ސިޔާސީ ވިސްނުން ބަދަލުވާން  ސިކުންތެއްވެސް ނުނަގާނެ!

Loading

Facebook
Twitter
WhatsApp


   މިދުވަސްވަރަކީ ރިޔާސީއިންތިޚާބުގެ ފޯރި ނުހަނު ގަދައަށް އުޅޭދުވަސްވަރެކެވެ. އެއްޕާޓީ އަނެއްޕާޓީއާއި ވާދަކޮށް ރިޔާސީ އިންތިޚާބުގެ ކުޅިފަސް ލިބޭނޭ ކަމުގެ އުންމީދާއިއެކު ކުލަ ހުވަފެންތައް ބަލަމުން ދައްކަމުން ދަނީއެވެ.

    ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްފައި އެވަނީ ދިވެހީންނެވެ. ދިވެހީންގެ ތެރޭގައި އުޅެ ބޮޑުވި ދިވެހި ދަރީންނެވެ. މިގައުމަކީ ކުޑަކުޑަ އާބާދީއެއްގެ މަށްޗަށް ބިނާވެފައިވާ ކުޑަކުޑަ ގައުމަކަށް ވުމުން އެކަކަށް ނޭނގޭ އަނެކެއް ނެތެވެ. 

ރިޔާސީ ރޭހުގައި ވާދަކުރުމަށް ފޫގަޅާފައި ތިބި އެންމެންގެ ފަތިފުށް އޮންނާނީ އެންމެނަށް ސާފުވެފައެވެ.

ރިޔާސީ ރޭހުގައި ވާދަކުރާ ކޮންމެ މީހެއްގެ ދެފުށް ހޯދާ ބަލާލުމުން މާ އުނދަގުލަކާނުލާ ރައްޔިތުންނަށް ވަރަށްސާފްވާނެވެ.

     ރައްޔިތުން ބޭނުންވަނީ އަދި ވާނީވެސް ތެދުވެރި އިޚުލާޞްތެރި ބޭފުޅެކެވެ. ގައުމެއްގެ ހުންގާނު މީހަކާ ޙަވާލު ކުރާއިރު އެމީހާގެ ނިޔަމި ކަމުގެ ފެންވަރާއިތެދުވެރިކަމާއި އޯގާވެރިކަމާއި އިޚުލާސްތެރިކަން ހުރިމިންވަރު ރައްޔިތުންއަމުދުން 2023ގައި ބަލާނޭކަން ޔަގީން ކުރާށެވެ.

     ފާޅުގައި ވައްކަން ކޮށްފައިވާ މީހަކު ނުވަތަ ކުރަމުންދާ މީހުން ރިޔާސީ ރޭހުގައި ވާދަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ފައިސާއަށް ވިކި ވޯޓް ވިއްކައިގެން ނުވާނެއެވެ. ހަމަ އެހެންމެ ރިޔާސީ ރޭހުގައި ދީނާއި ގައުމިއްޔަތު ވިއްކާ  އަނިޔާވެރީންނާއި އެފަދަ މީހުން ގޭންގް ހަދައިގެން ބާރު ބޭނުން ކޮށްގެން އުޅޭ މީހުން ވެސް ހިމެނިފައި އޮވެގެން ނުވާނެއެވެ. ރައްޔިތުން މިކަންކަން ބަލާނޭ ކަމަށް ގަބޫލުކުރެވެއެވެ. އެހެނީ ދުވަހެއް ދުވަހަކަށް ޢަދުލު އިންސާފު ގެއްލި ދިވެހީން ދަރަނިވެރިވެ އަދި ނުވިތާކަށް ޑޮލަރުގެ ބްލެކްމާރކެޓް އުފަށްދުވައި ރައްޔަތުން ބިކަ ކުރަމުންދާ ބަޔަކަށް ވޯޓް ދީގެން ނުވާނެއެވެ.

     އަދި މީގެ އިތުރުން މިހާރު ވެރިކަން ކުރާ ފަރާތުގެ ކަންކަން ހުރިގޮތްތާއި ޢަމަލު ކުރާގޮތާއި ދައުލަތުގެ މުދަލާ ފައިސާ ބޭނުންކޮށްފައި ވަނީ ތެދުވެރިކަމާއިއަމާނާތް ތެރިކަމާއި އިޚުލާސްތެރިކަމާއި އެކުގައިތޯވެސް ރައްޔިތުން ބަލާނޭކަމާއިމެދު ޝައްކެއްނެތެވެ. އެހެނީ ހުރިހާ ތަކުލީފެއް ލިބެނީ ރައްޔަތުމީހާއަށް ކަމަށް ވާތީއެވެ.

    މިކަންކަން މިގޮތަށް އޮތް ނުވަތަ އޮންނަން ޖެހުނު ނަމަވެސް ރައްޔަތުމީހާ އެނާގެ ފަސް ޙިއްސު ބޭނުންނުކޮށް މަދު ވައިސާކޮޅަކަށް އެނެއް 5 އަހަރު ބަޔަކަށް ވިއްކާލުން ބޮޑުވެގެންވާ ފާފަޔަކަށް ވާނޭ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ކަންކަން 

  މާޒީން ފެނިފައިވާ މަންޒަރުތަކުން މިގައުމުގެ ސިޔާސީ މީހުނޭ ބުނެވޭ މީހުންގެ ”ސިޔާސީ“ ވިސްނުން ބަދަލުވުމަށް ސިކުންތެއަވެސް ނުގަގާނެއެވެ.

މިހާރަކު އެފްޕީއައިޑީގެ ވާހަކައެއް އެމްއެމްޕީއަރސީގެ ވާހަކައެއް ވެންޓިލޭޓަރެއް، ބަޣާވާތެއްގެ ވާހަކަ ދައްކާ އަޑެއް މިދުވަސްކޮޅަކު ނީވެއެވެ. ޗާގޯސް އާއި ވިއްކާލި ކަނޑުގެ ވާހައެއްވެސް އަޑެއް ނީވެއެވެ. އިވެނީ މިފަދަ ޖަރީމާ ހަނދާން ނައްތާލައި ހިންގާފައި އެންމެން ގުޅިގެން ގައުމާއި ދީނަށްޓަކާ ސަރުކާރެއް އުފައްދާ ވާހަކައެވެ. އެވެސް ރައްޔަތުންގެ ލާބޔާއި މަންފާޔަށްޓަކަޔޯލައެވެ!

އާދެ! މިގައުމުގެ ސިޔާސީ މީހުނޭ މިކިޔާ މީހުންގެ ”ސިޔާސީ“ ވިސްނުން ބަދަލުވުމަށް ސިކުންތެއަވެސް ނުގަގާނެއެވެ. ގޭމްވަނީ ފެށިފައެވެ. 8 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ. މިއީ ރައްޔަތުންގެ ފަހަރުކަމުގައި ހައްދަވާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް