ހުޅުމާލޭ ދުވާރުގައި ބަހައްޓާފައި ހުންނަ ގޮނޑިމޭޒު ނަގަން އަންގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔާފާރި ކުރާކަމަށް ބުނެ, ވެރިކަން ނިމެން 24 ގަޑިއިރަށްވެފައި ވަނިކޮށް އެތަކެތި ނަގަން އާބަންކޯއިން އަންގައިފިއެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް، އަދި ޖޫގޯ ޕޮއިންޓްތަކުން ގަވާއިދާ ޚިލާފަށް ގޮނޑި މޭޒު ބަހައްޓައިގެން ވިޔާފާރި އުސޫލުން ޚިދުމަތް ދޭ ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކުގައި ވިޔާފާރި އުސޫލުން ބަހައްޓާފައިވާ ގޮނޑި މޭޒުފަދަ ތަކެތި އަންނަ ހޯމަދުވަހުގެ ކުރިން ނަގަން […]

5 ބިލިއަންގެ ޓީބިލް ވިއްކަން އާދީއްތަ ދުވަހު ހުޅުވާލަނީ

ސަރުކާރުގެ ޚަރުދުތައް ހަމަޖައްސަން 5.2 ބިލިއަން ރުުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލަން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން މި އަދަދަށް ޓީބިލް ވިއްކަން ހުޅުވާލަނީ އާވެރިކަމުގެ ފުރަތަމަ ރަސްމީ ދުވަސް ކަމަށްވާ އަންނަ އާދީއްތަދުވަހުއެވެ. ފިނޭންސް މިނިސްޓްރީން މި އަހަރުގެ މިހާތަނަން 33 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވެއެވެ. ކޮމާޝަލް ބޭންތަކަށް 16.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާއިރު އެހެނިހެން މާލީ އިދާރާތަކަށް 15 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައެވެ. އަދި ޕްރައިވެޓް […]

މަސްތުވާތަކެއްޗާއި ރަލާއެކު އާރްޑީސީގެ މެނޭޖަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ރަލާއެކު އާރްޑީސީގެމެނޭޖަރަކު ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އާރްޑީސީގެ 13މިލިއަން ރުފިޔާގެ ޚިޔާނާތަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އިއްޔެ އާރްޑީސީގެ އޮފީހަށް ފުލުހުން ވަދެ ފާސް ކުރުމަށްފަހު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އާރުޑީސީގެ މެނޭޖަރެއްގެ ގެ އަށް ވެސް ވަދެފައެވެ. އޭނާ އުޅޭ ތަން ފާސްކުރިއިރު ބަނގުރާ ހުސްކުރި ފުޅިތަކަކާއި މަސްތުވާތަކެތީގެ އެހެން ބާވަތެއް ވެސް އެ ތަނުން ފެނިވާކަމަށް އެނގިފައިވެއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް […]

5 މިލިއަނަށްވުރެ ބޮޑުނަމަ “ ބީލަން ޕޯޓަލް“ އަށް

އާންމު ބަޖެޓުން އިއުލާން ކުރާ 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޕްރޮޖެކްޓް ތަކުގެ ބިޑު ”ބީލަން ޕޯޓަލް“ މެދުވެރިކޮށް ހުށަހަޅާ ގޮތަށް ބަދަލު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީން 2021 ވަނަ އަހަރު ލޯންޗު ކުރި “ ބީލަން ޕޯޓަލް“ މެދުވެރިކޮށް 5 މިލިއަން ރުފިޔާ އަށްވުރެ މަތީ ހުރިހާ ޕްރޮކިއުމެނެންޓެއް ކުރިއަށް ގެންދެވޭނެހެން ޕޯޓަލް ޑިޒައިން ކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މިއަދުން ފެށިގެން ބަޖެޓްގެ ތެރެއިން […]

ނާއިބު ރައީސް އީވާ ވަކިކުރަން ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީއިން ސޮއި ހަމަކޮށްފިއެވެ. އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ގަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އީވާ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އީވާ ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅަން ސޮއި […]

