ބަސް ދަތުރުކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަދުތަކަށް ފިޔަވަޅު އަޅަނީ

މާލޭގައި ދުއްވާ ބަސް ދަތުރުކުރާ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. މިނީ ބަހުގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު ބަސް ދަތުރުކުރާ ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ބަހައްޓާފައި ހުރި މައްސަލަ ބޮޑުވެ، މިމައްސަލަ ހައްލުކުރުމަށްޓަކައި ޓްރެފިކް ފުލުހުން ރެއިން ފެށިގެން ގެންދަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި އެފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން އވަނީ ސްޓިކާ ޖެހުމަށްފަހު އެފަދަ އުޅަނދުތައް ޓޯ ކުރަން […]
އޭދަފުށީގައި ފްޓްސަލް ދަނޑެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ބ. އޭދަފުށީގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ތްރީ ޓްރީ މޯލްޑިވްސް އާ ހަވާލުކޮށްފިއެވެ. އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމަށް ޔޫތު މިނިސްރީ އާއި ތްރީ ޓްރީ މޯލްޑިވްސް އާ ދެމުދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ފްޓްސަލް ދަނޑު އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 50 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖައްސާފައިވަނީ އެ ރަށުގައި އަލަށް ހިއްކާފައި އޮތް ބިމުގެ ހުޅަނގު ފަރާތުގައެވެ. އޭދަފުށީގައި މި […]
އިންޑިއާ ނޭވީ އާއި ގުޅިގެން ރާއްޖެ ސިފައިން ލ. އަތޮޅުގައި ތަމްރީން ތަކެއް ފަށައިފި

ރާއްޖޭގެ ސިފައިން އިންޑިއާގެ ނޭވީ އާއި ގުޅިގެން ލ އަތޮޅުގައި ތަމްރީން ޕްރްގްރާމެއް ފަށައިފިއެވެ. އެމްއެންޑީއެފްން ބުނީ “ އެކްސަސައިޒް އެކަތަ 2022″ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމުގައި އެމްއެންޑީއެފްގެ މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސް އާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވެފައިވާ ކަމަށެވެ. އެމްއެންޑިއެފްން ބުނީ މި ތަމްރީންތަކުގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމެލިޝަން، ސީކިއުބީ، ޑައިވޭޓާ ޑައިވިން، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިން އޮޕަރޭޝަންތައްފަދަ ބައިތައް […]
މިއަދުން ފެށިގެން ކޮންމެ ދުވަހަކު މަންޓާ އެއާގެ ދަތުރުތައް ހޯރަފުއްޓަށް

މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މަންޓާ އެއާގެ ޓާޗަރު ދަތުރުތައް ހއ ހޯރަފުށީ އެއާޕޯޓަށް އޮންނާނެ ކަމަށް އެ އެއާ ލައިނުން ބުނެފިއެވެ. މަންޓާ އެއަރއިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ އެއާލައިންގެ ޓާޗަރު ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ކުރާނެކަމަށާ މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެންމެ ފަހުން އެ ކުންފުނިން ގެނައި ބީޗް ކްރާފްޓްގެ ބޯޓްތައް ކަމަށެވެ. ހޯރަފުށި އެއާޕޯޓަށް ދަތުރު ފެށުމަށް އިއްޔެ ޓެސްޓް ފްލައިޓެއް އެ އެއާޕޯޓަށް ޖައްސާފައިވާއިރު […]
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ބަދަލުދޭން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި

ޕެންޝަން އޮފީހުގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމުގައި އަދާކުރެއްވި ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތަކާއި ހިލާފަށްކަމަށް ބުނެ އޭނާއަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ. އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން އަށް ބަދަލުދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަންގާފައިވަނީ އޭނާ ޕެންޝަން އޮފީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އޭނާ އެ މައްސަލަ ޓްރައިބިއުނަލަށް ލުމުން މައްސަލަ ބެލުމަށް ފަހުއެވެ. ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ ޖޯން […]
2033 ގައި ވެރިކަން ކުރުމަށް އަދާލަތު ޕާޓީގެ ބޮޑު ޕްލޭނެއް

2033 ވަނަ އަހަރުގައި ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް ހާމަކޮށް އެޕާޓީން ކުރިއަށް އޮތް 10 އަހަރުގެ ބޮޑު ޕެލޭނެއް އެކުލަވައިލާން ނިންމައިފިއެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ދައުރު ފަހުން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ. ”މާތް الله އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް,“ އިމްރާން ވިދާޅުވިއެވެ. އިމްރާން […]
އަމާޒަކީ ސަރުކާރު ބޭނުންވާ ސްޕީޑްގައި ކުރިއަށް ދިއުން: އާތިފް

އަމާޒަކީ މިހާރު ހުރި ޕްލޭންތަކާ އެކީ ސްރުކާރު ބޭނުންވާ ސްޕީޑްގައި ކުރިއަށް ދިއުން ކަމަށް ހައުސިން ޑިވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި 2019 އިން ފެށިގެން ހުންނެވި އާތިފް މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ހަމަޖައްސާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. މަގާމާ ހަވާލުވުމަށްފަހު އާތިފް މިއަދު އޮފީހަށް ވަޑައިގެންނެވިއިރު އެޗްޑީސީގެ މުވައްޒަފުންވަނީ […]
ކުރިން ހޯދަން އިއުލާންކުރި މީހަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

މީހެއްގެ މުދަލެއް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީގެ ކުރިން ހޯދަން އިއުލާންކުރި މީހަކު ހޯދަން އަނެއްކާވެސް ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން އާންމުކޮސްފައިވަނީ ލ. މާވަށް، ޗަމްޕާގެ، މުހައްމަދު އަލީ (21އ) ހޯދުމަށެވެ. ފުލުހުން ބުނީ މުހައްމަދު އަލީ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަދޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މަށްޗަށް ކޮށހެއްކަމ […]
ބަގުރަލުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އައި މީހަކު ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ބަގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވިގެން 45 އަހަރުގެ ދިވެހި ފިރިހެނެއް ގިނަ އަދަދެއްގެ ބަގުރަލާ އެކީ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ މާލޭގެ ފިހާރައެއްގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި އަތުލައިގަތް ބަގުރާތަށް ފެނިފައިވަނީ […]
ލަންދޯ ބޯޓަށް އެހީވުމަށް ރަށުގެ ގިނަ އަދަދެއްގެ މީހުން ފުރައިފި

ކ. ގާފަރު ފަރަށް އަރާފައި އޮތް “ ލަންދޫ ބޯޓް“ އަށް އެހީތެރިވުމަށް ނ. ލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ފުރައިފިއެވެ. ލަންދޫ ބޯޓް ނިސްބަތްވާ އާއިލާ މެންބަރަކު ބުނީ ބޯޓް ފަރަށް އެރީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަނިކޮށް އިންޖީނުގެ މައްސަލައެއް ދިމާވެގެން ކަމަށެވެ. އޭނާ ބުނީ ބޯޓް ފަރަށް އެރުމުގެ ކުރިން އިންޖީނު މައްސަލައެއް ދިމާވެގެން މައްސަލަ ހައްލުކުރުމަށް ގާފަރާ ކައިރިކޮށް އިންޖީނުގެ މައްސަލަ ހައްލުކުރުމަށްފަހު ގާފަރުން ފުރައިގެން ދަނިކޮށް އަނެއްކާވެސް އިންޖީނު މައްސަލަ […]