ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ – 3

https://sandhaanu.today/22017/ އާއި ގުޅޭ…. ހަވަރުތުނަދޫގެ މުޅިއާބާދީ އަށް ސަރުކާރުން މިފަދަ ބޮޑު އަނިޔާއެއް ދިނީ ބަޣާވާތް ކުރީމައޭވެސް ބައެއްމީހުން ބުނެއެވެ.ބަޣާވާތަކީ ކޮބައި ހެއްޔެވެ. އައްޑޫ އަތޮޅު ހިތަދޫ އަކީ ދެކުނުގެ ހަތަރު އޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައި ކަނޑައަޅަން ޖެހުނީ މަލިކުގެ ރައްޔިތުންނަށް ކުރިމަތި ވި އެކަނި ވެރިކަމާ ހިތްދަތިކަން ދެކުނުގެ 4 އަތޮޅަށް ކުރިމަތި ވިޔަ ނުދިނުމަށްޓަކައެވެ. ދިވެހިސަރުކާރުގައި މަލިކުގެ ރައްޔިތުންނަށް ދޭނެ ކާޑުކޮޅެއްހާ މިންވަރުވެސް ނެތި ބަނޑަށް ޖެހި އިންޑިޔާގެ އެހީއަށް އެދެން ޖެހުނީ ވެސް […]

ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ -2

https://sandhaanu.today/21834/  އާއި ގުޅޭ… ހަވަރު ތިނަދޫ ރައްޔިތުން ގެ ތެރެއިން ސިޔާސީ ކުށްވެރީންގެ ގޮތުގައި ސިލްވަރ ކުރެސްޓް އާ ޑަންގީން މާލެގެންދިޔަ މީހުންގެ އަނބިދަރީން އަރުވާލުމަކީ ދިވެހި ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޖަރީމާއެކެވެ. މިދެންނެވި އަންހެނުންނާ ކުޑަކުދީން އަރުވާލީ މާލޭން އުތުރުގައި ހިމެނޭ އެންމެ ތަދު އެންމެ ދަތި ރަށްރަށެވެ. މީގެތެރޭގައި ހދ.މަކުނުދޫ ހދ. ނޮޅިވަރަންފަރު ބ.ޢަތޮޅު ގޮއިދޫ ފެހެންދޫ ކުޑަރިކިލް ފަދަ ދަތި ރަށްރަށަށެވެ.  ކުޑަކުޑަ އެތައް ކުދިންނާއެކު އެތަކެއް އަންހެނުން ރަށްރަށަށް އަރުވާލުމުން ކުރިމަތިވާނެ ގޮންޖެހުން ތަކަކީ […]

ރިޔާސީ ކެންޑި ޑޭޓް ހޮވަން އެމްޑީޕީގެ ކޮންގްރެސް އިން ޕްރައިމަރީއެއް ބާަންވަން ފާހެއް ނުކުރާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްއެއް މިހާތަނަށް ހޮވަމުން އަންނަނީ ޕްރައިމަރީ އެއް ބާއްވައިގެންނެވެ. އެހެނަސް 2018 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނިކޮށް އެމަނިކުފާނަށް އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ގެއްލުމާއި ގުޅިގެން ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތުމާއެކު ރައީސް އިބްރާހިމް މުޙައްދު ޞާލިހަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ގައުމީ މަޖިލީހުން ފާސް ކުރީއެވެ. އެމް.ޑީޕީއިން އެފަހަރު އެގޮތަށް މަޖުބޫރީ ޙަލަތުގައި ޢަމަލު ކުރިނަމަވެސް އެއީ އެމްޑީޕީ އިން ކުރިން ޢަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ. އެހެންކަމުން އެމްޑީޕީގެ […]

ވެރިކަމުގެ ބޭނުމުގައި ރައްޔިތުންނަށް ބިކަވާފަދަ ސިޔާސީގޭމު ކުޅުން ހުއްޓަވާލައްވާ

ވެރިކަން ބޭނުންވިޔަސްވެސް އިސްލާމީ ޝަރީޢަތާ ޢަދުލުއިންސާފު ނެތިކޮށްލުމަށް ވާގިވެރިވުމަކީ މުސްލިމަކަށް ހުއްދަވާނެ ކަން ކަމެއްނޫނެވެ. މިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލުމުން ފެންނާންހުރި ޙަގީގަތަކީ ރައްޔިތުންގެ ރުހުން ގަނެފައިވާ ސިޔާސީ ލީޑަރަކު ވެރިކަމަށް ކުރިމަތި ލާނެހެން ހީވާނަމަ  ފައިސާއާ ބާރުގެބޭނުން ކޮށްގެން އެލީޑަރަކު ވުޖޫދުން ފޮހެލުމެވެ. ހިތާމަޔާއި އެކު ދަންނަވަން ޖެހެނީ ހަމަ މިއަދުގެ ޙާލަތަކީވެސް މިއީކަމެވެ. މިގަރުނުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ބައެއްލީޑަރުން ވަނީ ވެރިކަމުގެ ލައްޒަތާ ޖާހަތައްޓަކާ އެތަކެއް ދިވެހި ރައްޔިތުން އެމީހުންގެ ޙައްގުތަކުން މަޙުރޫމް ކޮށްފައެވެ. އަދިހަމަ އެހެންމެ ވެރިކަން ލިބިދާނެ ކަމަށް ބެލެވޭ ސިޔާސީ ލީޑަރަކު ގައުމުން ފާޅުވެއްޖެނަމަ އެޝަޚުސިއްޔަތް އޮފު ކަނޑުވާލުމަކީވެސް ހިންގާފައިހުރި އަނިޔާވެރި ޢަމަލު ތަކެވެ. […]

އިސްލާމް ދީން ނައްތާލަން ގޮވާ ބަޔަކާއިއެކު ގުޅުން ބަދަހި ކުރުމަކީ ނުރައްކާތެރި ބިރުވެރިކަމެއް

އިސްލާމްދީން ނައްތާލަން މަސައްކަތް ކުރާ ގައުމަކާ ގުޅުން ބަދަހި ކުރުމަކީ މުސްލިމް ގައުމުކުން ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫނެވެ. މާނައަކީ އެގައުމަކާ ޖެހިގަންނަވާހަކައެއް ނޫނެވެ. އިސްލާމްދީން ޙިމާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ދީނީ އަދި ގައުމީ ވާޖިބެކެވެ.      ދުނިޔޭގައި އޮތް ހަމަ އެކަނި ސައްތައިން ސައްތަ އިސްލާމީ 2 ގައުމަކީ ސަޢޫދީ ޢަރަބިއްޔާއާ ދިވެހި ރާއްޖެއެވެ. ސަޢޫދީން އިން ވެސް މިހާރު އެވަނީ އިންޑިއާ އާއި އެކު ކުރިން އޮތް ގުޅުން ކަނޑާލައިފައެވެ. ދެން އޮތީ ރާއްޖެއެވެ. ރާއްޖެއަކީ ސަޢޫދީފަދަ އަސްކަރީ ބާރާ […]

ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ-1

ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާއަކީ ދުނިޔޭގެ އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާފަދަ އަނިޔާވެރި ޖަރީމާއެކެވެ.      1962 ވަނަ އަހަރު ހަވަރު ތިނަދޫ އިން އެރަށުގެ 4800 ރައްޔިތުން ރަށުން ބޭލުވި ބޭލުމަކީ އިން ސާނިޔަތުގެ ކުޑަވަރުވެސް ނެތް އަނިޔާވއިން ފުރިގެންވާ ބިރު ވެރި ޖަރީމާއެކެވެ. ކުޑަކުދީންނާ މުސްކުޅީންނާ ކިރުދޭ ކުދީންނާ ކުޑަކުދީންގެ އިތުރުން ވިހަން ބަނޑުގައި ރިހި ރިހި ތިބި އަންހެނުން ނާ ފަތަން ނުދަންނަ މީހުނާ ތިބި އިރު އެންމެހައި ރައްޔިތުން އާމާން ދީފައި […]

ތެލުގެ ބިލްތަކަށް ފައިސާ ނުދެއްކޭތީ ޕޮލިސް ވެހިކަލްތަކަށް ތެޔޮދިނުން ހުއްޓާލައިފި

  އައްޑޫގައި ވައްކަމާ މާރާމާރީ އިތުރުވުމާ ގުޅިގެން ފުލުހުން އެތަންތަނަށް އެޓެންޑުވުމަށް ބޭނުންކުރާ ޕޮލިސް ވެހިކަލް ތަކަށް ތެޔޮ ނުލިބި މަސައްކަތަށް ހުރަސް އެޅިއްޖެ އެވެ.     ސިޓީ ފިއުލް އިން ބުނިގޮތުގައި ޕޮލިސް ވެހިކަލް ތަކަށް ތެޔޮދިނުން ހުއްޓާލީ 2020 ފެށިގެން ޕޮލިހުންގެ ވެހިކަލްތަކަށް އެޅުނު ތެލުގެ އަގަށް ދައްކަން ޖެހޭ -/579000 ފަސްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ ތަކުރާރުކޮށް އެދުމުންވެސް ނުދައްކަވާތީ ކަމުގައެވެ.      އައްޑޫގައި މިދުވަސްވަރު ކުށްކުރުން ގިނަވުމާ އަދި  އައްޑޫ އަތޮޅުގެ 2 ރަށެއް ފިޔަވާ އެހެން ރަށްތަށް ގުޅާ ލެވިފައި އޮތުމުގެ ސަބަބުން ގިނައެއްގަމު އުޅަނދު ބޭނުން ކުރަން ޖެހިފައި […]

އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބެންވާނީ ޕްރައިމަރީން ހޮވޭ ބޭފުޅަކަށް  

އެމްޑީޕީގެ ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް އޮފިޝަލަކު ވިދާޅުވިއެވެ. މިދިޔަ 2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިިބްރާހިމް މުޙައްމަދު ޞާލިހަށް ޕްރައުމަރީ އަކާ ނުލާ ދޭވެން ދިމާވި ސަބަބަކީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށްރިޔާސީރޭހުން ޖާގަލިބޭނެ ގޮތެއް ނުވުމާއެކު ޕްރައިމަރީއެއް ބާއްވާނެ ވަގުތުވެސް  ނެތުމުން ގައުމީ މަޖިލީހުގެ ކުއްލިބައްދަލުވުމަށްފަހު އެމަޖިލީހުން ފާސްކުރެވިގެނެވެ. އެހެން ދިމާވި ނަމަވެސް އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަސީހަމަތަކާ އެއްގޮތަށް ޢަމަލުކުރަމުން އަންނަ ސިޔާސީޕާޓީއެއްކަމަށާ 2023ގެ ރިޔާސީ ޓިކެޓް ދޭންވާނީ ޕްރައިމަރީއެއް ބޭއްވުމަށްފަހުގައި ކަމަށް އެ އޮފިޝަލް ސަންދާނަށް ވިދާޅުވެދެއްވިއެވެ.      ކަން މިހެން ހުރިނަމަވެސް އިވެމުންދާ އަޑުތަކަށް ބަލާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީގެ ޕްރައިމަރީ އަކަށް ޖާގަ ދޭނެކަމާއިމެދު މިހާރު ޝައްކު އުފެދޭ ކަމުގައެވެ. މިހެން ވެއްޖެނަމަ އެޕާޓީއިން ރިޔާސީ ޓިކެޓް ލިބޭނީ ކޮންބޭފުޅަކަށް ކަން ޢާންމު މެންބަރުން ނަކަށް ނޭގޭނެއެވެ. […]

ރައްކާވެ ތިބިއްޔާ ދަތުރޭ!

    ހުޅަނގު މޫސުމްގެ ގަދަ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާ އިރު ކަނޑު މަތީގެ ދަތުރު ފަތުރުގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލު ކަން ދޭން ޖެހޭނެއެވެ.      ދާދި ފަހުން ވ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލާ އަންހެނަކާ އޭނާގެ 7 އަރުގެ ދަރިފުޅުގެ މަރުވެގެން ދިޔަ ހިތާމަވެރި ކާރިސާ އަކީ ހިތުން ފިލުވާ ނުލެވޭވަރުގެ ކާރިސާއެކެވެ. އަދި ހަމަ އެހެންމެ ނޮޅިވަރަން ފަރުން ފުރައިގެން ގަދަ ވިއްސާރައިގާ ދަތުރުކުރަމުންދިޔަ […]

ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް ފުނޑެނީ 

      ކޯވިޑުގެ ޢާލަމީ ވަބާ މިގައުމަށް ކުރިމަތި ވިއިރު ކުދި އަދި މެންފަންތީގެ އެތައްވިޔާފާރި ވެރިން ތިލަފުށިން ކުއްޔަށް ބިންނަގާ އެތަނުގައި އައީ ތަފާތު އެތަކެއްމަސައްކަތް ކުރަމުންނެވެ.  އެހެނަސް ކޯވިޑާއި ގުޅިގެން މިދެންނެވި ހުރިހާ ވިޔާފާރިއެއް ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަންދުކުރެވި އިގްތިޞާދީ ގޮތުން އެވިޔާފާރި ކުރަމުން ދިޔަ ގިނަ ފަރާތްތައް ވަނީ ބަނގުރޫޓުވެފައެވެ.      ކޯވިޑްގެ ޙާލަތުން އަރައިގަނެވި އަލުން ވިޔާފާރިތައް ހުޅުވި ވިޔާފާރިތައް ކުރެވޭގޮތްވެ، ތިލަފުށިގައި ވެސް ވިޔާފާރި ކުރަމުން ދިޔަ ކުދި އަދި މެދުފަންތީގެ ކޮންމެ ވިޔާފާރިވެރިޔަކު ވަނީ އެތައްލައްކަ ރުފިޔާއެއް ކުއްޔާއި އަދި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި އެފައިސާ ލިބޭނެގޮތެއް ނެތި ދަރާވިކިފައެވެ. […]