އިސްލާމް ދީން ނައްތާލަން ގޮވާ ބަޔަކާއިއެކު ގުޅުން ބަދަހި ކުރުމަކީ ނުރައްކާތެރި ބިރުވެރިކަމެއް

Loading

Facebook
Twitter
WhatsApp

އިސްލާމްދީން ނައްތާލަން މަސައްކަތް ކުރާ ގައުމަކާ ގުޅުން ބަދަހި ކުރުމަކީ މުސްލިމް ގައުމުކުން ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫނެވެ. މާނައަކީ އެގައުމަކާ ޖެހިގަންނަވާހަކައެއް ނޫނެވެ. އިސްލާމްދީން ޙިމާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ދީނީ އަދި ގައުމީ ވާޖިބެކެވެ. 

    ދުނިޔޭގައި އޮތް ހަމަ އެކަނި ސައްތައިން ސައްތަ އިސްލާމީ 2 ގައުމަކީ ސަޢޫދީ ޢަރަބިއްޔާއާ ދިވެހި ރާއްޖެއެވެ.

ސަޢޫދީން އިން ވެސް މިހާރު އެވަނީ އިންޑިއާ އާއި އެކު ކުރިން އޮތް ގުޅުން ކަނޑާލައިފައެވެ. ދެން އޮތީ ރާއްޖެއެވެ. ރާއްޖެއަކީ ސަޢޫދީފަދަ އަސްކަރީ ބާރާ އިގްތުޞާދީ ފުދުން ތެރެއިން ނެތް ގައުމަކަށްވީތީ އެ މިންވަރަށް ކަންކަން ނުކުރެވުނު ނަމަވެސް އިންޑިއާ ގާތް ގުޅުން އާލާ ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އިހަކަށް ދުވަހު ގެރިއެއް ކަތިލި މީހެއްގެ ފުރަގަސް ފަރާތަށް އިންޑިއާ ގެ ފުލުހަކު ދަނޑިއެއް ހަރާލި ޚަބަރަކީ ދީނީ ގޮތުން އިންޑިޔާ ސަރުކާރުގެ ނުރައްކާތެރި ކަން ރަމްޒު ވެގެން ދިޔަ ޖަރީމާއެކެވެ. ސުވާލަކީ މުސްލިމަކު ގެރިއެއް ކަތިލައިގެން އެފަދަ ޖައްބާރުގޮތަކަށް އަނިޔާވެރިވާއިރު އިންޑިއާގައި ހިންގާ މެކްޑޮނަލްޑްސް ފުޑްޗެއިންއިން އެއޮއް ކަތިލާ ގެރިތަކާއިމެދު ފިޔަވަޅުނާޅަނީ ކީއްވެތޯއެވެ؟ އެއީ މުސްލިމުން ނޫންވީމަތޯއެވެ؟

  އިންޑިއާގެ މިހާރުގެ ޕްރައިމިނިސްޓރ  މޯދީ އަކީ ގެރިއަށް ހަރުފަޔަށް ލިންގަމްއަށް ނުވަތަ އަތުންހަދާ ބުދުތަކަށް އަޅުކަން ކުރާ ކާފަރެކެވެ. ގެރި އެއް ކަތިލި އިންޑިއާގެ މުސްލިމް ރައްޔިތަކަށް އެވަރުގެ ލާއިންސާނީ އަނިޔާއެއް ދޭން ޖެހިލުން ނުވި އަނިޔާވެރި ސަރުކާރަކާއި ޑިޕްލޮމެޓިކު ގުޅުން ވަރުގަދަ ކުރުމަކީ ބިރުވެރި ނުރައްކާތެރިކަމެކެވެ. މާކުރީންސުރެވެސް ދިވެހި މިގައުމު އިންޑިއާ ރައްޓެއްސެވެ. މައްސަލައެއްނޯވެއެވެ. މިހާރުގެ މޯދީގެ ހިންދުތުވާ ހައްދުފަހަނާ އަޅާފައިވާ މިހާރުގެ އިންޑިއާ އަށް ދިވެހި ފަސްގަނޑުން ބިން ދީ އެގައުމުގެ ސިފައިންނަށް މިގައުމުން ޖާގައެއް  ނުދެއެވެ. މިއަދުމިހެން މިވީ ކޮންބައެއްގެ ސަބަބުންތޯއެވެ. ރައީސް އިބޫ އާ ރައީސް ޔާމީނާދެބޭފުޅުންގެ ޒިންމާ ތަފާތު ދަރަޖަތަކަށް ނަމަވެސް ޒިންމާ ނަގަން ޖެހޭކަމުގައި ދެކެމެވެ.

      އިންޑިއާގެ ޕްރައިމްމިނިސްޓަރކު އިސްލާމްދީން އެބިމުން ފޮހެލަން މީގެ ކުރިން މަސައްކުރި ވާހަކަ މީހުން ދައްކާ އަޑެއް ނާހަމެވެ.

     އެހެނަސް އެކިއެކި ސިޔާސީ ބައްދަލުވުން ތަކުގަޔާއި ސިއްރިޔާތުގައިވެސް މިމޯދީސަރުކާރުގެ ބޮޑުން ދަނީ އިސްލާމުން މަރަންގޮވައި އިންޑިއާއިން އިސްލާމް ދީން ނައްތާލަން ގޮވަމުންނެވެ. އިންޑިއާ އަކީ ދިވެހިންނާއި ރަޙުމަތެރި ގިނަޒަމާން ތަކެއްވީ ޑިމޮކްރަސީ އެކެވެ. ޑިމޮކްރެސީގެ ހަމަތައް ފުނޑާލަން މަސައްކަތް ކުރާ ބަޔަކާއިއެކު އަދިދުނިޔެ ގަބޫލުކުރާ ގޮތްތަކާއި ޚިލާފު އެތައްކަމެއް މޯދީ އެގެންދަނީ ކުރަމުންނެވެ.އިންޑިއާއަކީ އަބަދުވެސް މަލްޓިކަލްޗަރަލް މަލްޓިރިލިޖަސް ޑިމޮކްރެސީއެކެވެ. އެއްވެސް ދީނަކާއި ދެކޮޅަށް އިންޑިއާގައި އުފެދިފައިވާ ސަރުކާރެއް މިނޫނީ މިހާ ޖާހިލުގޮތަކަށް މަސައްކަތްކޮށް ހިންދޫން ނޫން އެހެން ދީނުގެ އަހުވެރީންނާއި ޖެހިގަނެ އަނިޔާވެރި ވެފައެއް ނުވެއެވެ.

      އެހެން ކަމުން މިފަދަ ނުރައްކާތެރި މޯދީ ޕްރައިމިނިސްޓަރަކާއި ސިޔާސީ ގުޅުން ބަދަހިކޮށް ގައުމު ޙަވާލު ކުރުމަކީ ރައްޔިތުން ރުހޭނެ އަދި ރައްކާތެރި ގޮތެއް ނޫންކަން ވެސް ދިވެހީން މިދަނީ #އިންޑިއާއައުޓް ގޮވަމުން ނުރައްކަލުގެ ރަނގަބީލު ޖަހައި ސޯލިޙުގެ ސަރުކާރަށް އިއްވަމުންކަން ކަށަވަރެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ގައުމުގެ އެއްވެސް ވެރިޔަކު ބޭރުގައުމެއްގެ މިލިޓަރީ ދިވެހިގައުމަށް ގެނެސް ދިވެހީންގެ މެޖޯރެޓީ ނުރުހޭ ބައެއްގެ ޖީބަށް ވެއްޓިގެން ނުވާނެއެވެ. ޚާއްސަކޮށް މޯދީގެ އިންޑިއާއަށް ނޫނެކޭ ބުނަންޖެހެއެވެ.  އިންޑިއާ ”އައުޓު ކުރަން“ އަދި އިންޑިއާ ނުރުހޭ އިރު އިންޑިއާ ”އިން ކުރީ“ ކީއްވެތޯ ރައްޔަތުން ސުވާލުއެކުރަނީ އެހެންވެގެނެވެ.

     އެންމެ ބޮޑު ބިރަކީ 900 އަށްވުރެ ގިނަ އަހަރުވަންދެން ރާއްޖޭގައި ދެމިއޮތް އިސްލާމް ދީނަށް އެވެރިންގެ ހިތްތަކުގައި އުފެދިފައިވާ ރުޅިވެރި ކަމުގެ ސަބަބުން ދެންވާނީ ކިހިނެއް ކަން ވެސް ނޭނގޭތީއެވެ. އިންޑިއާ އަކީ ހަން ފަތުރާ ގައުމެއް ކަމަށް މާކުރިންވެސް ލޭބަލް ވެފައި އޮންނަ ގައުމެކެވެ. އޭގެ ބޮޑު މިސާލެއްގޮތުން ސްކިމް އިންޑިއާ އަށް އެނެކްސް ކޮށްލިގޮތް ފުދެއެވެ. ބައިނަލް އަގްވާމީ ގޮތުން ބާއްވަންޖެހޭ ގުޅުންތަކުގެ އިތުރު މޯދީ ސަރުކާރާ ގުޅުމެއް ބޭއްވުމަކީ ނިކަމެތި ބަޔަކަށް ނުހަނު ބޮޑު މުޞީބާތަކަށް ވާނޭފަދަ ނުރައްކާތެރި ކަމެކެވެ.

