ހައިކޯޓުގެ ފަނޑިޔާރު ހަމީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ހައިކޯޓުގެ ފަނޑިޔާރު ހަމީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ފާސްކޮށްފި

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްލާ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ފާސްކޮށްފިއެވެ.

ފަނޑިޔާރު ހަމީދު މަގާމުން ވަކިކޮށްފައިވަނީ މިއަދު މިމައްސަލާގައި މަޖިލީހަށް ހުށަހެޅުނު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައެވެ.

ހަމީދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އޭނާ މަޤާމުން ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ.
ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުއްލާ ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްވެސް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް ފަނޑިޔާރު ރައޫފް ވަނީ މި މައްސަލަ މަޖިލީހަށް ހުށަހެޅިފަހުން މަގާމުން އިސްތިއުފާދެއްވާފައެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިދިޔަ މަހު މަޖިލީހަށް ހުށަހެޅީ އެ ދެ ބޭފުޅުން ގާނޫނު އަސާސީގެ 152ވަނަ މާއްދާއާ ހިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.


Loading

One Response

  1. މިގޮތަށް ފަނޑިޔާރުން ވަކިކުރުމުން ދެންއަންނަ ސަރުކާރަކުން މިހާރުގެ ކޮމިޝަނުގެ މެންބަރުންނާ ގުޅުން ހުރި ފަނޑިޔާރުން ވަކިކުރަން ފަސޭހަ ވާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް