އިނޑިޔާގެ ޢަސްކަރީ ބޭހެއް މިރާޖޭގައި އެބަ ހަދާތޯ އެވެ؟

Facebook
Twitter
WhatsApp
Stop Military base in Maldivs

އިންޑިއާ އައުޓު ޙަރަކާތުގެ ބައިވެރިޔަކު ބުނިގޮތުގައި އެޙަރަކާތުގެ ބައިވެރިން ކަންބޮޑުވަނީ އިންޑިއާގެ ޢަސްކަރީބޭހެއް އައްޑުއަތޮޅުގައި އިންޑިއާސިފައިން ހަދަމުންދާތީއެވެ. އަދި އުތުރު ތިލަފަޅުގެ ސިއްރު އެގްރީމަންޓްގެ ސަބަބުންވެސް މެއެވެ. މީ އެޙަރަކާތުގެ އިސްބޭފުޅުން އިންގިލާބީ ޙަރަކާތުގެ ބައިވެރިންނަށް ކިޔައިދޭ މޭރުމެވެ. މީތެދެއްނަމަ، އެޙަރަކާތުގައި ނުހިމެނޭ މީހުންވެސް އެކަމާ މެދު ކަންބޮޑުވާނޭކަން ކަށަވެރެވެ.

އިންޑިއާ މިލިޓަރީއަށް މިގައުމުގައި ތިބުމުގެ ފުރުޞަތު ހުޅުވާލީ ރައީސް ޔާމީނު ކުރަށްވާފައިވާ އެމް.އޯ.ޔޫ އެއްގެ ދަށުން ކަަމަށްބުނާއިރު ރައީސް ޔާމީނު ކުރައްވާފައި ހުރި އެތަކެއް ކަމެއް މިސަރުކާރަށް ރަނގަޅު ކަންކަން ކަމުގައި ގަބޫލު ނުކުރެވޭތީ އެފަދަ ކަންކަމާއި މަޝްރޫޢުތަށްވަނީ މިސަރުކާރުން ބޭނުންގޮތަކަށް ކޮށާމަށައި އަލުން ފަރުމާކޮށްފައެވެ. އެމް.އޯ.ޔޫ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް) އަކީ އެގްރީމެންޓެއް ނޫންކަން އެންމެންވެސް ދެނެއެވެ. ވީއިރު އިންޑިއާގެ އަސްކަރީބޭހެއް މިރާއްޖޭގައި ގާއިމް ކުރާނަމަ އެކަން ވަރަށް ރަނގަލަށް ރައްޔަތުންނަށް އޮޅުންނާރާގޮތަށް އޮޅުންފިލުވައިދޭން ޖެހޭނެކަމަށް ދެކެމެވެ .

ކަން މިހެން ހުރުމާއިއެކު ސަރުކާރުން މިކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށް ދެއްވަން އެބަޖެހެއެވެ. ރައްޔިތުންނަށް ވާނުވާނޭގޭނަމަ ގައުމުއޮންނާނީ ފިތުނައިގެ ތެރޭގައެވެ. މިފަދަ އެގްރީމެންޓް ހެދުމަށް ގާނޫނު ބުނަނީ ކީކޭތޯވެސް ބަލާލަން އެބަޖެހެއެވެ.

އިދިކޮޅު އިންގިލާބީ ޙަރަކާތުގެ ބައިވެރިން އެކިޔަނީ ރަނގަޅު ލަވައެއް ނަމަ އެޙަރަކާތުގައި ބައިވެރިނުވެ ރައްޔިތުން ތިބޭނެ ބާވައެވެ؟