   އިންޑިއާއަކީ އެ އޮންނަ ހިސާބެއްގައި އޮވެގެން އަންޒަމާނުއްސުރެ ރާއްޖެ އަށް ތަފާތު ރޮނގުތަކުން އެހީތެރި ވަމުން އައި ގައުމެކެވެ. އެހެނަސް ދިވެހިންގެ ބިންތަކުގައި ވަޒަންވެރިވާކަށް އެވެރިން އުޅެފައެއް ނެތެވެ. ދެގައުމުގެ ގުޅުން ފުރިހަމައެވެ. އެހެނަސް ރާއްޖޭގެ ވިޔާފާރިތަކުގެ މައްޗަށް އަބަދުވެސް ވަރެއްގައި އަތްގަދަ ކުރަން އުޅެފައި ވެއެވެ. އެހެނަސް ރާއްޖޭގައި ވެރިކަން ކުރެއްވި ވެރީންގެ ވިސްނުންފުޅު ތޫނުކަމާއި ކަންތައްތައް ޙައްލުކުރަށްވަން ދަންނާތީ ދިވެހީންގެ މިނިވަންކަން އަބަދު ވެސް އަނަނީ ދިފާޢު ކުރެވެމުންނެވެ.

އިންޑިއާގެ ޢަސްކަރީ ސިފައިންނަށް ދިވެހި ބިމުން ޖާގަ ދިނުމުގެ ސަބަބުން ދިވެހީނަށް ގެއްލުމެއް ލިބޭނެތޯ ނުވަތަ ވާނީ ފައިދާ ތޯވެސް ރައްޔިތުންނަށް އެނގެން ޖެހެއެވެ.އެއްބަސް ވުން އެކުލަވާލި ސަރުކާރުން ނުވަތަ އެ އެއަބަސްވުމަށް ޢަމަލު ކުރަމުންދާ ސަރުކާރުންވެސް ވާނުވާ ރައްޔިތުންނަށް ރަނުން ރަނަށް ސާފު ކޮށްދޭން ޖެހޭއެވެ. އަދި އެއްވެސް މިލިޓަރީ އެފަދަ އެއްބަސްވުމެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް އެއްބަސްވެވިގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހެއް ވެސް އޮތް ސަރުކާރުގެ ފުލް މެޖޯރެޓި އޮންނަހިނދު އެމަޖިލީހަށްވެސް އެނގުމެއްނެތި މިފަދަ އެބަސް ވުމެއް ތަންފީޒު ކުރުމަކީ އެއްވެސް ސަރުކާރަކުން ކުރެވިގެންވާނޭ ކަމެއްނޫނެވެ.

     މިގޯސް ހެދި ބަޔަކު ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުވާނޭ ހެން ވާހަކަދައްކައިގެން ވިޔަސް މިގޯސް ރަނގަޅު ކުރުމަށް ފަރުދީ ހައިޔަތުން ގޮވާލަމެވެ. މީ ދިވެހީންގެ ބިމެވެ.  އަންޒަމާނުއްސުރެ ކާބަފައިން ފުރާނައިން ގުރުބާންވެގެން މިނިވަންކަމާއެކު އަޅުގަނޑުމެނާ ހަމައަށް ގެނެސްދީފައިވާ މުސްތަގިއްލު ރާއްޖެއެކެވެ. މިރާއްޖެއަށް އަތްގަދަ ކުރަން ދެކުނުއިންޑިއާއިން މާކުރިން އުޅެފައި ވީ ނަމަވެސް މީއެޒަމާނެއް ނޫނެވެ. މިގައުމަކީ ސިޔާސީ ގޮތުން ބިރުގަންނަން ނުޖެހި މިނިވަންކަމާއެކު ވަކި އަތަކަށް ނުޖެހި އޮންނަ އަމިއްލަވަންތަ ގައުމެކެވެ. އަބަދުވެސް ދިވެހީންގެ ބިރަކީ އަޅުވެތި ކޮށްފާނެ ކަމުގެ ބިރެވެ. އެބިރުވެރިކަމުން ރައްޔިތުން ދިފާއު ކޮށް ދިނުމަށް މަތިކުރެވިފައިވާ ފަރާތްތަކުން ރައްޔުތުންގެ ލަފާ ހޯދުމެއްނެތި މިވަރުގެ ލަނޑެއް ގައުމަށް ދޭކަށް ނުވާބެއެވެ. ގިނަ ބަޔަކު ދެކެނީ އަދި އަބަދުވެސް ދެކޭނީ މިފަދަ މީހުންނަކީ ގައުމުގެ ދުޝްމިނުން ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް