މިސަރުކާރަކީ އެމްޑީޕީގެ ފިކުރު ތަންފީޒު ކުރާ ސަރުކާރެއް ނޫން: ޕަބްލިކް

އެމްޑީޕީގެ ސަރުކާރެއްކަމަށް ބުނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމްޑީޕީގެ ހަގީގީ ފިކުރު ބަދަލު ކޮށްފިއެވެ. އެމް.ޑީގެ ޝިޢާރަކީ ރައްޔިތު މީހާ ތަރައްގީ ކުރުމެވެ. އެހެނަސް މި ސަރުކާރުން ތަރައްގީ ކުރަނީ މުޅިން އެހެން ކަންކަމެވެ. ގައުމުގެ ޢަދުލު އިންޞާފާއި ހަމަހަމަކަން ގެއްލި ހިނގައްޖެއެވެ. ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ފަސާދަ ޢާންމުވެއްޖެއެވެ. އެކި ސަރުކާރުތަކުން ވަގަށް ނަގާފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ދައުލަތުން ގެއްލިފައި ވަނީ ރައްޔިތުން […]
އިނޑިޔާގެ ޢަސްކަރީ ބޭހެއް މިރާޖޭގައި އެބަ ހަދާތޯ އެވެ؟

އިންޑިއާ އައުޓު ޙަރަކާތުގެ ބައިވެރިޔަކު ބުނިގޮތުގައި އެޙަރަކާތުގެ ބައިވެރިން ކަންބޮޑުވަނީ އިންޑިއާގެ ޢަސްކަރީބޭހެއް އައްޑުއަތޮޅުގައި އިންޑިއާސިފައިން ހަދަމުންދާތީއެވެ. އަދި އުތުރު ތިލަފަޅުގެ ސިއްރު އެގްރީމަންޓްގެ ސަބަބުންވެސް މެއެވެ. މީ އެޙަރަކާތުގެ އިސްބޭފުޅުން އިންގިލާބީ ޙަރަކާތުގެ ބައިވެރިންނަށް ކިޔައިދޭ މޭރުމެވެ. މީތެދެއްނަމަ، އެޙަރަކާތުގައި ނުހިމެނޭ މީހުންވެސް އެކަމާ މެދު ކަންބޮޑުވާނޭކަން ކަށަވެރެވެ. އިންޑިއާ މިލިޓަރީއަށް މިގައުމުގައި ތިބުމުގެ ފުރުޞަތު ހުޅުވާލީ ރައީސް ޔާމީނު ކުރަށްވާފައިވާ އެމް.އޯ.ޔޫ އެއްގެ ދަށުން ކަަމަށްބުނާއިރު ރައީސް ޔާމީނު ކުރައްވާފައި ހުރި އެތަކެއް ކަމެއް […]
އެމްޑީޕީ ގަޑުބަޑުވެ މެންބަރުގެ ތެރެއިން ގިނަބަޔަކު ފައިސާއަށް ވިކިގެން ހިނގައްޖެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙަންމަދު ޞާލިޙު (އަންނިގެ ޅިޔަނު) ރައީސުލް ޖުމްހޫރިޔާއަކަށް 2018 ގައި ރައްޔިތުން ހޮވީ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް މިރާއްޖެ ހެކިވާނެއެވެ. އެހެނަސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން އެމް.ޑީޕީ ހާވިޔާވާން ފެށުނެވެ. ސަބަބަކަށްވީ އެމްޑީގެ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި ކުރި ބުރަމަސައްކަތުގެ އަގު ރައީސް ޞާލިޙު ވެއްޔާ މޮޑެލުމެވެ. އެމްޑީޕީގެ ހަގީގީ އެކްޓިވިސްޓުން ފެއަށް ޖައްސައި ޕާޓީގެ ތެރެއަށް ޕާޓީ ނުވެސް ދަންނަ […]
ސިޔާސީ ވާދަ

ރިޔާސީ ރޭހަށް ނުކުމެ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ ރުހުން ހޯދުމެވެ. ރާއްޖޭގައި ރައްޔިތުންގެ ރުހުން ނުލިބިވެސް ރިޔާސީ ރޭސް ކާމިޔާބު ކުރިތަން ފެނިފައި އެބަހުއްޓެވެ. ވޯޓު ހޯދުމަށް 3 ގޮތެއް އޮވެއެވެ. އެއްގޮތަކީ ރައްޔިތުންގެ ބޯ ކާލުމެވެ. އަނެއްގޮތަކީ ރައްޔިތުން ގަނެލުމެވެ. ތިންވަނަ ގޮތަކީ އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކާއި މިލްޓްރީ ބާރުން ވޯޓުއޮޅުވައި ލުމެވެ. މިތިން ގޮތް ނޫން އޮންނަނީ އެންމެ ގޮތެކެވެ. އެއީ ރައްޔިތުންގެ މައްޗަށް އިޙުސާންތެރި ހެޔޮލަފާ އިޚުލާޞް ތެރިއަކާ ގިނަބަޔަކު ގުޅިގެން ގައުމުގެ […]
ރޯދަ ޢިނާޔަތް 10 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ލިބެން ޖެހޭނެ

ދައުލަތުން ކޮންމެ ރަމަޒާން މަހަކާ ދިމާކޮށް ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ރޯދަ ޢިނާޔަތް އެބަ ދެއްވައެވެ. މީ ކޮންގޮތަކުން ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ އެއްޗެއްކަމެއް ނޭނގެއެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރައިގެ ބޭރުން ދައުލަތުގައި ހުރި ރައްޔިތު އެންމެންގެ ފައިސާ އެދެނީ ކޮން ހަމަކުން ކަމެއްވެސް ނޭނގެއެވެ. ރޯދަ ހިފަނީ ސަރުކާރުގެ މުވައްޒަފުން އެކަނިބާވައެވެ! ދައުލަތުގެ ފައިސާ ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ބަހާލަނީ އެހެން މީހުން ރޯދަ ނުހުފާތީ ބާވައެވެ! މިވާގޮތެއް ނޭނގެއެވެ! މިގައުމަކީ އިސްލާމީ ގައުމެކެވެ. ދިހަ […]
ގޯތި ގެދޮރަކީ ބޯހިޔާވަހިކަން ނެތް އެންމެންނަށް ހައްގުވާ އެއްޗެކެވެ.

ގޯތި ގެދޮރަކީ ސަރުކާރުގެ މުވައްޒަފަކަށް ވީތީ ޓީޗަރަކަށް ވީތީ ޑިރެކްޓަރަކަށް ވީތީ، ނުވަތަ އަލަތުކައިވެނި ކުރީތީ ހައްގުވާއެއްޗެއް ނޫނެވެ. ގޯތި ގެދޮރަކީ ބޯހިޔާ ވަހިކަން ނެތް ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގެކެވެ. ގޯތި ގެދޮރު ދިނުމަށް އޮތް ހަމައެކަނި ޝަރުޠަކީ ބޯހިޔާ ވަހިކަން ނެތުމެވެ. އަމިއްލަ ބޯހިޔާ ވަހިކަން ނުލިބި ބޮޑުކުލި ދީގެން ދިރިއުޅޭ ރައްޔިތުމީހާ ތަޙައްމަލް ކުރަމުން އެދާ ހިތްދަތިކަމާއި ނިކަމެތިކަން އިހުސާސް ކުރެވޭނީ ހަމައެކަނި އެމީހާއަށެވެ. ގެދޮރުގެ ތަނަވަސްކަން ހުރި މީހަކަށް ބޯހިޔާ […]
މިނީ ބަސް: ދަތުރު ފެށޭނީ ކޮންއިރަކުންބާ!

މާލޭ ސަރަހައްދު ބޮޑުވެ އަތްގުޅި ނުކާ ވަރުވެއްޖެއެވެ. މާލެ ސިޓީއާއި ހުޅުމާލޭ ސިޓީއާ ދެ ސިޓީ އެކުވެފައި ވާއިރު ދެ ސިޓީގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދޮޅުލައްކައަށް ވުރެ ގިނަމީހުން އެބަ ދިރިއުޅެއެވެ. ވެހިކަލް ނެތް މީހުން މަދެއްނޫނެވެ. ކުލީ ޓެކްސީތަކާއި ބަސްތަކުގެ ކުލި އޮތީ ރައްޔިތަކަށް ލިބޭ އާމްދަނީގެ ނިސްބަތުން އަތްނުފޯރާ ފަށުގައެވެ. މިނީ ބަސްދަތުރުފެށުމުގެ ވަޢުދަކީ މިހާރުގެ ރައީސް ވެރިކަމާ ޙަވާލުވުމަށްފަހު 100 ދުވަހުގެ ތެރޭގައި ފުއްދަވާ ދެއްވަން ވިދާޅުވި އެއް ވަޢުދުވެސް މެއެވެ. […]
ކުރީ ސަރުކާރުގެ ވައްކަމޭ ކިޔާނެކަމެއް ނެތް. މިހާރުވެސް ކުރަމުން ދަނީ ވައްކަން

ނިމިދިޔަ ސަރުކާރުގެ އިސް ވެރިން ދައުލަތުން ވައްކަން ކޮށްފައި ވަނީ ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތައް ކަސްތޮޅު އަޅުވައިގެން ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެމުން އެބަގެންދެއެވެ. ރައީސް ޔާމީނު ވިދާޅުވާ ޣައްދާރުންނަކީ ކުރީ ސަރުކާރުގެ ބައެއް އިސްވެރިންނެވެ. އެމަނިކުފާނު ވަނީ އޭގެ ތެރެއިން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު ވެސް އަޅުއްވާފައެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ތިލަވެ އަދީބާއި ޒިޔަތުގެ މައްޗަށް ވައްކަމާއި ޚިޔާނާތުގެ މައްސަލަ ސާބިތުވެ ހުކުމް ކުރެވުނީ ރައީސް ޔާމީނު އިސްނަންގަވައިގެން ފެއްޓެވި […]
50 އިންސައްތަ ވޯޓު ނުލިބޭ ކެންޑި ޑޭޓަކަށް ގައުމުގެ ރައީސްކަން ކުރެވިގެން ނުވާނެ

ގައުމެއްގެ ރިޔާސީ އިންތިޚާބު 50 އިންސައްތަ އިން ކާމިޔާބު ނުކުރެވޭ ކެންޑިޑޭޓަކު ރައީސް ކަމަށް އިންތިޚާބު ވާގޮތަށް އެއްވެސް ގައުމަކު ރިޔާސީ ނިޒާމެއްގައި އޮންނައެޑެއް އަދި ނާހަމެވެ. އެގޮތަށް ގަބޫލުނުކުރެވެނީ ޔަގީނުންވެސް ސަބަބުތަކަކާއި އެކުގައި ކަން ކަށަވަރެވެ. މިރާއްޖޭގެ ރިޔާސީ އިންތިޚާބު ކޯލިޝަނަކުން ނޫނީ ކާމިޔާބު ނުކުރެވޭ މައްސަލަ ދެނެ ގަނެ އެކަން ރަނގަޅު ކުރުން މާ މުހިންމު ކަމުގައި ދެކެމެވެ. އަދިވެސް މިފެންނަގޮތުން ބާޢީންނާއި ނުވަތަ ގާޒީންނާއި އެކުގައިނަމަވެސް ކޯލިޝަން ނުހަދާ މިރާއްޖޭގެ ރިޔާސީ އިންތިޚާބު […]
ކަރަންޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއް ހެއްޔެވެ؟

ކޯވިޑްގެ ޢާލަމީ މުޞީބާތާ ވިދިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި ރައްޔިތުންގެ މާލީ ޙާލަތު ވަނީ ނުހަނު ދަށަށް ގޮސްފައެވެ. މިހެން ދިމާވުމުން އަސާސީ ޚިދުމަތުގެ ނަމުގައި ދައުލަތުން ދެއްވާ ކަރަންޓްގެ ޚިދުމަތަށް ދޭންޖެހިފައިވާ ފައިސާ ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ވަނީ ދެއްކޭނެ ގޮތް ނުވެ ސްޓެލްކޯއަށް ދަރާފައެވެ. އަޅުގަނޑު މިވާހަކަ މިދަންނަވަނީ ސްޓެލްކޯގެ ވެރިންނާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނުވަތަ ނަފްރަތު ކަމެއްވެސް ނެތްކަން ހާމަ ކުރަމުންނެވެ. ނިކަމެތި ފަގީރުންގެ ޙާލަތުގެ މައްޗަށް ބަލައި […]