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް އިއްޔެ ސަލާމަތްކޮށްފިއެވެ. އިއްޔެ އެ ހާދިސާ ހިނގީ ދިރާގު އޮފީހާ ދިމާއިން ބަޔަކު މޫދަށް އެރި އުޅެނިކޮށެވެ. އޮޔާ ގެންދިޔަ އެ ދެކުދިން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައެވެ. އެ ކުދިން ސަލާމަތް ކޮށްދިނުމުގައި އުޅުނު މީހަކު ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ހުޅުމާލެ 1 އާއި 2 ވަކިކުރަން ހަދާފައި އޮންނަ ކެނަލާއި ހުޅުމާލެ 1 ވަކިކުރަން މޫދުގައި ޖަހާފައި ހުންނަ […]

ރައީސްގެ ދެމަފިރިކަނބަލުން މުލީއާގެ ދޫކުރައްވައި ނުކުމެ ވަޑައިގެންފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެމަފިރިކަނބަލުން މުލީއާގެ ދޫކުރައްވައި މިއަދު ނުކުމެ ވަޑައިގެންފިއެވެ. އެނގިފައިވާ ގޮތުގައި ރައީސް ގެ ދެކަނބަލުން މުލީއާގެ ދޫކުރައްވާ ވަޑައިގެންނެވީ ފަސްޓްލޭޑި ފަޒުނާ އަހުމަދުގެ ޢާއިލީ ގެކޮޅު މ.ސަނީއިން އަށެވެ. 17 ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޞާލިޙް މުލީއާގެއަށް ބަދަލުވެ ވަޑައިގަތީ އެ މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް މުލީއާގެ ދޫކުރެއްވި ނަމަވެސް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެ ގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާނެކަން […]

ރައީސްގެ ދަތުރުފުޅުގެ ޚަރަދު ހާމަކުރަން އެންގި މައްސަލަ ސްޕްރީމް ކޯޓުން ބަލަން ނިންމައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އދ.ގައި ތަގުރީރުކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތަފުޞީލުތައް ހާމަކުރަން އިންފޮރމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ބަލަން ސްޕްރީމް ކޯޓުން ނިންމައިފިއެވެ. އދ.ގައި ތަގުރީރު ކުރެއްވުމަށް ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުގެ ޚަރަދުތަކާއި ތަފުޞީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން ތާއިދުކުރުމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސްޕްރީމް ކޯޓުގެ ރަޖިސްޓްރާ ކުރިން […]

އާސަންދައިގެ ދަށުން ބޭސް ނަގަން ފޯނަށް ކޯޑެއް

އާސަންދައިގެ ދަށުން ބޭސް ސީޓީއަށް ބޭސް ނެގޭނީބޭސް ގަންނަމީހާގެ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުން ކަމަށް އާސަންދައިން ބުނެފިއެވެ. އާސަންދައިން ބުނި ގޮތުގައި މި ބަދަލާއެކު އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ދެން ބޭސްނެގޭނީ ފޯނަށް ލިބޭ ޑިސްޕެންސިން ކޯޑު ޖެހުމުންނެވެ. ”އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނަގަން ފާމަސީއަށް ދިއުމުން ފޯނަށް ޑިސްޕެންސިން ކޯޑު ހިމެނޭ އެސްއެމްއެސް އެއް ލިބޭނެ. މިކޯޑް އެކްސްޕެއަރވާނެ އެއްގަޑިއިރުގެ ތެރޭގައި“ އާސަންދައިގެ އޮފިޝަލަކު ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި […]

ހުޅުމާލެ ތިނެއްގެ ފުރަތަމަ ބައި ހިއްކައި ނިމި އިތުރު ބިން ހިއްކަން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަބައި ހިއްކާ ނިމިއްޖެކަމަށް އާބަންކޯއިން ބުނެފިއެވެ. ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޭން ނިންމާފައިވާ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ މިދިޔަމަހުގެ 22 ގައެވެ. އެ މަޝްރޫޢު ކުރިއަށް ގެންދަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. އާބަންކޯއިން ބުނީ ފުރަތަމަ ހިއްކަން ނިންމާފައިވާ ސައިޓް އޭގެ 10 ހެކްޓަރު ބިން މިހާރު ހިއްކައި ނިމިފައިވާ ކަމުގައެވެ. ސައިޓް ބީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެހެންވެ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު 22 […]