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫންކަމަށް ސަރުކާރުގެ ސަޕޯޓްރުން ބުނަމުން އެބަ ގެންދެއެވެ. އަދި ހަމަ އެހެންމެ އިންޑިއާގެ މީޑިއާ ތަކުންވެސް ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމުކުރެވިއްޖެ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އިންޑިއާގެ ޢަސްކަރީ ބޭހެއް ރާއްޖޭގައި ގާއިމު ކުރުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާނެ ކަމެކެވެ. މިވަރުގެ ކަމެއް ގާނޫނީ ހަމަތަކުގެ މަތިން ނުކޮށް ރައްޔުތުންގެ މަޖިލިސް މެމްބަރުންނަށްވެސް ނާންގާ އަދި އެއްވެސް ރައްޔުތަކަށްވެސް ބުނެދޭން ބޭނުންނުވެ ސިއްރިޔާތުގައި އެފަދަ އެގްރީމެންޓެއް ކުރެވިފައިވާނަމަ އެއި ނުރައްކާތެރި ނިންމުމެއްކަމަށް ބެލޭނެއެވެ.

ސުވާލަކީ އިދިކޮޅު އިންގިލާބީ ޙަރަކާތުގެ ބައިވެރިން މިފަދަ ނުރައްކާތެރި މެސެޖެއް ރައްޔިތުންނަށް އެދެނީ ކީއްވެބާއެވެ؟ ދޮގެއްކަމަށްވާނަމަ އެވަރުގެ ބިރުވެރި ވާހަކަތައް ފެތުރެމުން އަންނައިރު ސަރުކާރުން ގާނޫނީ ފިޔަވަޅެއް ނޭޅި ރައްޔިތުންގެ ކަންބޮޑުވުން ޙައްލުކޮށް ނުދީ އުޅޭ ސަބަބެއް ސާފުވާން އެބަޖެހޭ ނޫންހެއްޔެވެ؟ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކުން ރައްޔިތުންނަށް ވާނެ ގެއްލުމެއްނެތޭ ބުނުމަކުން ނުނިމޭނެއެވެ. އެހެނަސް އިންޑިއާއައުޓު ގުރޫޕުގެ އެވާހަކަ ތަކަށް ސަރުކާރުން ފުރިހަމައަށް ޖަވާބުދާރީ ނުވެވި އޮތުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާނެ ކަމެކެވެ.

އެއްވެސް ގައުމެއްގެ ޢަސްކަރީ ބޭހެއް މިރާއްޖޭގައި އޮތުމަކީ ގައުމުގެ އިސްތިގުލާލަށާއި މިނިވަންކަމަށް ހުރި ގޮންޖެހުމެކެވެ. މިފަދަ ނުރައްކާތެރި ކަމެއް ސަރުކާރުން ސިއްރު ސިއްރުން އެއްވެސް ފަރާތަކަށް އަންގާލުމެއް ނެތި ކޮށްފާވާނަމަ އެއީ ބޮޑު ޖަރީމާއެކެވެ.

ގައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރި ކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ. ރައީސުލް ޖުމްހޫރިއްޔާ މާތްރަސްކަލާނގެ ގަންދީ ކޮށްފައިވާ ހުވަޔަށް ބަލަމާތޯއެެވެ. ކުޅޭކުޅޭ ހުވައެއްގެ ގޮތުގައި އެއްވެސް ރައީސްއަކު ވެރިކަމުގެ ހުވައި ބަލަައިގެން ނުވާނެއެވެ. ހުވަޔާއި ޚިލާފުވުމަކީ ތިމާއާއި ޙަވާލުކުރެވުނު ވަޒީފާއިން އޮޓަމެޓިކުން އަޒުލުވާނެ ކަމެއްކެން ހަނދުމަކުރަން ވާނެއެވެ.

