ.

އަދި އެ ގަރާރަކީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް ނެރުނު ގަރާރެއް ކަމަށާ އެއީ ގާނޫނާއި ހިލާފް ގަރާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް. އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފް ގަރާރެއް. އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތްކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،“ އަބްދުއްރަހީމް ވިދާޅުވި އެވެ

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ނެރުއްވާ ގަރާރަކުން އިންޑިޔާ އައުޓް ހަރަކާތް ނުހުއްޓެވޭނެ ކަމަށާއި އެހަރާކާތް ދާނީ އިތުރަށް ވަރުގަދަ ވަމުން ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި އިންޑިއާ އައުޓް ބެނާއެއް ފެންނަން ހުރުން މި ސަރުކާރަށް ކެތްނުވުމަކީ އިންޑިއާގެ ނުރައްކާ މި ގައުމުގައި އޮތް ވަރު އަންގައިދޭ ކަމެއް ކަމަށެވެ.


އަމިއްލަ ގޭގައި ބެނާއެއް ދެމުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އަމަލެއް ނޫން ކަމާށާ އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބޭ ހައްގެއް ކަމަށާއި އެކަމަށް ހުރަސް ނޭޅޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

މިއަދު ފުލުހުން ވެސް އަމަލުކުރީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ  މިއަދު ފުލުހުން ފެނިގެންދިޔައީ ބޭރުގައުމެއްގެ ކުރިމަތީ ރާއްޖޭގެ ގަދަރު ފުލުހުން މެދުވެރިކޮށް ވެއްޔާ މޮޑެލިތަން ކަމަށެވެ.

”އަޅުގަނޑުމެންނަށް މިއަދު މި ފެނިގެންދިޔައީ ބޭރު ގައުމެއްގެ ކުރިމަތީގަ ދިވެހިރާއްޖޭގެ ގަދަރާއި އިއްޒަތް ދިވެހި ފުލުހުން މެދުވެރިކޮށްގެން ދިވެހި ސަރުކާރުން ވެއްޔާއި މޮޑެލިތަން،“ އަދުރޭ ވިދާޅުވިއެވެ.



”އިންޑިއާ އައުޓް“ ކެމްފޭން ހަރަކާތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށްބޮޑަށް ފުޅާވެފައި ވަނިކޮށް އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައެވެ. އެ ނިއްމުމާއެކު ރައީސް ސާލިހު މިއަދު ވަނީ ގަރާރެއް ނެރުއްވައި އެ ހަރާކަތް ހުއްޓުވުމަށް ދައުލަތުގެ މުވައްސަސާތަކަށް އަންގަވާފައެވެ.

އެއެންގެވުމަށް ފުލުހުން މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް