ޙަރާމް ކަންކަމަށް އަރައިގަންނަ މީހުން ތަޙުގީގުގެ ކުރިމައްޗަށް ޙާޒިރު ކުރެވެން ވާނެ

އިސްލާމީ އުންމަތެއްގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރި ކުރުމަކީ ވެރިކަމުގެ ބާރުގެ ތެރެއިން އަދާ ކުރަންޖެހޭ ދީނީވާޖިބެކެވެ.ކުށަށް އަރައިގަންނަ މީހާއަކީ ވެރިކަމުގެ ބާރާއި އަދި ޢާއިލީގޮތުން ގުޅިފައިއޮންނަ އޮތުމެއްގެ ސަބަބުން ތަފާތުކުރުން ޙަރާމްވާނެ ބޮޑު ނާއިނސާފެކެވެ. ޢަދުލު އިންޞާފު ގާއިމް ނުކުރާނަމަ އެގައުމެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. އެއްދަހަކު ޢަލީގެ ފާނުގެ ދަގަނޑު ދަހަނާކޮޅެއް ޔަހޫދީއެއްގެ އަތުންފެނިވަޑައި ގަތުމުން ޢަލީގެފާނު އެދަހަނާކޮޅު ހޯއްދަވުމަށްޓަކާ ފަނޑިޔާރުގެ އަށް ވަޑައި ގަތެވެ. އެ ދަގަނޑު ދަހަނާ ގެންގުޅުނު މީހާ އާއި ޢަލީގެ ފާނާއި ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. ދަހަނާކޮޅު ގެންގުޅުނު މީހާ ބުނީ އެދަހަނާއަކީ އޭނާގެ ދަހަނާ ކޮޅެއް […]
ހުވަދޫ އަތޮޅުގެ ރައްޔިތުން އެ އަތޮޅު ގައްދުއަށް އަރާ އެރަށުގެ ރައްޔިތުންގެ މުދާ ފޭރިގަތު

ދުވަސްވަރަކީ ލ.އަތޮޅުން ދެކުނު3 އަތޮޅުގެ ރައްޔިތުން މާލޭ ސަރުކާރާ ވަކިވެ އެ 3 އަތޮޅު ހިމެނޭ ގޮތުން ސުވަލްދީބޭ ކިއުނު ސަރުކާރު އުފައްދަން މަސައްކަތް ކުރަމުން ދިޔަ ދުވަސް ވަރެވެ. ގައްދޫ އަކީ އޭރުއޮތް ރާއްޖޭގެ ސަރުކާރާއި ގުޅުންއޮތް ހަމަ އެކަނި ރަށެވެ. އެރަށު ޢަލީ ކަލޭފާނަކީ ބޮޑުވަޒީރު އިބްރާހިމް ނާޞިރުގެ ސަރުކާރުގެ އިސް ބޭފުޅެކެވެ. އަދި މަހުޖަނެއްވެސް މެއެވެ. ޢަލިކަލޭފަނަކީ އޮޑިދޯނިފަހަރު ގިނަ ރަށުގެ ގަދަރުވެރި ބޭފުޅެކެވެ. ޢަލިކަލޭފާނު އެދަނޑިވަޅު މާލެއަށް ދަތުރު ކުރެއްވުމަކީ […]
ޢަދުލު އިންޞާފް ގާއިމް ކުރުމަކީ ދައުލަތުގެ އެންމެ ބޮޑު ޒިންމާ!

ދުނިޔޭގައި އޮތް ސައްތައިން ސައްތަ މުސްލިމް ދެވަނަ ގައުމަކީ ދިވެހިރާއްޖެއެވެ.ކިހާ ބޮޑު ނުޢުމަތެއްތޯއެވެ. ވުމާއިއެކު މިރާއްޖޭގައި ގާއިމް ކުރެވެން ޖެހޭނީ އިސްލާމީ ޝަރީޢަތްކަން ކަމާއިމެދު ޝައްކެއްވެސް ނެތެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އަޑުއަހައިފީމޭ ގަބޫލުކޮށްފީމޭ ބުނެ އިސްލާމްވެގެން ހުރި ކޮންމެމީހަކަށް މިކަމާއި ދެބަސްވެވޭކަށް ނޯންނާނެއެވެ! އިސްލާމީ ގައުމެއްގައި ފުރަމަކަމަށް ވާންޖެހޭނީ ޢަދުލު އަންޞާފްގާއިމް ކުރުމެވެ. އެކަންހަމަހަމަގޮތުގައި މީސްތަކުންގެ މެދުގައި ތަންފީޒްކޮށް ނުދެވޭ އެއްވެސް ތަނެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. އެތަނެއްގައި ޢަދުލު އިންޞާފް ގާއިމް ކުރެވޭނަމަ އެ އުންމަތެއްގެ ތެރޭގައި އަމާން ކަމާއިއެކު އުފާފާގަތި […]
ކޮންމެމީހަކަށް ދިވެހި ދައުލަތް ނުހިންގޭނެ! – ނަޒާކީ ޒަކީ

ދިވެއްސަކަށް ވީތީ ހަމަ ކޮންމެމީހަކަށް ވެރިކަން ނުކުރެއްވޭނެ ކަމަށައި ދައުލަތެއް ހިންގޭނީ ދައުލަތެއް ހިންގޭނެފަދަ ތަޢުލީމާ ހުނަރާ އެކަމުގެ ގާބިލިއްޔަތު ލިބިފައިވާ މީހަކަށް ކަމުގައި ނަޒާކީ މުޙައްމަދު ޒަކީ ވިދާޅުވެއްޖެއެވެ. މިގޮތުން މިހާރު ރައީސް ކަމަށް ކުރިމަތި ލައްވަވާނެކަން ޢިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނަށް ސަޕޯޓުކުރައްވާ ނަޒާކީ ޒަކީ މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓުވީޓުގައެވެ. ޑިމޮކްރެސީއަށް ގައުމުކުރި ދަތުރުގައި ޖަނާއި މާލުން އެތެކެއް ގުރުބާނީތަކެއް ވެފައިވާ ބޭފުޅެކެވެ. ޒަކީ އަކީ ރައީސް ނަޝީދުގެ ކުރީގެ އަނބިކަނބަލުން މެޑަމް ލައިލާ ޢަލީގެއަންކަލް (ބޮޑުބޭބެ) އެއްވެސް މެއެވެ. މައުމޫނުގެ ދައުރުގައި ދުލާއި ގަލަމުގެ މިނިވަންކަމަށް ގޮވާލާއި އަދި […]
މީސްތަކުން ތިބޭހުށީ އެބައިމީހުންގެ ވެރިންގެ ދީންމަތީގައި

އިސްލާމް ދީނުގައި ކަނޑައެޅިގެންހުރި ފަރުޟު ކަންތައް ކުރުމަށް އަމުރު ކުރުމެއްނެތި ކަނޑައެޅިގެންހުރި މަނާކަންތައް ޙަރާމް ކުޅައުމެއްނެތި ޙައްދު ތަޢުޒީރުގާއިމް ނުކޮށް ތިބެ ކަންތައް ތަކެއް ކުޅަޔަކަސް އެ ހިންގަނީ އިސްލާމީ ވެރިކަމެކޭ ބުނެވޭނެ ބާވައޭ ހިތަށް އަރައެވެ. ދީނާއި ވެރިކަމަކީ އެއްމާބަޑު ދެ އެއްޗެވެ. މީސްތަކުން ތިބޭހުށީ އެބައިމީހުންގެ ވެރީންގެ ދީންމަތީގައެވެ. މިބަހުގެ މުރާދައަކީ ވެރިންގެ ކިބައިގާ ހުރި ދީންވެރިކަމެއްގެ މަތީގައޭ ބުނެތެވެ. އެހެން ވީއިރު ދީނުގެ ހެޔޮ ކަންތައް ތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް ތިމާމެންގެ ވެރިކަމުގެ ދަށުގައި މާތް ﷲ ލައްވާފައިވާ އެކަލާނގެ […]
އެއްޖިންސުން ގުޅުން ހިންގުމުގެ ވަބާ ނުރައްކާތެރި ދަރަޖައަކަށް

ފިރިހެނުންނާ ފިރިހެނުން އަންހެނުންނާ އަންހެނުން އެއްޖިންސުން ގުޅުން ހިންގާ ވާހަކަ އަކީ މިފަހަކަށް އައިސް ރާއްޖޭގައި ޢާންމުވެއްޖެ ވާހަކައެކެވެ. އެއްޖިންސުން ގުޅުން ހިންގާ ގުރޫޕްތަކެއް އުފެދިގެން އުޅޭ ވާހަކަ ނޫސްތަކުން ކުރިން ނުފެނުނު ކަމުގައި ވިޔަސް ސޯޝަލް މީޑިއާގައި މިފަފަ ގުރޫޕްތަށް އުފެދި ލައިވް ކޮށް އެބައިމީހުންގެ ޖިންސީ ގުޅުންތައް ދަނީ ހާމަކުރެވިފައެވެ. އެފްބީ،ވަޓްސް އަޕް، މެސެންޖަރ އަދި ހޭންގްއައުޓް ފަދަ ޓެކްނޯލޮޖީގެ ވަސީލަތް ތަކުން މިގުޅުންތައް ހިންގަމަށް ބާރުއަޅާ މެމްބަރޝިޕް އުފައްދާ ޢާންމުކޮށްފައި ވެއެވެ. މިސަބަބު ތަކަށްޓަކައި މިއީ ދިވެހި ދައުލަތުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް […]
މުސްލިމް އުންމަތެއްގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިންގަނޑެއް އޮންނަން ޖެހޭ!

ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ތެރޭގައި ޚިޔާލު ފާޅު ކުރެވޭނީ އިސްލާމީ އުޞޫލުތައް ހިފެހެއްޓޭނެ ފަދަ މިންވަރަކަށެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތައް އެ ވާހަކަތަކުގެ ޙަގީގަތް ނުހޯދާ ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ހެޔޮ އެއްވެސް މުސްލިމަކު ކޮށްގެންވާނޭ ކަންތައްތަކެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ އާ ދައުލަތުގެ 3 ބާރުގެ ވެރީންނާ ދައުލަތުގެ ވަޒީރުންނަކީ ރައްޔިތުން މުސާރަދީގެން ދައުލަތް ހިންގާން ޙާވާލު ކުރެވިފައިވާ ފަރާތް ތަކެވެ. މިއިން ފަރާތަކުން ރައްޔުތުންގެ މުދަލާފައިސާއަށް ޚިޔާނާތްތެރި ވެއްޖެ ނަމަ އެކަންކަން […]
ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ – 5

https://sandhaanu.today/22141/ އާައި ގުޅޭ… ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ބޭރު ކުރިއިރު އެރަށުގެ އާބާދީއަކީ 4800 އެވެ. މީގެތެރޭގައި ހިމެނޭ ގިނަމީހުން މިހާރު ވަނީ މިދުނިޔެ އާ އަލް ވަދާޢު ކިޔާފައެވެ. ރާއްޖެއަށް ބޮޑުތަދެއް ކުރިމަތިވި އެދުވަސް ވަރަކީ ހަވަރު ތިނަދޫގެ ރައްޔިތުން ރަށުން ފައްސާލި ދުވަސްވަރު ކަމަށް ވުމުން ބައެއްމީހުން އެ ހައި ހޫނުގައި މަރުވެ ގޮސްފައި ވެއެވެ. އަމިއްލަ ރަށުގެ އަމިއްލަ ވަޒަނުގައި މީހަކަށް ނުދަރާ އަމިއްލަ މަސައްކަތުން ކައިބޮއި އަމިއްލަ ފައިމައްޗަށް ތެދުވަމުން […]
ވަޢުދާ ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ ނުނީ އެހެން ގޮތެއްގާ މަޖުބޫރު ވާނެޔޭ

ވެރިކަމުގެ ޖާހަތާ ލައްޒަތަކީ އިންސާނާގެ ބުއްދި ވެސް ފިލާދާ ފަދަ ކަމެެއްކަން ތަކުރާރުކޮށް ފެނި އެނގިއްޖެއެވެ. އެހެން ނޫންނަމަ ރަންތިރީހުގެ ރަސްގެފާނުގެ ވެރިކަން ގެއްލިދިއުމުން އެމަނިކުފާނު ލޯފުޅުންވެސް އެ ކަރުނަ ނުފޭބީސް ކަން ގާއިމުތާއެވެ. ތިރީސް އަހަރަކީ 5އަހަރުގެ 6 ޓާމެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުގެ ލައްޒަތާ ޖާހަތަށްޓަކާ އެމަނިކުފާނަށްފަހު 2008 އުފެދުނު ވެރިކަން މުލުން ލުހެ ލެއްވިއެވެ. މޭސް ތިރިއަކީ ޚުދު އެމަނިކުފާނެވެ. އަތުން ފައިން ގޯސް ހެދެނީވެސް އިންސާނުންނަށެވެ. ރަންތިރީހުގެ […]
ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ – 4

https://sandhaanu.today/22067/ އާއި ގުޅޭ…. ދެކުނުގެ 4 އަތޮޅު މާލޭ ސަރުކާރުން ވަކިވެ ވަކި ސަރުކާރެއް އެކުލަވާލުން. މިސަރުކާރުގެ ވެރިޔަކަށް ހަމަޖެހިފައިވަނީ ޢަބުދު ﷲ ޢަފީފެވެ. އެމަނިކުފާނާ ބައިއަތު ހިފީ ދެކުނުގެ 4 އަތޮޅުގެ އެންމެހައި މަހުޖަނުންނާ އެބައިމީހުންގެ ދަރީންނާ ކަމުވޮށި ވެގެންވާ މީހުންނެވެ. މީގެ ތެރެއިން މަދު މީހަކު ފިޔަވާ އެހެން އެންމެން ޖަލުގައި މަރުވެ ދިޔައީއެވެ. ހަވަރު ތިނަދޫގެ އެންމެހައި ފައިސާވެރިން ޖަލަށް ގެންދެވުނެވެ. އަދި އެބައި މީހުންގެ ގެދޮރާ މުދަލާ ފައިސާ އާ އޮޑި ދޯނިފަހަރު ސަރުކާރުން ނެގީއެވެ. […]