އިންޑިއާ މިލިޓަރީ ރާއްޖޭގައި

ރާއްޖެއާއި އިންޑިއާ ދެމެދު އަބަދުވެސް ގާއިމްކުރެވިފައިވަނީ ވަރަށް ބަދަހި ގުޅުމެކެވެ. ރާއްޖެއަށް ކުރިމަތިވާ ނުރައްކަލަކުން ރާއްޖެ ސަލާމަތްވެވުމަށް އެނހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާ އަކީ އަވަށްޓެރި އެނހީތެރިކަން ފޯރުކޮށްދޭ ގައުމެއްވެސް މެއެވެ. އަދި ހަމަ އެހެންމެ ގިނަ ޑޮކްޓަރުންނާ ނަރުހުންނާ ޓީޗަރުންވެސް ގެންނަނީ އިންޑިއާއިން ކަން ފާހަގަ ކުރެވެއެވެ. އަހެނަސް އެއީ އެމީހުނަށް ޢާންމުދަނީ ހޮދުމަށް ދިވެހިން ދެމުންގެންދާ ނުހަނު އަގުހުރި ފުރުސަތެކެވެ. އަރަބި ގަލްފުގެ ގަައުމުތަކުގައިވެސް ވަރަށްގިން އިންޑިއާ މީހުން ވަޒީފާ އަދާކުރެއެވެ. ނަމަވެސް އެގައުމުތަކުގައިވެސް އަސްކަރީ ބޭސްތަށް ހެދުމަށް އިންޑިއާއަކަށް ފުރުސަތެއް ނުދެއެވެ.

ވުމާއިއެކު އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ރައްޔަތުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް ދެގައުމުގެ ސަރުކާރުން ބޭނުންވާތީ އިންޑިއާގެ އަސްކަރީބޭހެއް މިރާއްޖޭގައި އޮތުމަކީ ދިވެހީންގެ ގަބޫލުކުރާގޮތުގައި ދިވެހިންގެ ސަލާމަތަށް ނުރައްކާތެރި ވެގެންދާނެ ކަމެކެވެ.

އެހެނީ ދިވެހިރާއްޖެއަކީ ފަތުރުވެރީންގެ އެންމެ ހިތްގައިމު މަންޒިލަށްވެފައި އެސިނާތުން ލިބޭ ޢާންމުދަނީ އަކީ ގައުމުގައި ރަންބިސް އަޅާ ކުކުޅުކަމަށް ގަބޫލުކުރާތީއެވެ. އަޅުގަނޑުމެނަށް އެންމެ ރަނގަޅުގޮތަކީ ނަންއެލައިން، ވަކިފަރާތަކަށް ބަރޯސާވެ ހުސްވެގެންނުދާ ގޮތުގައިއޮވެ ހުރިހާ ގައުމަކާވެސް ބަދަހި ގުޅުމެއް އޮތުމެވެ.

 

2 Responses

  1. އިންޑިއާ އެއްވެސް، މިސަރުކާރެއްވެސް މޮޔަވެގެނެއް ނޫޅުއްވާ، ތިޔަ ރައްޔިތުންގެ އަވައިގައި ރައްޔަތުން ޖެހޭކަށް ވެސް ނޫޅޭ،2023 އަންނަންދެން، ގޭގައި،މަސަތްކަތުގައި، ތިބުން،ބުއްދިވެރި،ބޭކާރުކަމަކާއިހެދި،އިއްޔެގަންފައިވާން، އަދުފޫދުއްވާނުލައްވާ،

  2. މާރިޔާކުރެން އައްސަވާށެވެ. އެކަމަނާ އިންޑިއާއަށްގޮސް ރާއްޖެ އިންޑިއާ މީހުނަށް ބޭނުން އިރަކު ހިފިދާނޭބުނެ ވިކާޝް ޝާހިދު އިންޑިއާ މިލިޓަރީކައިރީ ރާއްޖެއަށް އަރާށޭކިޔާ އަންނިގޮސް ވިންޑޯ އޮޕޯޗުނިޓީ ހުޅުވައި ރާއްޖޭގެ ޑިމޮކްރެޓިކް އިލެކްޝަން އިންޑިއާގެ ރޯ އާއި ބީޖޭޕީ އާއި ގުޅިގެން ޚަރާބުކޮށް އޮޅުވާލައި އަދި އެކަން ފަޚުރުވެރިކަމާއި އެކު މީސްމީޑިއާގައި ސަޅިކަނޑައި ބުނެދީ ހެދިނޫންތޯއެވެ. ވީމާ ފަހަލަ އެ މީހުންކައިރިން އަހާ ތެދަށް ބުނެދޭތޯ ބަލާފަ އަލުން ލިޔެދޭށެވެ. ރައްޔަތުނަށް އެނގެން ވަރަށް ބޭނުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް