ހުޅުމާލެ ތިނެއްގެ ފުރަތަމަ ބައި ހިއްކައި ނިމި އިތުރު ބިން ހިއްކަން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަބައި ހިއްކާ ނިމިއްޖެކަމަށް އާބަންކޯއިން ބުނެފިއެވެ. ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޭން ނިންމާފައިވާ ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ މިދިޔަމަހުގެ 22 ގައެވެ. އެ މަޝްރޫޢު ކުރިއަށް ގެންދަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. އާބަންކޯއިން ބުނީ ފުރަތަމަ ހިއްކަން ނިންމާފައިވާ ސައިޓް އޭގެ 10 ހެކްޓަރު ބިން މިހާރު ހިއްކައި ނިމިފައިވާ ކަމުގައެވެ. ސައިޓް ބީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެހެންވެ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު 22 […]

ކުރިއަށް އޮތީ މުހިންމު ދުވަސްތަކެއް، އެންމެން އެކަތިގަނޑަކަށްވާންޖެހޭ: މުޢިއްޒު

ރާއްޖެ މިއަދު މި އޮތް ޙާލަތުން އަރައިގަނެ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ކުރިއަށް އޮތީ މުހިންމު ދުވަސްތަކައެއް ކަމަށާއި، އެމަސައްކަތުގައި އެންމެން އެކަތިގަނޑަކަށްވެ، އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ގޮވާލައްވައިފިއެވެ. އަންނަމަހު 17 ގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި ޙަރަކާތްތެރިވި މާލޭ ސަރަޙައްދުގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާ ބޭއްވި ޙަފުލާގައި އެމަނިކުފާނު ވިދާޅުވީ އެ ޓީމުތަކުން ކުރީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެެ. ތިޔަބޭފުޅުން ކުރެއްވީ […]

ޗައިނާގެ ބެލްޓް އެންޑް ރޯޑަށް ރާއްޖޭގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކުރެވޭނެ: މުޢިއްޒު

ރާއްޖޭގެ ތަރައްގީގެ މުސްތަގުބަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަޞައްވުރުގެ ދަށުން ފަށާފައިވާ ބެލްޓް އެންޑް ރޯޑު މަޝްރޫޢަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޗައިނާގެ ޒިންހުވާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި) ގެ ދަށުން ގާއިމްކުރި މާލެ ހުޅުމާލެ ބުރިޖަކީ ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެބޮޑު މަޝްރޫޢު ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން މުޅި […]

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެޗްއާރްސީއެމްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ފޯމު ބަލައިގަންނާނެ ކަމަށެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ހުޅުވައިލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަދުހަމް މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. އެ ކޮމިޝަންގެ ގާނޫނުގައި ވާގޮތުން މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ކުރަން ޖެހެއެވެ. އެޗްއާރުސީއެމްގައި މިވަގުތު ތިއްބެވީ […]

މުޢިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިއްބަވާނެ: ޙަސަން

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ. ޙަސަން މިހެން ވިދާޅުވީ ޑިމޮކްރެޓުސްއިން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ހަސަން ވިދާޅުވީ މުޢިއްޒުގެ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. “ސަރުކާރު ހިންގުމުގައި އޭގެމާނައަކީ ސަރުކާރު ހިންގުމުގައި ވެސް […]

މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު, އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންގޮސްދޭނަން: ނަޝީދު

ކުރިއަށް އޮތް 5އަހަރުގެ ދައުރަށް އިންތިޚާބުކުރި ޑރ.މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްވައިފިއެވެ. އިންތިޚާބީ ރައީސް މުޢިއްޒާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެކަން ކޮށްދެއްވާނެ ކަމަށާއި އާ ސަރުކާރަށް މަޖިލީހުގެ އިދާރާއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ. ގާނޫނުއަސާސީގެ 114ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު […]

އަންނަ އާދީއްތަ ދުވަސް ބަންދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙާއްމަދު ޞާލިހު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށްވާތީއާއި އިންތިޚާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި ޢާންމުން އިންތިޚާބުގެ ކަންތައް ތަކުގައި ބައިވެރިވާތީި އިލެކްޝަން ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ. ރިޔާސީ އިންތިޚާބާއި […]

ވަގަށް އެތެރެކުރި ރަންތައް ނެގުމުން އަހަރެއްގެތެރޭގައި ދައުލަތަށް 10 މިލިއަން ރުފިޔާ

ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހު 10މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ ދަޢުވާކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން ވަގަށް ރަން އެތެރެ ކުރާ މީހުންގެ މައްޗަށްޖިނާއީ ދަޢުވާކޮށް ރަންތައް ދައުލަތަށް ނަގަން ނިންމި ކަމަށެވެ. އެހެން ކަމާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަގަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ރަން ދައުލަތަށް ނަގާފައިވާ ކަމަށް އެއޮފީހުން ބުންޏެވެ. ޕީޖީ […]

އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ: ފައްޔާޒު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރި ތާއީދު އެމްޑީއޭއިން އަނބުރާ ގެންދިއުމާއި ގުޅިގެން ރޭ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލު ދެއްވީ ހިއްވަރުގެ މެސެޖެކެވެ. ރައީސާއި އެމްޑީޕީ ދޫކޮށްލިކަން އެމްޑީއޭއިން އިއުލާނު ކުރިތާ މާގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރިހޯދާ ޕާޓީއެއް ކަމަށެވެ. “ ބަލިކޮށް ނުލެވުނު ހިއްވަރު ގުޑާނުލެވުނު އަޒުމް ބާރަށް ކުރިއަށް “ މީދޫ  ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު […]

މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ. ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ޙުކުމް އައީ ސޯސަންމަގާއި މަޖީދީމަގުގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލްއިބްރާހީމަށް މިދިޔަ އެޕްރީލްމަހު ޢިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދަޢުވާއެވެ. ކުރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ އޭނާކުށަށް އިޢުތިރާފުވެ އިސްލާޙުވެގެން އަނބުރާ މުޖުތަޢުއަށް އަންނަން […]