ކުރިއަށް ދިވެހި ގައުމު : 2023 ގެ ވޯޓަށް ސަމާލުވޭ! 

      ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑި ޑޭޓުންގެ ތެރެއިން އެންމެ ރަގަޅު މެނިފެސްޓޯއެއް ހުށަހަޅުވާ އެންމެ ލަފާދާރު ބޭފުޅަކަށް ވޯޓު ދިނުމަކީ ގައުމުގެ ކަރާމަތާއި މިނިވަން ކަން ޙިމާޔަށް ކުރުމަށް ދެންވެސް ދޭންވީ ވޯޓެއް ކަން ޔަގީނެވެ.       ރައްޔިތުން ގެ ޖީބަށް ޙަލާލުގޮތުގައި ތިޔާގިކަން ކަށަވަރު ކޮށްދެވޭނެސަރުކާރެއް އެކުލަވާލެވެން ޖެހެއެވެ. އެނޫންނަމަ ހުރިހާ ގެއްލުމެއް ތަޙަންމަލް ކުރަން ޖެހޭނީ ހަމަ ރައްޔިތުންނަށެވެ. މިހާރުވެސް ވަމުންދަނީ އެހެނެވެ. ރައްޔަތުމީހާއަތުން ނެގޭވާރުތައް ގިނަކޮށް ރައްޔަތުންގެ ޚާދިމު މީހާ (ވެރިޔާ) އުފަލުގައި އުދުހި މަޖާނަގަމުން ދިއުމެވެ.       މިފަހަރުވެސް 2023 ރިޔާސީ އިންތިޚާބުގެ ބައިވެރިންގެ […]

މިސަރުކާރު ވެރިކަމަށް އައުމަށްވީ ވަޢުދު ތައް ފުއްދަވާ ދެއްވާށެވެ

     ނިމިދިޔަ ވެރިކަމުގެ ތެރޭގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ޢަދުލުއިންޞާފު ގާއިމްކޮށް ރައްޔިތުންނަށް ހަމަ ހަމަ ކަމާއެކު އިންޞާފު ހޯދައިދޭނޭ ކަމަށް ބުނެ ވީ ވަޢުދު ނުފުއްދަވާ ބަޔަކަށް ނުވަތަ ބޭފުޅަ ދެވަނަ ދައުރެއް ނުދެވޭނޭ ކަމަށް ގިނަ ރައްޔިތުން އެދަނީ ބުނަމުންނެވެ. ގައުމުގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރިކޮށް ގައުމުގެ ހަމަޖެހުން ގާއިމްކުރުމާއިއެކު ރައްޔިތުންގެ ޖީބަށް ލުއިވާނެ ވަސީލަތްތައް ގާއިމްކޮށް ކޮށް ނުދެވޭ ފަރާތަކާއި ގައުމު ހުންގާނު އަމުދުން ދެވަނަ ދައުރަކަށް ޙަވާލު ނުކުރެވޭނޭ ކަމަށް ރައްޔިތުން […]

 ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ  

ޚިޔާލު ފާޅުކުރުމުގެ މިނިވންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްގަށް  އެކިސަރުކާ ތަކުން ހުރަސް އަޅަނީ ކީއްވެހެއްޔެވެ.  ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނުނެއްގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާޙައްގެކެވެ. މީހެއްގެ ނުވަތަ ބައެއްގެ ހެޔޮފުޅުކަމުން ލިބޭދެވޭ އެއްޗެއް ނޫނެވެ. އެމްޑީޕީ ގެ ބަހުރުވައިންނަމަ ބޭނުން ތަނެއްގައި ބޭނުންގަޑިޔަކު ފުލުހުންގެ ހުއްދައެއް ހޯދުމެއްނެތި ޖެއްސޭނެއެވެ. އާއެކެވެ. ގާނޫނު ބުނަނީ އެހެންކަމަށް އެމްޑީޕީން މާނަކޮށް އެކަން އެގޮތައްވަނީ ކޮށްފައެވެ. ސުވާލަކީ އެމްޑީޕީގެ ސަރުކާރެއްގައި އެކަން އެގޮތައް ތަށްމިނަށް ނުބޭއްވެނީ ކީއްވެހެއްޔެވެ؟ ކަނޑައެޅިގެން ނޫސްވެރީންނަށްވެސް ފުލުހުން ޙަމަލާދޭތަން އެބަފެނެއެވެ.   […]

އިންސާނަކަށް ވީތީ ދިރިހުރުމަށް ބޭނުންވާ އަސާސީ ޙައްގުތަށް ކަށަވަރުކޮށްދޭން ޖެހޭނެ

      ރައްޔިތު މީހާގެ ދިރިއުޅުމުގެ ޙާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ދެރަވަމުންނެވެ. އިންސާނަކަށް ވީތީ ދިރިހުރުމަށްޓަކައި ބޭނުންވާ އަސާސީ ޙައްގުތަށް ރައްޔިތު މީހާއަށް ކަށަވަރު ކޮށްދިނުމަކީ އެ އޮންނަ ސަރުކާރެއްގެޒިންމާއެކެވެ.        އިންސާނަކަށް ވީތީ ރައްޔިތު މީހާ ދިރިހުރުމަށްޓަކާ ބޭނުންވާ އަސާސީ ބާވަތްތަކުން އިތުރަށް ޓެކްސް ނަގަން ސަރުކާރުން ނިންމުމާއި ގުޅިގެންވިޔާފާރި ވެރިން ތަކެތީގެ އަގުބޮޑު ކޮށްފިއެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދަނީ ރައްޔިތުމީހާ އަށްލިބޭ އުޖޫރައިންނެވެ.      ބާޒާރުގެ ތަކެތީގެ އަގު 2018 ވަނައަހަރަށްވުރެ 2023 ވަނައަހަރާ ހަމަށް އާދެވުނު އިރު ރައްޔިތުމީހާއަށް […]

ކުޑައިރުއްސުރެ އެކުގައި އުޅުނު އެންމެގާތް އެކުވެރިޔާއަށް ބޮޑުތަނުން ޚިޔާނާތެރިވި މީހަކު ވެރިކަމަށް ގެންނަން އުޅުމަކީ އަމިއްލައަށް ދަންޖެހުން 

ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ އެންމެގާތް ކުޑައިރުއްސެ އެކުގައި އުޅުއްވި ރަޙުމަތްތެރިޔާ ޅ.ހިންނަވަރު އިބްރާހިމް މުޙައްމަދު ޞާލިޙަކީ މަކަރާއިޙީލަތުންފުރިގެންވާ އަނިޔާވެރިއެކޭ ދެންނެވިދާނެއެވެ. އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަބަލުން ނަކީ މުޙައްމަދު ނަޝީދުގެ ދެބެންގެ ދެދަރި ސިއްކަ ފަޒުނާއެވެ. އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އަކީ މުޙައްމަދު ނަޝީދު (އަންނި) ގެ ޖިގްރީދޯސްތުއެވެ. ސިޔާސީ ދާއިރާއަށް ލޯހުޅުވާލަ ދެއްވި އެންމެ އިތުބާރުކުރި އިންސާނާއެވެ. އެއްތަށިން ކައި ބޮއި އުޅުނު ޅިޔަނުވެސް މެއެވެ. އެހެނަމަވެސް ވެރިކަމުގެ ލައްޒަތާއި ޖާހަތުގެ ދަހިވެތި ކަމުގައި ރައީސް އިބޫ އެވަނީ ކާންދިން އަތުގައި ދަތް އަޅާ އެމީހާގެ ކަރަށް ފައިންވެސް […]

މިވަގުތު ރާއްޖޭގައި ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފެދުން މުހިންމީ

 ވަގުތާއި ޙާލަތަށް ބަލައި  ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްވުރެ މިވަގުތު ރައްޔިތުންނަށާއި ގައުމަށް ފައިދާ ބޮޑީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުން ކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ގައުމީ އެއްބައި ވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށްޓަކާ ފެންނަ ނުފެންނަ ވޯޓަކަށްގޮސް ފައިސާ ޕްރިންޓްކޮށްގެން ރައްޔަތުންނަށް ފޫނުބެއްދޭވަރުގެ ބޮޑު ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ރައްޔަތުން އަތާއި އަނގަޔާއި ދިމާނުވެ މިތިބި ދަނޑިވަޅުގައި އެފަދަ ޚަރަދެއް ރައްޔަތުންގެ ޖީބުން ކުރުމަކީ ހެޔޮވާވަރުގެ ކަމެއްވެސް ނޫންތާއެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާ ލުމަށްޓަކާ ގާނޫނީ އެއްވެސް ހުރަހެއް […]

  ޒުވާނުން މަސްތުވާ ތަކެތީގެ މަޅީގައި ޖެހެނީ ކީއްވެ!

ޒުވާނުން މަސްތުވާތަކެތީގެ މަޅީގައި ޖެހެނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެދޯހަޅި ކަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޒުވާނުންނަކީ ނަފުސާނީ ބަލި ހުންނަ ޒުވާނުން ކަމުގައި މިވަނީ ވެފައެވެ.      މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ޖަލަށް ލެވޭ ޒުވާނުން މިނިވަންވެ މުޖުތަމަޢަށް ނުކުތުމަށްފަހު ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ.      އެހެނަސް ޕޮލިސް ރިޕޯޓު ހޯދަން ޖެހުމާއި އަދި އެރިޕޯޓު ލިބޭއިރު އޭގައި ލިޔެފައިވާ ގޮތަކުން އެއްވެސް ތަނަކުން ވަޒީފާއެއް ނުދެއެވެ. ކުރިންވެސް ދެންނެވިފައި ވާފަދައިން ގިނަ ޒުވާނުންގެ ކިބައިގާ ނަފުސާނީ ނިކަމެތިކަން ހުރުމާއެކު ވަޒީފާ […]

  ގޭންގް ތަކުގެ ނުރައްކަލުން ޒުވާނުން ސަލާމަތް ސަލާމަތް ކުރެވެން ޖެހޭ

      ބައެއް ޒުވާނުންގެ ދެމެދުގައި އުފެދޭ ހިތްހަމަނުޖެހުގެ މައްސަލަ ތަކާއި ގުޅިގެން ކޮންމެވެސް ގޭންގެ މެދުވެރިކޮށް ނިރުބަވެރި ޙަމަލާ ދޭނޭ ކަމުގެ އިންޒާރުތައް ބައެއް ޒުވާނުންނަށް ލިބެމުން ދާކަމަށް ޒުވާނަކު ބުނެފިއެވެ.       ނަން ހާމަކުރަން ބޭނުން ނުވާ ޒުވާނަކު ކިޔައިދިން ގޮތުގައި އެ ޒުވާއާއި އެޒުވާނާގެ އާއިލީ ރަޙުމަތްތެރިކަން އޮންނަ އެހެން ޒުވާނަކާއި ދެމެދު ޖެހުނު ފައިސާގެ މައްސަލަ އަކާއި ގުޅިގެން އެ ޒުވާނާގެ ޢާއިލީ ރަޙުމަތްތެރިޔާ ގޭންގެއްގެ ނަން ބުނުމަށްފަހު އެގޭންގް މެދުވެރިކޮށް ނިރުބަވެރި ޙަމަލާއެއް […]

   ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ވެރިކަން ގެއްލޭނެ

      އެމްޑީޕީގެ ޕްރައިމަރީއަށްފަހު ދެރައީސުން އެއްގަލަކަށް އަރާވަޑައި ނުގެންފިނަމަ 2023ގެ ރިޔާސީ އިބްތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނޭކަމަށް ގިނަބަޔަކު ދެކެއެވެ. 2023 ގެ ރިޔާސީ އިންތީޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގިނަ ކަމާއެކު އެމްޑީޕީ ގެ ޕްރައިމަރީ ކާމިިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅަށް ޕްރައިމަރީއިން ފެއިލްވާ ރައީސަކު އަރާ ވަޑައިނުގެންފިނަމަ އެމްޑީޕީ އަށް ވެރިކަން ގެއްލިގެން ދިއުން ވަރަށްގާތެވެ. އެގޮތަކީ ރިޔާސީއިންތިޚާބުގައި ދެރައީސުން ގިނިކަޏާ ނުކުމެ ވަޑައި ގެންފިނަމަ އެމްޑީޕީ […]

ހުޅުމާލޭގެ ދެވަނަފިޔަވަހީގެ މަގުތަކުގައި އަލިކަމެއް ނެތުމުން ވަރަށް ބިރުބޮޑު

      ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ މަގުތަކުގައި އަލިކަމެއް ނެތެވެ. އަދި އެމަގުތަކުގެ ބައެއް ހިސާބުތަކުގައި ދުވާރު ހެދިފައި ނެތުމުން އަނދިރި މަގުތަކުގައި ވެހިކަލް ދުއްވާއިރު ކަޅު ހެދުންލައިގެން މަގުމެދުން ހިނގުމަކީ ރައްކާތެރި ކަމެއް ނޫނެވެ.     ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވަމުން އަންނައިރު މަގުތަށް އެހާ އަނދިރި ވުމަކީ އެކްސިޑެންޓް ތަކަށް މަގުފަހިވެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ދެކޭތީ ސަމާލުކަމަށްޓަކާ ދަންނަވަން ހިތަށް އެރީއެވެ.     އިހަށްރެއަކު އަހުރެން ހުޅުމާލެ ފޭސް 1 […]