ލަންދޯ ބޯޓަށް އެހީވުމަށް ރަށުގެ ގިނަ އަދަދެއްގެ މީހުން ފުރައިފި

Loading

Facebook
Twitter
WhatsApp

ކ. ގާފަރު ފަރަށް އަރާފައި އޮތް “ ލަންދޫ ބޯޓް“ އަށް އެހީތެރިވުމަށް ނ. ލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ފުރައިފިއެވެ.

ލަންދޫ ބޯޓް ނިސްބަތްވާ އާއިލާ މެންބަރަކު ބުނީ ބޯޓް ފަރަށް އެރީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަނިކޮށް އިންޖީނުގެ މައްސަލައެއް ދިމާވެގެން ކަމަށެވެ. އޭނާ ބުނީ ބޯޓް ފަރަށް އެރުމުގެ ކުރިން އިންޖީނު މައްސަލައެއް ދިމާވެގެން މައްސަލަ ހައްލުކުރުމަށް ގާފަރާ ކައިރިކޮށް އިންޖީނުގެ މައްސަލަ ހައްލުކުރުމަށްފަހު ގާފަރުން ފުރައިގެން ދަނިކޮށް އަނެއްކާވެސް އިންޖީނު މައްސަލަ ދިމާވެ، ފަރާ ދުރުނޫން ހިސާބަކުން ބޯޓަށް ލޮނު ވަންނަން ފެށިކަމަށެވެ.  

 
އެމްއެންޑީއެފްން ބުނީ ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:55 ހާއިރުކަމަށާ ބޯޓަށް އެހީތެރިވަމުން ގެންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޯޓަށް އެހީތެރިވުމަށް މާފަރުންވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ފުރާފައެވެ.

ރަށުކައުންސިލުން ބުނީ އެ ރަށަކީ އަބަދުވެސް ވަރަށް އެކުވެރި ރަށެއްކަމަށާ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގައި ލާމަސީލު ބައެއް ކަމަށެވެ.

ކައުންސިލުން ބުނީ ލަންދޫ ބޯޓް އަޑިއަށް ދިއުމާ ގުޅިގެން އެހީތެރިވެދިނުމަށް އާއިލާއިން އެދުމުން ރައްޔިތުން ބަދަރު ސަރަހައްދަށް އެއްވެ، ބޯޓަށް އެހީތެރިވުމަށް އަވަސްވެގަތްކަމަށެވެ. އަދި ބޯޓަށް އެހީވުމަށް 60 މީހުން ހިމެނޭ ޓީމެއް އެ ރަށުން ފުރާފައިވާ ކަމަށާ ބޯޓް ސަލާމަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު އަތޮޅުގެ އެހެން ރަށަކުން ނެގުމަށް ފަހު ބޯޓް ސަލާމަތްކުރަން ދަތުރު ފަށާފައިވާ ކަމަށެވެ.

ތިން މިލިއަނެއްހާ ރުފިޔާގެ މުދަލާ އެކީ ދަތުރުކުރި މި ބޯޓް ފަރަށް އެރި ވަގުތު ގިނަ ބަޔަކު އުޅަނދުގައި ތިބި  ކަމަށް ވެއެވެ. ސިފައިން ބުނީ އެންމެންވެސް ގާފަރަށް ގެންގޮސްފައިވާ އެންމެންގެ ހާލު ވެސް ރަގަޅު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް