ހުވަދޫ އަތޮޅުގެ ރައްޔިތުން އެ އަތޮޅު ގައްދުއަށް  އަރާ އެރަށުގެ ރައްޔިތުންގެ މުދާ ފޭރިގަތު

Loading

Facebook
Twitter
WhatsApp

ދުވަސްވަރަކީ ލ.އަތޮޅުން ދެކުނު3 އަތޮޅުގެ ރައްޔިތުން މާލޭ ސަރުކާރާ ވަކިވެ އެ 3 އަތޮޅު ހިމެނޭ ގޮތުން ސުވަލްދީބޭ ކިއުނު ސަރުކާރު އުފައްދަން މަސައްކަތް ކުރަމުން ދިޔަ ދުވަސް ވަރެވެ.

    ގައްދޫ އަކީ އޭރުއޮތް ރާއްޖޭގެ ސަރުކާރާއި ގުޅުންއޮތް ހަމަ އެކަނި ރަށެވެ. އެރަށު ޢަލީ ކަލޭފާނަކީ ބޮޑުވަޒީރު އިބްރާހިމް ނާޞިރުގެ ސަރުކާރުގެ އިސް ބޭފުޅެކެވެ. އަދި މަހުޖަނެއްވެސް މެއެވެ. ޢަލިކަލޭފަނަކީ އޮޑިދޯނިފަހަރު ގިނަ ރަށުގެ ގަދަރުވެރި ބޭފުޅެކެވެ.

     ޢަލިކަލޭފާނު އެދަނޑިވަޅު މާލެއަށް ދަތުރު ކުރެއްވުމަކީ ހުުވަދޫ އަތޮޅުގެ ގިނަ ރައްޔިތުން ރުހޭކަމެއް ނޫނެވެ. އެއީ އުފައްދަން އުޅޭ އާ ސަރުކާރާ ބެހޭގޮތުން ބޮޑުވަޒީރު އިބްރާހިމް ނާޞިރަށް މަޢުލޫމާތު އަރުވާކަމުގެ ތުހުމަތުގައެވެ. ވީވެވެސް ހަމަ އެހެންނެވެ.އެދަނޑިވަޅުގައި ހުވަދޫ އަތޮޅުގެ ބޮޑުންނާއި މަހުޖަނުން ތިބީ އައްޑޫގައި ތާށިވެ އަމިއްލަ ރަށަށް ނާދެވިފައެވެ. އައްޑުއަށް ލ.އަތޮޅުން ދެކުނުގެ3 އަތޮޅުން ކުރެ އަތޮޅެއްގެ އެއްވެސް ރައްޔިތަކު ދިއުމަކީ މާލޭ ސަރުކާރުން މަނާ ކޮށްފައި ވާ ކަމެކެވެ.

     އައްޑޫ ހުވަދޫ މީހުން މައި ސަރުކާރާއި ވަކިވެ އެކުލަވާލަން އުޅުނު ސަރުކާރާއި ދެކޮޅަށް ބޮޑުވަޒީރު އިބްރާހިމް ނާސިރާއި ގުޅިގެން މަސައްކަތް ކުރެއްވި ގައްދޫ ޢަލީކަލޭފާނު މާލޭސަރުކާރާއިގުޅިގެން އުޅުއްވާތީ ހުވަދޫއަތޮޅުގެ ރައްޔިތުން ތިބީ ރަތަށް އަރާފައެވެ. ގައްދޫ އަލިކަލޭފާނާ ބައިޢަތު ހިއްޕަވައިގެން އެތޮޅުގައި ތިބީ މަދު ބައެކެވެ.

އެއީ ހުވަދޫ އަތޮޅު ގެމަނަފުށީ ޙަސަން ކަތީބުއާއި ކަނޑުހުޅުދޫ ގެ ތަނަވަސް ބޭފުޅެކެވެ. ފިގުޔޫސުއްބެއެވެ.

    ކޮންމެއަކަސް ޢަލިކަލޭފާނާމެދު ހުވަދޫ އަތޮޅުގެ ގިނަ ރައްޔިތުން ގެ ހިތްތަކުގައި ނަފުރަތު އުފެދި ގައްދޫއަށް އަރައިގަތުމަށް އެތޮޅުގެ ކަމުވޮށިވެގެންވާ ފަރާތްތަކުން ރޭވިއެވެ. މިދުވަސްވަރު މާލޭސަރުކާރަށް ތާއިދު ކުރާ މީހުންނަކީ މަދުބަޔަކަށް ވީނަމަވެސް އެބައިމީހުންނަކީ މަހުޖަނުން ކަމަށް ވުމުން އެމީސް މީހުންގެ ރަށުގެގިނަ ރައްޔިތުންތިބެނީ މަހުޖަނުނަށް ސަނާކިޔާ މީހުނެގެ ގޮތުގައެވެ.

އެގޮތުން މާލޭސަރުކާރުން އެވެނި ރަށެއްގެ މިވެނި މީހާ ބަނދެ ހައްޔަރު ކޮށްގެން މާލެ ގެންނަން އަންގައިފިއޭ ބުނެ އެރަށުގެ މަހުޖަނު އަންގައިފިނަމަ މަސްދޯނިފަހަރު ފުރެންދެން މީހުން އަރައި ހިމަރޯނާ މުގުރުތަކާ އެކު މަހުޖަނުގެ އެންގެވުމަށް އެރަށަކަށް ގޮސް އެބޭނުންވާ މީހުން ބަދެ ހައްޔަރުކޮށް އަނިޔާ ކުރެތެވެ.އަދި އެބަޔަކު ގެނެސް އެރަށުގެ ގުދަނަށް ލައި މާލެ ފޮނުވާލައެވެ.

މި ޖަރީމާތައް ހިންގުމުގެ މޭސް ތިރިންނަކީ މާލޭ ސަރުކާރާ ގުޅިފައިފައިވާ ހުވަދޫ އަތޮޅުގެ ބައެއް މަހުޖަނުންނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މަހުޖަނުންގެ ތެރޭގައި ގައްދޫ ޢަލިކަލޭފާނާއިގެމަނަފުށީ ޙަސަން ކަތީބު އާއި ކަނޑުހުޅުދޫ ދިގު ޔޫސުފަދަ ބޭފުޅުން ހިމެނެއެވެ. މާލޭގެ ސަރުކާރާމެދު ހުވަދޫ އަތޮޅުގެ ރައްޔިތުން ތިބީ އިންތިހާއަށް ރުޅިއައިސް ރަތްވެފައެވެ.

     ގައްދޫއަށް އެރުން:

     ހުވަދޫ އަތޮޅުގެ 20 ރަށުގެ ތެރެއިން 18 ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ރިޔާނެގި މަސްދޯނި ފަހަރުގައި ގައްދުއަށް އަރަން ދިޔައީ އެރަށު ޢަލިކަލޭފަނު ހައްޔަރުކުރުކޮށް އައްޑުއަށް ގެންދިއުމަށެވެ. ނަމަވެސް އެމަސްދޯނިފަހަރު ގައްދުއަށް އަންނަކަމުގެ ޚަބަރު ލިބުމާއެކު ޢަލީކަލޭފާނު ވަނީ ފިއްލަވާފައެވެ.

ހަވަދޫ އަތޮޅުގެ ރަށްރަރަށުން ގައްދުއަށް ދިޔަމީހުނަށް ޢަލީކަލޭފާނު ނުފެނުމުން އެރަށުގެ ރައްޔިތުން ހިމަރޯނުން ބަނދެ އަނިޔާ ކުރުމަށްފަހު އެރަށުގެ ރައްޔިތުންގެ މުދަލާއި ފައިސާ އާއި ހިފާގެންގުޅޭ ސާމާނަށް ދަންދެން ޣަނީމާކޮށް އެތަކެތި ހިފައިގެން އެމަސްދޯނި ފަހަރު އެނބުރި އެބައިމީހުން ރަށްތަކަށް ފުރަމުން ދިޔަ ވަގުތެވެ.

އެރަށުގެ ރައްޔިތުން އަތިރިމައްޗަށް ގޮސް އެބައި މީހުންގެ އަތުން ފޭރުނު ބައެއްކާޑުގެ ބާވަތްތަކާ ހިފާ ގެންގުޅޭ ސާމާނު އަނބުރާ އެބައިމީހުނަށް ދޭތޯ ރޮމުންސަލާން ޖަހަމުން ދިޔަ ހިތްދަތި ވަގުތު ކޮޅެކެވެ. އެދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް ނުހަނު ތަދު ދުވަސް ވަރަކަށް ވާތީ ހަމައެކަނި ކާޑުކޮޅު ބަހައްޓައި ދިނުމަށް އެދި ރޮމުން ދިޔައެވެ. 

އަދި އެރޭ އެރަށުގެ ގޭގޭގައި ކައްކާފައިހުރި ކާބޯތަކެތިވެސް އެރަށަށް އެރި މީހުންވަނީ ކާލާފައެވެ. ކުޑަކުދީންނަށް ކައްކާފައި ހުރި ކާއެތިކޮޅަށް ދާންދެން ވަނީ ގެންގޮސްފައެވެ. މި ހިތްދަތި ވަގުތުގައި ބައެއް ދޯނިފަހަރުގެ ވެރީންގެ ހިތަށް ކެތްނުވެގެން ބައެއް ތަކެތި ދިން ކަމަށްވެސް ބުނެވެއެވެ. 

ރަށް އޮތީ ހަމަ ދޮވެލާފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.ލުޓޭރުން ހެން އެރަށަށް އެރި މީހުން ވަނީ އަންހެނުންނާ ކުޑަ ކުދީންގެ ކަރުގިލޭއަށް ދާންދެން ފޭރިގެންފައެވެ. ގޭގެގެގައި ހުރި ގޮނޑި މޭޒު ތައްވެސް ވަނީ މަސްދޯނިފަހަރަށް އަރުވާފައެވެ.އަންހެނުންނާއި ކުޑަކުދީނާއި މުޅިރަށުގެ ރައްޔިތުން އެބައުމީހުގެ އަތުން ފޭރިގަތް ތަކެތި ދިނުމަށް ރޮއި އާދޭސް ކުރަމުން ދިޔަނަމަވެސް ގިނަ ދޯނިފަހަރުގެ ވެރިން އެހަރު ގާ ހިތްތަކަށް ރަޙުމެއް އަސަރެއް ކުރި ހެނެއް ހީވެސް ނުވެއެވެ.

އަދި އެވަރުން ފުދުނީއެއް ނޫނެވެ. ރަށަށް އެހެލާފައިހުރި އޮޑިދޯނިފަހަރުވެސް ވަނީ ހުޅުޖަހާ އަންދާލާފައެވެ. އެރެއަކީ ގައްދޫގެ އެހަނދާން ހުރި އެއްވެސް މީހެއްގެ ހިތުން ފޮހެވިގެން ދާނެ ރެއަކަށް ނުވާނެއެވެ. އަތޮޅުގައިވެސް ކާޑު މަދު އެދުވަސްވަރު މިހެން ކަންކަން ކުރުމުން އެރައްޔިތުންގެ ލޯތަކުން ކަރުނަ އަޅާނެ މިންވަރު ހިތަށް ގެނެބަލާށެވެ.

    ނިމުނީ..

Loading

7 Responses

  1. ާާ ާާ
    ތިމާޔަށް ނޭގޭ ވާހަކަނުލިޔެ ހަނުހުރުން ބުއްދިވެރި
    ލިޔުނު އެތިހަމައެއްނުޖެހޭ ނިމުނު. އިރުވެސް ބުނަން
    ބޭނުންވާ އެތި ނުބުނެވި ނިމުނީ! ތިމާގެ އެހާ ގާބިލު
    ކަންނެތިއްޔާ ނުލިޔެ ހަނުހުންނާނީ ސަޢީދަކަށް އެކައްޗެއްވެސްނޭގޭ

  2. އަމިއްލަ ގައުމުގައި ހިނގާދިޔަ މިހާދިސާގެ މައުލޫމާތު އެނގޭ ވަރަށް ގިނަމީހުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. މިކަހަލަ ވާހަކައެއްލިއުއްވުމުގެ ކުރިން މައުލޫމާތު ކަށަވަރު ކުރަން ޖެހޭނެއެވެ. އަދި ތޯ ތޯ ވާހަކައެއްގެ ގޮތުގައި ލިޔަން ހެޔޮ ނުވާނެއެވެ. މީގެ ސަބަބުން އެކުވެރިކަމުގައި ދިރިއުޅެމުންގެންދާ ރައްޔިތެއްގެ މެދުގައި ފިތުނަ އުފެދުމުގެ ފުރުސަތު ހުޅުވުގެން ދާތީއެެވެ.

  3. އަހަރެންގެ ބައްޕަ އާއި މާމަ އެވާހަކަތައް ކިޔިދިނީ ހަމަލޮލައް ފެނި. އޭރުސުރެ ގައްދުއައް ކުރާ ނަފްރަތް އަދިވެސް ބައެއް މީހުންގެ ހުރިކަން އިނގޭ. އެއައް ވުރެ ފަހުން އުފަންވި ޖީލުގެ އަހަރެންނަވެސް އިހްސާވޭ. ވީމާ މާ އެގޭ މީހަކައް ހެދިން މުންޖޭ ނުކިޔާ

  4. Ebunaahen neyngey vaahaka liumah vure ragalhee nuliun bunan ilhey ethi liunu meeha ah ves egunee kee noon koba thibunaa atholhuge hurihaa rayyithun dhanvaru gahdhuah araa vaaruge thalha bima hamakolli vaahava varah kiya hithun kiya nimunu iruves egunu evves kameh haraam

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް