ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ފަށަނީ

ލޯ ޓެސްޓްކޮށް ނަމްބަރު އައިނު ހަދައިދިިނުމުގެ ޚިދުމަތް ދޭ ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ނިންމައިފިއެވެ. އެ ތަނުން ބުނި ގޮތުގައި ހުކުރުދުވަހު ޚިދުމަތް ދޭން ނިންމީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ. ސިޓީ އޮޕްޓިކަލް އިން ޚިދުމަތް ދޭނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. އެ ތަނުން ބުނީ ހުކުރު ދުވަހު ލޮލުގެ ނަންބަރު ނެގުމާއި ނަމްބަރު އައިނު ހެއްދުމުގެ ޚިދުމަތާއި […]

ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް އެދިއްޖެ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޙަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކު އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސް ވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި […]

ފުލެޓުތަކާމެދު ޢަމަލު ކުރާނެ ގޮތެއް އޭސީސީއިން 20 ދުވަސްތެރޭ އަންގަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފުލެޓްތަކާމެދު އަމަލުކުރާނެ ގޮތެއް 20 ދުވަހުގެ ތެރޭގައި އަންގާނެކަމަށް އެންޓި ކޮރަޕްޝަން (އޭސީސީ) އާއި ހަވާލާދީ ހައުސިން މިނިސްޓަރު ޢަލީ ޙައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުން އިޢުލާން ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓްތަކަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ނަމަވެސް އޭގެތެރެއިން ފުލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭފުލެޓްތައް ވެސް ވަނީ ކަނޑައަޅާފައެވެ. މިކަން ކުރިގޮތާމެދު ހިތްހަމަނުޖެހިގެން 7،000 އަށްވުރެ […]

ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ”ދިރާގު“

މޯލްޑިވްސް މީޑިއާ ކައުންސިލްގެ “އިނާމުގެ“ މެއިން ޕާޓް ނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ. މިއަހަރުގެ ނޫސްވެރިކަމުގެ ”އިނާމު ދިނުން“ ބާއްވަނީ މިރޭގައެވެ. މި ހަފުލާގައި 12 ކެޓަގަރީ އަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެއެވެ. އަދި ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑް “ ޖާނަލިސްޓް އޮފް ދަ އިޔާ“ މި އެވޯޑް ދޭނެއެވެ. މި އެވޯޑަކީ ވޯޓާސް އެސްއެމްއެސް އަށް ބަލާ ދޭ އެވޯޑެކެވެ. މި އެ ވޯޑަށް ނޮމިނޭޓް ވެފައިވާ ނޫސް ވެރިންނަކީ: ޢަލީ ޔާމީން – […]

މުލީއާގެ ތަރައްގީ ކުރަނީ ވިރާސީ ތަރިކައަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް: ވަޒީރު

މުލީއާގެ މަރާމާތު ކުރަނީ މަރާމާތު ކުރަންޖެހޭ ބައެއްތަންތަން ހުރުމުން ކަމަށާއި، އެ މަސައްކަތް ކުރުމުގައި އެ ތާރީޚީ ބިނާގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ދިވެހިބަހާއި ތާރީޚާއި ސަގާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރާ ވާހަކަ ސަރުކާރުން އިއުލާން ކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާއި […]

އިންޑިއާ ސިފައިން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެއެވެ. ރައީސްކަމުގެ މަގާމާ އިއްޔެ ހަވަލުވެވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒު މިކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓައޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން އެމަނިކުފާނު ވެރިކަމާ […]

މުލީއާގެ މަރާމާތު ކުރާތީ ރައީސް އުޅުއްވާނީ ގެކޮޅުގައި

ރައީސުލްޖުމްހޫހުރިއްޔާގެ ރަސްމީ ގެކޮޅުކަމަށްވާމުލީއާގެ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަސައްކަތް ނިމެންދެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައެވެ. އެނގިފައިފައިވާ ގޮތުގައި މުލީއާގެ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ނަމަވެސް އެ މަސައްކަތަށް ނަގާނީ ސީދާ ކިހާދުވަހެއް ކަމެއް ނޭނގެއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މުލީއާގެއިން ނުކުމެވަޑައިގަތީ މިމަހުގެ 10ވަނަ ދުވަހުއެވެ. މީގެ 104 އަހަރުކުރިން އައްސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކުރައްވާފައިވާ މުލީއާގޭގައި ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވެސް ކުޑަދުވަސްކޮޅަކު ދިރިއުޅުއްވިއެވެ. އެއީ […]

ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމް ކެމްޕަސް އަކަށް

ގދ.ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީގެ ދަށަށް ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ރޭ ނިންމަވައިފިއެވެ. މިއީ އިއްޔެ އެކުލަވައިލެއްވި އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ.ޝަހީމުގެ ފުރަތަމަ ނިންމެވުމެވެ. މިނިސްޓަރު ފޭސްބުކްގައި ލިއުއްވާފައިވަނީ ތިނަދޫގައި ގާއިމު ކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމް އާއި ހަވާލު ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ ޢިލްމު އުނގެނެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ […]

ހުޅުމާލޭ ދުވާރުގައި ބަހައްޓާފައި ހުންނަ ގޮނޑިމޭޒު ނަގަން އަންގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔާފާރި ކުރާކަމަށް ބުނެ, ވެރިކަން ނިމެން 24 ގަޑިއިރަށްވެފައި ވަނިކޮށް އެތަކެތި ނަގަން އާބަންކޯއިން އަންގައިފިއެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް، އަދި ޖޫގޯ ޕޮއިންޓްތަކުން ގަވާއިދާ ޚިލާފަށް ގޮނޑި މޭޒު ބަހައްޓައިގެން ވިޔާފާރި އުސޫލުން ޚިދުމަތް ދޭ ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކުގައި ވިޔާފާރި އުސޫލުން ބަހައްޓާފައިވާ ގޮނޑި މޭޒުފަދަ ތަކެތި އަންނަ ހޯމަދުވަހުގެ ކުރިން ނަގަން […]

5 ބިލިއަންގެ ޓީބިލް ވިއްކަން އާދީއްތަ ދުވަހު ހުޅުވާލަނީ

ސަރުކާރުގެ ޚަރުދުތައް ހަމަޖައްސަން 5.2 ބިލިއަން ރުުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލަން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން މި އަދަދަށް ޓީބިލް ވިއްކަން ހުޅުވާލަނީ އާވެރިކަމުގެ ފުރަތަމަ ރަސްމީ ދުވަސް ކަމަށްވާ އަންނަ އާދީއްތަދުވަހުއެވެ. ފިނޭންސް މިނިސްޓްރީން މި އަހަރުގެ މިހާތަނަން 33 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ. ކޮމާޝަލް ބޭންތަކަށް 16.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާއިރު އެހެނިހެން މާލީ އިދާރާތަކަށް 15 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ. އަދި ޕްރައިވެޓް […]