ރައްޔިތުންގެ އައިޑީ ވަގަށް ބޭނުންކޮށް ވަގުފޯމް ފުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް!

ޕީއެންސީން ދައުލަތުގައި ރައްކާކުރެވިފައިވާ ރައްޔިތުންގެ ސިއްރު މަޢުލޫމާތުތަކެއް ރައްޔަތުންގެ އައިޑީ ކާޑް ޑާޓާބޭސް ވަގަށް ނަގައިގެން އެ ރައްޔިތުމީހާއަށް ނޭނގި ވަގަށް ބޭނުންކޮށް ވެރިކަންކުރާ ޕާޓީއަށް ވަގުފޯމްތައް ފުރުވައި އެ ރައްޔަތު މީހާއަށް ނޭނގި އެ ޕާޓީއަށް ވެއްދި ވަގު ޢަމަލަކީ ގައުމީ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށް ގިނަބަޔަކު ބުނަންފަށައިފިއެވެ.  މިކަމުން ގައުމީ ސަލާމަތައް ނުރައްކާ ވަނީ ޕީޕަލް އެލަޔަންސް (ޕީއެންސީ)އަކީ ދައުލަތުގެ ދެ ބާރު އެކުވެގެން ހިންގާ ޕާޓީއަކަށް ވީތީއެވެ. އެއީ ރައިސުލްޖުމްހޫރިއްޔާއާއި […]

ކިތަންމެ ފައިސާއެއް އަތުގައި ހުއްޓަސް ދުނިޔެއާއި ވަކިވެދާންޖެހޭނީ ހުސްއަތާއެވެ.

ކޮންމެ ވެރިޔަކުވެސް އަދި ކިތަންމެ ބާރުގަދަ ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް ވިޔަސް އަދި ކިތަންމެ ގިނަފައިސާއާއި މުދާ އަތުގައި ހުއްޓަސް ކޮންމެ ބޭފުޅަކުވެސް މި ދުނިޔެދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ހުސްއަތާއެވެ. މީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިދެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މަގާމާއި ޙަވާލުވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލާ ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ދިނުމަށާއި ރައްޔިތުންގެ ޙައްގުތަކާއި ވާޖިބުތައް އަދާކުރުމުގައި އިޚުލާސްތެރިވެ ތެދުވެރިކަންމަތީގައި ދެމިހުންނެވުމަށް ހުވާކުރެއްވުމަށްފަހުގައެވެ. ކަން މިހެން ހުރި […]

ރައްޔިތުންނާމެދު އިޙުސާންތެރި ނަޒަރަކުން ނުބައްލަވަނީ ކީއްވެތޯ؟

ވެރިކަމުގެ ތަޚުތަށާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުންނާއި ރައީސަކު ހޮވައިދެނީ ރައްޔިތުން ވާރެއާ އަވީގައި ކިޔޫ ހަދައި ވޯޓުލައިދީގެންނެވެ. މި އެންމެހައިފަރާތްތަކަށް ވޯޓުދީ މަގާމްތަކާއި ޙަވާލުކޮށް ގެދޮރާއި ބޭސްފަރުވާއާއި ކެއިންބުއިމާއި އަދި މިނޫންވެސް ގިނަގުނަ ޢިނާޔަތްތައް މިދެންނެވި ބޭފުޅުންނަށް ދެނީ ރައްޔިތުން ކަމަގައި ވީހިނދު މަގާމުގެޢިއްޒަތާ ލައްޒަތު ލިބުމުން ރައްޔިތުންގެ މައްޗަށް ކުލުނެއް ޢަގަލެއް ނެތީ ފަހެ ކޮންސަބަބަކާހެދި ތޯއެވެ. ރައްޔިތުންގެ ކިބައިން މިކަންކަން ޙާޞިލްކުރަން އުޅުއްވާއިރު ރައްޔިތުންގެ ގާތަށް ދަތުރުހައްދަވައި ވަޑައިގެން ރައްޔިތުންނަށް ތަރިބާލަދޭންވެ ވަޑައިގަންނަވާ ވަޢުދުތަކާ […]

މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް!

މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް ހިނގަމުން އެބަދާކަމަށް ޖަލުގައި ތިބި ފަރާތްތަކުގެ ބެލެނެވެރިންގެ ފަރާތުން ބުނަމުން އެބަދެއެވެ. ޚަބަރު ލިބޭގޮތުގައި މި ހަޅުތާލަކީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވިފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތައް ނުލިބޭ ކަމަށް ބުނެ ފަށާފައިވާ ހަޅުތާލެކެވެ. ބައެއް ޢާއިލާތަކުން ބުނާ ގޮތުގައި ވާނުވާގައި ޖަލަށް ލާފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތަކުގެ ތެރޭގައި ހިމެނޭ ބޭސްފަރުވާ ނުލިބުމާއި ކަރަންޓް ނުލިބުމާއި ގޮޅިން ބޭރަށް ނުނެރެ ގިނަދުވަސްވުމާއި ކާންދޭ ތަކެތި ކަމުނުދިއުމާއި […]

 ދައުލަތް ދަރާވިކުނީ ރައްޔިތުންނަށް ކޮންއެއްޗެއް ދީގެން!

ރައްޔިތުން ވެރިޔަކު ހޮވާ ދައުލަތް ހިންގުމަށް ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ފައިސާ ސަރުކާރުގެ ވެރިން ހިތުހުރި ވަރަކަށް ކާންދޭ ކަށެއް ނޫނެވެ. ރައްޔިތުން ވެރިޔަޔަކު އިންތިޚާބުކޮށް ދައުލަތް ހިންގުމަށް ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ލާބަޔާ މަންފާ އަށްޓަކައެވެ. ރައްޔިތުމީހާ ތަރައްގީކޮށް އަމިއްލަ ބޯހިޔާވަހިކަމުގައި މީހަކަށް ނުދަރާ ދުޅަހެޔޮ ތަނަވަސް ދިރިއުޅުމެއްގައި އަމިއްލަ ފައިމަށްޗަށް ތެދުވެ އުފާވެރި ކަމާއެކު ދިރިއުޅެވޭނެ އަމާން ރައްކާތެރި ވެއްޓެއް ބިނާކުރުމަށެވެ.  އަދި ރައްޔިތުން އިންތިޚާބު ކުރާ ވެރިޔަކާ ސަރުކާރު ޙަވާލު ކުރަނީވެސް އިސްވެ […]

ތަފާތު ރޮނގުތަކުން ޒުވާނުން ބިނާކުރެވޭނެމަގުތައް ސަރުކާރުން ހުޅުވާދޭން ޖެހޭ!

މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. މިރަށުގެ ވަށައިގެންއޮންނަ ކަނޑުތޮށީގެ އެތެރެ ހިއްކާ ނިމި އެ ހިއްކާނިމުނު ބައިވެސް ވަނީ ގޯތިގެދޮރާ ޝޮޕިންގ ސެންޓަރު ތަކާ ރެސްޓްރާންޓް ތަކުން ފުރިފައެވެ. އެހެނަސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ގިނަބޭފުޅުންގެ ވިސްނުންފުޅުގައި ޒުވާނުން ކުޅިވަރު ކުޅޭނެ ހުސްބިންތަކާއި ނުވަތަ ދަނޑުތައް ހުންނަންޖެހޭނެ ކަމުގެ ޚިޔާލާތެއް ނެތެވެ. މާލެ ފުރި ދެން ހަދާނެ ގޮތް ހުސްވުމާއެކު މާލެ ކައިރީގައި ހުރި ފަޅުތައް ހިއްކަން ފެށުނެވެ. އެ ފަޅުތަކުން ދިހަވަރަކަށް މާލެ ވަނީ […]

އިސްލާމީ ދިވެހި އުންމަތުގެ ޢިއްޒަތާ ކަރާމާތާ ޝަރާފަތް ގެއްލި ހިގައްޖެ

މުސްލިމުން އުޅެންވާގޮތް ހަތްއުޑުމަތިން ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އަންގަވާދެއްވާފައެވެ. ދިވެހި އިސްލާމީ މި އުންމަތަކީ ސައްތައިން ސައްތަ އިސްލާމީ އުންމަތެއް ކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަޅާހުން ލިޔެފައި އޮވެއެެވެ. ގާނޫނުއަސާސީ ގައި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމުގައި ލިޔެފައި ވީނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަޢަދަދެއްގެ މީހުން އެކަން ހަނދާނެއް ނުހުރެއެވެ. އަދި ރައްޔިތުމީހާއަކީ މުސްލިމެއް ކަމުގައިވީ ނަމަވެސް ޙަރާމް ކުރައްވާފައިވާ ގިނަގުނަ ކަންކަން ކުރުމަކީ ދިވެހި ރައްޔިތުމީހާގެ ކުރިމަތީގައި މާބޮޑުކަމެއްނޫނެވެ.   ރާއްޖޭގެ […]

ރައްޔިތުންގެ ޙާލުއަޙުވާލު ބެލުމަކީ ސަރުކާރުގެ ޒިންމާއެއް

ރައްޔިތުންގެ ޙާލު އަޙުވާލު ބެލުމަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ކުރަންޖެހޭ ކަމެއް ނޫނެވެ. ރައްޔިތުން ތިބީ ކޮންޙާލެއްގައި ތޯއާއި ރައްޔިތުން ތިބީ ކައިބޮއި އޮނު އޮރިޔާން ނިވައި ކޮށްގެންތޯ ބެލުމަކީ ސަރުކާރުގެ މައްޗަށް އޮތް ވާޖިބެކެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ ދިހަމީހުންގެ ތެރެއިން އެކަކީ ފަގީރެކެވެ. އެހެން ކަމުން އެ އެންމެން ދެނެގަނެ އެ ރައްޔިތުން ތިބީ ކޮންޙާލެއްގައިތޯ ބަލާ އެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަކީ ސަރުކާރުގެ މައްސޫލިއްޔަތެކެވެ.އަދި ދީނީ ވާޖިބެއްވެސް މެއެވެ.  މިސާލަކަށް 65 […]

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިޚުލާސްތެރިވާން ޖެހޭނީ ރައްޔިތުންނަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާ ބައެކެވެ. އެހެންކަމުން އެ މެންބަރުން އިޚުލާޞްތެރިވާން ޖެހޭނީ ރައްޔިތުންނަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދިވެހި ރައްޔިތުންނާ މަޝްވަރާނުކޮށް ރައްޔިތުން އެދޭ ގޮތް ނުބަލައި ރައްޔިތުންގެ ޙައްގުތަށް ގެއްލޭ ފަދަ އެއްވެސް ބަދަލެއް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަކަށް ނުގެނޭވޭނެއެވެ. ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ޕާޓީއެއްގެ މިލްކެއް ނޫނުވެ. އަދި ރައްޔިތުންގެ ކަންކަން ކުރުމަށް ރައްޔިތުން ހޮވާފައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައިވާ […]

ބޭސްފިހާރަތަކުން ވިއްކާ ބޭހުގެ އަގުހެޔޮކުރުމާއި ގުޅިގެން ބައެއް ބޭސްތަކަށް އާސަންދަ ނުލިބޭ

ރާއްޖޭގެ ބޭސްފިހާރަތަކުން ވިއްކާ ބައެއް ޑޮކްޓަރީބޭސް އަގުބޮޑުވުމުގެ ޝަކްވާ ބައެއް ރައްޔިތުން ކުރަމުން ދާތީ އެފަދަ ބޭހުގެ އަގުހެޔޮކޮއްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދު ފުޅެކެވެ. އެހެން ކަމާއެކު ރައީސުލް ޖުމްހޫރިއްޔާ އެ ވަޢުދުފުޅާއެއްގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެ ކުރާ ބައެއްބޭސް މިހާރުވަނީ އަގުހެޔޮކޮށްފައެވެ. އަގު ހެޔޮ ކުރެވުނު ޑޮކްޓަރީ ބޭހުގެ ތެރެއިން ބައެއް ބޭސްތަކަށް އާސަންދަ ނުލިބުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށް ދިނުމަށް ގާއިމް ކޮށްފައިވާ ނިޒާމް (އާސަންދަ) ގެ ބޭނުން […]