2033 ވަނަ އަހަރުގައި ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް ހާމަކޮށް އެޕާޓީން ކުރިއަށް އޮތް 10 އަހަރުގެ ބޮޑު ޕެލޭނެއް އެކުލަވައިލާން ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ދައުރު ފަހުން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.
“މާތް الله އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް,” އިމްރާން ވިދާޅުވިއެވެ.
އިމްރާން މި ޓްވީޓް ކުރައްވާފައިވަނީ ކުރިއަށް އޮތް 10 އަހަރަށް އަދާލަތު ޕާޓީގެ ސްޓްރެޓިޖިކް ޕްލޭން އެކުލުވާލުމަށް ރޭ އެ ޕާޓިން ބޭއްވި މަޝްވަރާ މަޖިލީހުގެ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކުރައްވަމުން މިއަދުއެވެ.
Maiy Allah iraadhakurehviyya 2033 vana aharu raajjeyge Raeeskan kurahvaanee @AdhaalathOffice ge beyfulheh. pic.twitter.com/Q4T5x0gvXq
— Imran Abdulla (@ShimranAb) September 5, 2022
2033 ވަނަ އަހަރު ވެރިކަމަށް އައުމަށް އަދާލަތު ޕާޓީން އަމާޒު ހިފާފައިވާއިރު އެ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި މައިގަނޑު އަށް ދާއިރާއަކުން ޕާޓީ ވަރުގަދަކުރުމަށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެތެރޭގެ ހިންގުމާއި، ގޮފި އަދި ދާއިރާތަކާއި، ޕަބްލިކް ރިލޭޝަނާއި، ޕާޓީގެ ސިޔާސަތާއި، އިންތިހާބުތަކާއި، ޕާޓީގެ މާލިއްޔަތާއި، ދާހިލީ އަދި ހާރިޖީ ގުޅުންތަކާއި ޕާޓީގެ މެންބަޝިޕެވެ.
ދެ ދައުރުފަހުން ވެރިކަން ކުރަން އަދާލަތުޕާޓީން ހިފައިފައިވާއިރު އެ ޕާޓީ ފާހަގަކުރެވިފައިވަނީ އިންތިހާބުގައި ވާދަކުރުމުގެ ބަދަލުގައި މައި ޕާޓީއެއްގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައެވެ.
މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުތަކުގައިވެސް އެ ޕާޓީއަށް ބޮޑުކާމިޔާބީއެއް މިހާތަނަށް ހޯދިފައި ނުވެއެވެ. މިހާތަނަށް ރައްޔިތުންގެ މަޖިލީހުންވެސް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ. ކައުންސިލް އިންތިހާބުތަކުގައިވެސް ކާމިޔާބުވެފައިވަނީ ނިސްބަތުން މަދު ގޮޑިތަކެކެވެ.
އަދާލަތު ޕާޓީ ވެފައިވަނީ ވެރިކަމުގައި އޮންނަ ޕާޓީއަކާ އަބަދުވެސް ކޯލިޝަން ހަދައިގެން އޮންނަ ޕާޓީއެއްގެ ގޮތުގައެވެ. އެގޮތުން 2008 ގައި އެމްޑީޕީން އިންތިހާބް ކާމިޔާބު ކުރިއިރު އެ ޕާޓީގެ ކޯލިޝަންގައި އަދާލަތު ޕާޓީ އޮތެވެ. އަދި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޑރ. މުހައްމަދު ވަހީދު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް އަދާލަތު ޕާޓީ ޑރ. ވަހީދަށް ތާއީދުކުރެއްވިއެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އަދާލަތު ޕާޓީ އެ ކޯލިޝަނުގައި ހިމެނުނުއިރު މިހާރުގެ ވެރިކަމުގައިވެސް އަދާލަތު ޕާޓީ ހިމެނެނީ ވެރިކަންކުރާ ޕާޓީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައެވެ.
ވެރިކަމަށް އަދާލަތުޕާޓީގެ މެންބަރަކު ގެންނަން އަދާލަތު ޕާޓީން ގިނަ ޕްލޭންތަކެއް ހަދަމުން އަންނައިރު އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް އަދާލަތުގައި ތިބީ 10،155 މެމްބަރުންނެވެ.
އެހެން ކަމަށް ވީހިނދު މިހާރު އުފެދޭ ސުވާލަކީ އަދާލަތުޕާޓީން އަމާޒު ހިފާފައިވާއިރު އެ ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި 2033 ގައި އެޕާޓީގެ މެންބަރަކު ރައީސް ކަމަށް ގެނައުމަށް އެންމެ އެދެވޭ ޕްލޭނަކަށް ވާނެތޯ އުފެދޭ ސުވާލެވެ. އެފަދަ ޕްލޭނަކަށް ޕްލޭން ހެދުމަށް އަދާލަތުޕާޓީން ދައްކާނެ ހިތްވަރަށް ފާރަލާ ގިނަ އަދަދެއްގެ ބަޔަކު އެ ޕްލޭނަށް އިންތިޒާރުކުރާނެކަން ކަށަވަރެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
2 Responses
އިންތިޚަބަކާ ކައިރިވާއިރަށް އިމްރާނު އެކަހަލަ ކޮންމެވެސް ގޭމްއެއް ޖައްސާނެއެވެ. ތިޔައީ އައުކަމެއް ނޫނެވެ. ޕާޓީގެ ޙާލަތު ރަނގަޅަށް އެޕާޓީގެ ބޮޑުންވެސް އެގެންދަނީ އޭޕީގެ ވައިބަރ ހޮޅުއަށީގައި ދައްކަމުންނެވެ. ދީނީ އެއްވެސް ކަންފުޅެއް މިއަދު އަދާލަތު ޕާޓީއަކުނެތެވެ. ޝޭޚުންވެސް ވަޒީފާއަށްޓަކައި ދީން ނުދަންނަ ބޮޑުންތަކެއް ޕާޓީ ހިންގުމައި ޙަވާލުކޮށްގެން އިންޑިއާގެ ބޮޑުދޮލަގުން ކާން ދޫކޮށްލައިފާ އޮތީއެވެ.
އިމްރާނުގެ ޗަރުކޭޝް ތިއީ. މިހެން ހާލަތުގެން ގުޅުމުގެ އިނާމެއްގެ ގޮތުން 2033 ޙީލަތްތެރި އަދާލަތްށް ވެރިކަން؟؟! ހުވަފެން ދެކުން ގޯހެއް ނޫން. އެހެނަސް ތިވަރު ގޭސްގަނޑު އެބުރުން ގޯސް ދޯ؟
1. ޖީހާންގެ ފިރިމީހާމެން ރްވާންޑާ ކުއްޖާގެ ރޯޔަލް ރޭޕް އަދާލަތު ހަނު
2. ރައިސް އޮފީހުގެ ހަސަން އިސްމާއިލް ޑރ. މުނައްވަރު ދަރިއަށް ޖިންސީ ފުރައްސާރަ ކުރީމާ އަދާލަތު ހަނު
3. އިމްރާނުގެ ސުޒާ އޯޑިއޯ މައްސަލައިގާ އަދާލަތު ހަނު
4. ފްލެޓުން ވައްކަން ކޮށް ކުރީ ލިސްޓް ހަލާކުކޮށް އެމްޑީޕީ ބޭނުން ބަޔަކަށް ދޭއިރު އަދާލަތު ހަނު
5. ސީޕީ ހަމީދު ބަނގުރާ ބާރގައި އިން ވީޑިއޯ ކަންތަކުގައި އަދާލަތު ހަނު
6. އެމްޑީއެން ރިޕޯރޓް މައްސަލައިގާ ކުރަންޖެހޭ މަސައްކަތް ނުކޮށް އަދާލަތު ހަނު
7. އުތެމަ ރިޕޯޓް މައްސަލައިގާ އަދާލަތު ހަނު
8. އަދީބު ދޫކޮށްލުމުންވެސް އަދާލަތު ހަނު
9. ސްމިތް ރޭޕް މައްސަލައިގާ އަދާލަތު ހަނު
10. ކޮވިޑް ކޮރަޕްޝަން މައްސަލައިގާ އެކަކަށްވެސް ވަގަށް ގޮވަން ނުކެރި އަދާލަތު ހަނު
11. އަލީވަހީދު ޖިންސީ ފުރައްސާރައިގަ އަދާލަތު ހަނު
12. ކެބިނެޓް މިނިސްޓަރު ނަހުލާއަށް އަލީވަހީދު ހަޑިބަހުން ފުރައްސާރަ ކަންތަކާއި އަދާލަތު ހަނު
13. މެރާކީ މަބްރޫކް ކެފޭގައި ތަގަރިކުޅި ކުޅުނު އިރު އަދާލަތު ހަނު
14. 70 ވެންޓިލޭޓަރު މައްސަލައިގާ އަދާލަތު ހަނު
15. ޔަމަނު ޔާސިރު މަރާލާފަ އަދާލަތު ހަނު
16. ޒޫޝާން ކުޑަކުދިން ފަޅާފައި މެލޭޝިޔާގައި އުޅޭއިރު އިލިޔާސް މެލޭޝިޔާގައި ހަނު އަދި އަދާލަތު ހަނު
17. ޖީއެމްއާރު ކަންތަކާ ވަށްވަށްޖަހާފައި މަޤާމު ލިބުމުން އިންޑިއާގެ ބުދައްއަޅުކަން ކުރާ މީހުންނަށް ޤައުމު ވިއްކާއިރު އަދާލަތު ހަނު
18. ރާއްޖެ މިލިޓަރައިޒް ކުރާއިރު އަދާލަތު ހަނު
19. ޤައުމުގެ ރިޒާވު ކާލާ ހުސްކޮށްލިއިރު އަދާލަތު ހަނު
އެކަމަކުވެސް އަދިވެސް ދީނޭދީނޭ ކިޔައިގެން އަނގަ އަރުވާ ވާހަކަ ދައްކާނެ.އި