މުޢިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިއްބަވާނެ: ޙަސަން

Loading

Facebook
Twitter
WhatsApp

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.

ޙަސަން މިހެން ވިދާޅުވީ ޑިމޮކްރެޓުސްއިން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހަސަން ވިދާޅުވީ މުޢިއްޒުގެ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“ސަރުކާރު ހިންގުމުގައި އޭގެމާނައަކީ ސަރުކާރު ހިންގުމުގައި ވެސް ސަރުކާރުގެ އެކި މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވުން“ ޙަސަން ވިދާޅުވިއެވެ.

ޙަސަން މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމަނިކުފާނަކީ ވެސް ދެން އުފެދޭ ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބުގެ ކެމްޕޭންތެރޭގައި ޑރ.މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ގާއިމުކުރާ ކެބިނެޓްގައި ތިއްބަވާނީ އެ ދާއިރާތަކުން ތައުލީމާއި ދާއިރާތަކުގެ ތަޖުރިބާ ހޯދާފައިވާ ބޭފުޅުން ކަމަށާއި ވަކި މީހަކު ބުނާ މީހަކު ލައިގެން ނުވަތަ ވަކި ޕާޓީއަކުން ބުނީމަ ލައިގެން ނޫނިއްޔާ ވަކި މީހެއްގެ ރެކޮމެންޑޭޝަނެއް އައިސްގެން ކަންކަން ރަނގަޅު ނުވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް