މިސްކިތަކުން ފައިވާނެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

Loading

Facebook
Twitter
WhatsApp

މިސްކިތަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް އެ ޙުކުމް އައީ ސޯސަންމަގާއި މަޖީދީމަގުގުޅޭ ކަންމަތީގައި ހުންނަ މަސްޖިދުލްއިބްރާހީމަށް މިދިޔަ އެޕްރީލްމަހު ޢިޝާ ނަމާދަށް ދިޔަ މީހެއްގެ ފައިވާން ވަގަށް ނަގާފައިވާތީއެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަމުގެ ދަޢުވާއެވެ.

ކުރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ އޭނާކުށަށް އިޢުތިރާފުވެ އިސްލާޙުވެގެން އަނބުރާ މުޖުތަޢުއަށް އަންނަން ބޭނުންކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އެ ދަޢުވާ ސާބިތުވާކަމަށް ހުކުމުގައި ވެއެވެ.

އެކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިއަސް އޭނާ ކުށަށް އިޢުތިރާފުވެފައިވާތީ އަދަބުގެ މިންވަރު ލުއިކޮށް އޭނާ އެއްމަހާ 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީކަމަށް އެ ޙުކުމުގައި ވެއެވެ.

ނަމަވެސް އޭނާ ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ އެއް މަހާއި 4 ދުވަހުގެ ޖަލު ޙުކުމެކެވެ.

މިސްކިތްތަކުން ފައިވާން ވަގަށް ނެގުމަކީ ޢާންމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް މިފަދަ މައްސަލަ ތަކުގައި ދަޢުވާކުރަނީ މަދު ފަހަރަކުއެވެ .

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް