މުޢިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިއްބަވާނެ: ޙަސަން

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ. ޙަސަން މިހެން ވިދާޅުވީ ޑިމޮކްރެޓުސްއިން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ހަސަން ވިދާޅުވީ މުޢިއްޒުގެ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. “ސަރުކާރު ހިންގުމުގައި އޭގެމާނައަކީ ސަރުކާރު ހިންގުމުގައި ވެސް […]
މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު, އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންގޮސްދޭނަން: ނަޝީދު

ކުރިއަށް އޮތް 5އަހަރުގެ ދައުރަށް އިންތިޚާބުކުރި ޑރ.މުޙައްމަދު މުޢިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްވައިފިއެވެ. އިންތިޚާބީ ރައީސް މުޢިއްޒާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެކަން ކޮށްދެއްވާނެ ކަމަށާއި އާ ސަރުކާރަށް މަޖިލީހުގެ އިދާރާއިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ. ގާނޫނުއަސާސީގެ 114ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު […]
އަންނަ އާދީއްތަ ދުވަސް ބަންދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅިގެން އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙާއްމަދު ޞާލިހު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށްވާތީއާއި އިންތިޚާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި ޢާންމުން އިންތިޚާބުގެ ކަންތައް ތަކުގައި ބައިވެރިވާތީި އިލެކްޝަން ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ. ރިޔާސީ އިންތިޚާބާއި […]
ވަގަށް އެތެރެކުރި ރަންތައް ނެގުމުން އަހަރެއްގެތެރޭގައި ދައުލަތަށް 10 މިލިއަން ރުފިޔާ

ރާއްޖެއަށް ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގައިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހު 10މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ ދަޢުވާކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުގެ ދަށުން ވަގަށް ރަން އެތެރެ ކުރާ މީހުންގެ މައްޗަށްޖިނާއީ ދަޢުވާކޮށް ރަންތައް ދައުލަތަށް ނަގަން ނިންމި ކަމަށެވެ. އެހެން ކަމާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ވަގަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ރަން ދައުލަތަށް ނަގާފައިވާ ކަމަށް އެއޮފީހުން ބުންޏެވެ. ޕީޖީ […]
އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ: ފައްޔާޒު

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރި ތާއީދު އެމްޑީއޭއިން އަނބުރާ ގެންދިއުމާއި ގުޅިގެން ރޭ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލު ދެއްވީ ހިއްވަރުގެ މެސެޖެކެވެ. ރައީސާއި އެމްޑީޕީ ދޫކޮށްލިކަން އެމްޑީއޭއިން އިއުލާނު ކުރިތާ މާގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރިހޯދާ ޕާޓީއެއް ކަމަށެވެ. “ ބަލިކޮށް ނުލެވުނު ހިއްވަރު ގުޑާނުލެވުނު އަޒުމް ބާރަށް ކުރިއަށް “ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު […]
މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

މިސްކިތަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ. ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ޙުކުމް އައީ ސޯސަންމަގާއި މަޖީދީމަގުގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލްއިބްރާހީމަށް މިދިޔަ އެޕްރީލްމަހު ޢިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދަޢުވާއެވެ. ކުރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ އޭނާކުށަށް އިޢުތިރާފުވެ އިސްލާޙުވެގެން އަނބުރާ މުޖުތަޢުއަށް އަންނަން […]
އިންތިޚާބާ ގުޅިގެން ހުށަހެޅި ކޮރަޕްޝަންގެ 7 މައްސަލައެއް ތަހުގީގު ކުރަނީ

ރިޔާސީ އިންތިޚާބުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ 29 ޝަކުވާގެ ތެރެއިން 7 މައްސަލަ ތަހުގީގުކުރަން ފެންނާތީ ބަލަމުން އަންނަކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން މިއަދު ބުނެފިއެވެ. އޭސީސީއިން ބުނީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ހަތްމައްސަލައެ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ: – ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެމައްސަލަ. -ރިޝްވަތާ ގުޅުން ހުރިމައްސަލަ. މީގެ […]
ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި: މުޢިއްޒު

ދަޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން ދާކަމަށާއި އެކަމުގައި ގޮތް ނިންމުމަށް “ ބޯޅަ އޮތީ އެޕާޓީގެ ކޯޓުގައި“ ކަމަށް ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދަޑިމޮކްރެޓްސް ވަކި ގޮތެއް ނިންމާފައި ނުވެއެވެ. ޕީޕީއެމް ޕީއެންސީއާއި އެކު މަޝްވަރާތައް ބާއްވާފައިވާއިރު ބޮޑެތި ޝަރުތުތަކެއް ހުށަހަޅާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމްއެންޕީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު“ ޑިމޮކްރެޓްސް“ ގެ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި […]
ގޯތި ލިބޭ މީހުންއެކު އެެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށަނީ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނާާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. ހައުސިން މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބުނު މީހުންނާ ގޯތި ޙަވާލު ކުރުމުގެ އެންމެހައި ކަންކަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގޯއްޗާއި ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތިލިބޭ މީހުންގެ ފޯމުގައި ހިމެނޭ މީހުން ހާޒިރުވާނެ ދުވަހާއި ގަޑި މިނިސްޓްރީއިން އަންގާނެ ކަމަށްވެސް […]
ސިޔާސީ ވިސްނުން ބަދަލުވާން ސިކުންތެއްވެސް ނުނަގާނެ!

މިދުވަސްވަރަކީ ރިޔާސީއިންތިޚާބުގެ ފޯރި ނުހަނު ގަދައަށް އުޅޭދުވަސްވަރެކެވެ. އެއްޕާޓީ އަނެއްޕާޓީއާއި ވާދަކޮށް ރިޔާސީ އިންތިޚާބުގެ ކުޅިފަސް ލިބޭނޭ ކަމުގެ އުންމީދާއިއެކު ކުލަ ހުވަފެންތައް ބަލަމުން ދައްކަމުން ދަނީއެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްފައި އެވަނީ ދިވެހީންނެވެ. ދިވެހީންގެ ތެރޭގައި އުޅެ ބޮޑުވި ދިވެހި ދަރީންނެވެ. މިގައުމަކީ ކުޑަކުޑަ އާބާދީއެއްގެ މަށްޗަށް ބިނާވެފައިވާ ކުޑަކުޑަ ގައުމަކަށް ވުމުން އެކަކަށް ނޭނގޭ އަނެކެއް ނެތެވެ. ރިޔާސީ ރޭހުގައި ވާދަކުރުމަށް ފޫގަޅާފައި ތިބި އެންމެންގެ ފަތިފުށް އޮންނާނީ އެންމެނަށް ސާފުވެފައެވެ. ރިޔާސީ ރޭހުގައި ވާދަކުރާ ކޮންމެ މީހެއްގެ ދެފުށް ހޯދާ ބަލާލުމުން މާ އުނދަގުލަކާނުލާ ރައްޔިތުންނަށް […]