ތެލުން ސަބްސިޑީ އަށް ހޭދަކުރާ މިންވަރު އިތުރުކުރަން ގޮވާލައިފި

ސަރުކާރުން ތެލުގެ ސަބްސިޑީއަށް ހޭދަކުރާ އަދަދު އިތުރުކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފި އެވެ. ބީކޭއެމްޔޫއިން ބުނީ ތެލަށް ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އެ ޔޫނިއަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަހައްފުރަން ބިރު ބޮޑުވެއްޖެ ކަމަށާ މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހަދާ މަސްވެރިންނަށް އަޅަލުން މުހިންމުކަމަށެވެ. “ ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ. ދޯނިފަހަރު މަހައްފުރަން ބިރުބޮޑުވެއްޖެ. މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ނުހައްދަވާ މި […]

ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ގދ.ތިނަދޫގައި ދަޅުމަސް ބަންދުކުރެވޭ ކާރުޚާނާއެއް އެޅުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ތިނަދޫ ކައުންސިލުން ބުނީ މި ކާރުޚާނާއަކީ  ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބޭ ބާރާއެކު، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް އެހީވުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބައެއް ކަމަށެވެ. ތިނަދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި  25 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީގެ މި ކާރުޚާނާ ހިންގާނީވެސް އެތަން އަޅަން ހަވާލުކުރި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ކައުންސިލުން ބުނީ މި ފެކްޓްރީގައި 1500 ޓަނުގެ މަސް […]

ހައިސްޕީޑް ފެރީން ޓިކެޓްނެގުމަށް ހާއްސަ އެޕެއް ތައާރަފްކޮށްފި

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަތުރުތަކަށް ޓިކެޓު ނެގުމަށް ހާއްސަގެން ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި އެޕްލިކޭޝަން އެޕަލް ސްޓޯރުންނާއިގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށާ މި އެޕް މެދުވެރިކޮށް ޓިކެޓްގަނެވޭނެކަމަށެވެ. އަދި މީގެ އިތުރުން ޓިކެޓް ނެގުމަށް ހާއްސަ ވެބްސައިޓެއްވެސް ތައާރަފްކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. […]

ބެންކޮކް އެއާވޭސް ދަތުރުތައް ފަށަނީ

ކޮވިޑާއި ގުޅިގެން ހުއްޓާލައިފައިވާ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ. ކޮވިޑާއި ގުޅިގެން މާޗް 2020ގައި ބެންކޮކް އެއާވޭސް ދަތުރުތައް ހުއްޓާލިއިރު ރާއްޖޭގެ މީހުންގެ އާންމުކޮށް ދަތުރުކުރާ ތައިލެންޑްގެ ބެންކޮކަށް ހަފްތާ އަކު ހަތަރު ދަތުރު ސީދާ ދަތުރުގެ ގޮތުގައި ދިޔައީ ކުރަމުންނެވެ. އަދި އަލުން ދަތުރުތައް ފަށާއިރުވެސް ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ ބުދަ އަދި ހުކުރު ދުވަހު ދަތުރު ޝެޑިއުލް ވަނީ ކޮށްފައެވެ. ބެންކޮކް އެއާވޭސްގެ ދަތުރުތައް ބެންކޮކްގެ ސުވަނަބަމީ […]

ބޯޓިން އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު  ހުޅުވާލައިފި

މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ. ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިމްތިޒާމްކޮށްގެން ބާއްވާ ބޯޓިން އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ޔޮޓް، ސަފާރީ އަދި ޑައިވިން ދޯނި ފަދަ އުޅަނދުތަކަށް ދޭ ހާއްސަ އެވޯޑެކެވެ. އަމިއްލަ ގޮތުންނާއި އަދި އެހެން ފަރާތްތަކަށް ހުށަހެޅޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ މި އެވޯޑް ދިނުމުގެ ބޭނުމަކީ ރާއްޖޭގެ […]

ބަލިތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މި ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އާންމު ބައެއް ބަލިތައް ޖެހޭ މިންވަރު އިތުރުވެ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީ އާއި އަރުދަފުސް ރޯގާ އާއި އިންފްލުއެންޒާ އަދި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލި ހިމެނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ހާއްސަކޮށް ޑެންގީހުން ޖެހުނު […]

ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި ނުވާތީ  އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރަސޫލާއަށް ފުރައްސާރަކުރުންފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން […]

މާރާމާރީއާއި ގުޅިގެން ޒުވާނަކު މަރުވި މައްސަލައިގައި ކުއްޖަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ބުދަ ދުވަހު ހިނގި މާރާމާރީ އާއި ގުޅިގެން ޒުވާނަކު މަރުވެފައިވާއިރު އެ މައްސަލައާއި ގުޅިގެން ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އުމުރުން 16 އަހަރުގެ ކުއްޖަކު ރޭ އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ގައިގެ ގިނަ ތަންތަނަކަށް ޒަހަމްތައް ލިބުމުގެ ސަބަބުން ޒަހަމްވި ޒުވާނާ މަރުވީ ލިބުނު ޒަހަމްތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ބުރާސްފަތި ދުވަހު […]

ހައިކޯޓުގެ ފަނޑިޔާރު ހަމީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ފާސްކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ހަމީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ފާސްކޮށްފި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްލާ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ފާސްކޮށްފިއެވެ. ފަނޑިޔާރު ހަމީދު މަގާމުން ވަކިކޮށްފައިވަނީ މިއަދު މިމައްސަލާގައި މަޖިލީހަށް ހުށަހެޅުނު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައެވެ. ހަމީދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ މަޤާމުން ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ.ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުއްލާ ހަމީދުގެ އިތުރުން […]

ތަރައްގީއާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަގޮތެއްގައި ކުރިއަށް ގެންދަންޖެހޭ: ރައީސް

އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމުހޫރިއްޔާ ފޮނުއްވި ހިތާބުގައި ވިދާޅުވީ ދިރިއުޅުމުގެ ބޭނުންތަކަށް މާހައުލީ ނިޒާމަށް ގެއްލުން ދީގެން ނުވާނެކަމަށާ ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހަމަހަމަ ވާންޖެހޭ ކަމަށެވެ. ”އަޅުގަނޑުމެން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. […]