އަމާޒަކީ ސަރުކާރު ބޭނުންވާ ސްޕީޑްގައި ކުރިއަށް ދިއުން: އާތިފް

Loading

Facebook
Twitter
WhatsApp

އަމާޒަކީ މިހާރު ހުރި ޕްލޭންތަކާ އެކީ ސްރުކާރު ބޭނުންވާ ސްޕީޑްގައި ކުރިއަށް ދިއުން ކަމަށް  ހައުސިން ޑިވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި 2019 އިން ފެށިގެން ހުންނެވި އާތިފް މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ހަމަޖައްސާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.

މަގާމާ ހަވާލުވުމަށްފަހު އާތިފް މިއަދު އޮފީހަށް ވަޑައިގެންނެވިއިރު އެޗްޑީސީގެ މުވައްޒަފުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ދަޑިޖެހުމުގެ ސަގާފީ ފަރި ހަރަކާތަކާއެކު އެޗްޑިސީގެ އޮފީހަށް އާތިފް ވެންނެވިއިރު އޮފީހުގެ ހުރިހާ މުވައްޒަފުން އޮފީސް އިމާރާތުގެ ތިރީގައި މަރުހަބާ ދެންނެވުމަށް އެތުރިގެން ތިއްބެވެ.

ކޭކް ފެޅުމުގެ ހަރަކާތަކާއެކު ކުރިއަށް ގެންދިޔަ މަރުހަބާ ދެންނެވުމުގެ މި ހަރަކާތުގައި މުވައްޒަފުންނާ މުހާތަބްކޮށް ވާހަކަފުޅު ދައްކަވަމުން އާތިފް ވިދާޅުވީ ސަރުކާރުގެ ޕްލޭންތަކާ އެކީ ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެއްވާނެކަމަށެވެ.

”އަޅުގަނޑާއި އެކީ މަސައްކަތް ކުރަމުން މިއައި ޓީމާ އެކީ މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެކަން ކުރިޔަށް ގެންދިއުން.“ އާތިފް ވިދާޅުވެފައިވެއެވެ.

މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝާރ އިން އެކައުންޓިންގ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވާ އާތިފް އަކީ އެމްއެމްއޭގެ އިތުރުން ބީއެމްއެލްގައި ވެސް މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރައްވާފައިވާއިރު މި އެދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އާތިފް އާ އެކީ އާ އުސްމިންތަކަކަށް އެރޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް