ކުރިން ހޯދަން އިއުލާންކުރި މީހަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

މީހެއްގެ މުދަލެއް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީގެ ކުރިން ހޯދަން އިއުލާންކުރި މީހަކު ހޯދަން އަނެއްކާވެސް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން އާންމުކޮސްފައިވަނީ ލ. މާވަށް، ޗަމްޕާގެ، މުހައްމަދު އަލީ (21އ) ހޯދުމަށެވެ.

ފުލުހުން ބުނީ މުހައްމަދު އަލީ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަދޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މަށްޗަށް ކޮށހެއްކަމ އަމުރަކާ ގުޅިގެން ހޯދަމުން އަންނަނ މީހެއްކަމަށެވެ.

މުހައްމަދު އަލީ އަންނަ އާދީއްތަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ އަކީ މިދިޔަމަހުގެ 14 ވަނަދުވަހުވެސް ހޯދުމަށް ފުލުހުން އިއުލާން ކުރި މީހެކެވެ. އެދުވަހު ވެސް ފުލުހުން ބުނެފައިވަނީ އެ މީހާ އަކީ އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގައިގެން ހޯދަމުން އަންނަ މީހެއްކަމަށެވެ. އެފަހަރު އޭނާ ފެނުނު ކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. އަދި މިހާރު އެ މީހާ ހޯދަމުން އަންނަނީ ކުރިން ވެސް އޭނާ ހޯދަން ބޭނުންވި މައްސަލައިގައި ކަމެއް ވެސް އަދި ނޫން ކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

 މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް