ހުވާނުކޮށް ތިބި ފުލުހުން ހުވާކޮށްފި

ފުލުހުންގެ ހިދުމަތާ ގުޅިފައިވާ ފުލުހުންގެ ތެރެއިން ހުވައި ނުކޮށް ތިބި ފުލުހުން ހުވާކޮށްފި އެވެ. ފުލުހުން ބުނީ އިއްޔެ އައްޑޫ ހައިސްކޫލުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންނާއި ، ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުން، ފުލުހުންގެ ހުވާކޮށްފައިވެއެވެ. ފުލުހުންނަށް ހުވައި ލައިދެއްވީ އައްޑޫ ސިޓީ ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ. މިރަސްމިއްޔާތުގައި ހުވައި ކޮށްފައިވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް، ސްޕެޝަލް ކޮންސްޓަބްލަރީ ކޮންސްޓަބަލް 20 ފިރިހެން ފުލުހުންނާއި ފަސް އަންހެން […]

ކޮވިޑް-19: ހާލަތުބަލަން ކޮންމެ އަތޮޅަކަށް މަންދޫބެއް

  ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާކުރުމަށް ކޮންމެ އަތޮޅަކަށް މަންދޫބެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފި އެވެ. ހެލްތު މިނިސްޓްރީން ބުނީ މަންދޫބުންގެ ގޮތުގައި ކަނޑއެޅީ އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކަމަށެވެ. އަދި މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އެއަތޮޅެއްގައި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް […]

ހަރުކަށިފިކުރުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ފުލުހުން ހިންގަމުންއަންނަ އޮޕަރޭޝަނެއްގެ ދަށުން އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ހައްޔަރުކުރި މީހުންގެ މައުލޫމާތު މިހާތަނަށް ފުލުހުން އާންމު ކޮށްފައި ނުވި ނަމަވެސް މައުލޫމާތު ލިބޭގޮތުގައި މި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުންހުރެގެން […]

ހުޅުމާލޭގައި 2000 ހައުސިން ޔުނިޓްއަޅަން އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ސޯޝަލް ހައުސިންގ ގޮތުގައި ތަރައްގީ ކުރާ މި ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަޝޯކާ ބިލްޑްކޮން ލިމިޓެޑާއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ދޯދައިދިނުމަށް ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން ( އެފްޑީސީ) އާއި  އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އިއްޔެ ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ މި ހައުސިންގ ޔުނިޓްގެ މަސައްކަތް […]

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

  މާލޭގެ ގެއެއްގައި އަލިފާން ރޯވެ  ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެމްއެންޑިއެފުން ބުނީ އަލިފާން ރޯވެފައިވަނީ މއ. މޯނިންގެ ވިއުގެ ތިންވަނަ ފަންގިފިލާގައި ކަމަށާ މި ހާދިސާ ހިނގީ ފަތިހު ފަހެއް ޖެހި ހާއިރުކަމަށެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ވަގުތު އެގޭގައި މީހުން ތިބިކަމަށާއި އަލިފާނުގެ ހާދިސާ ހިންގުމުން ގޭގެ އެކި ފްލޯތަކުން މީހުން ނުކުންނަން އުޅުމުގެ ތެރޭގައި އެކިވަރުގެ ކުދި އަނިޔާ ލިބިފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޭގައި ގާތްގަޑަކަށ 40 ހަކަށް މީހުން […]

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 8500 ރުފިޔާ

  ހިޔާފް ފްލެޓްތަކުގެ ކުއްޔަކީ 8500 ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީން) ކަނޑައަޅައިފިއެވެ. އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ވާގުތުން  އިންސްޓޯލްމަންޓްގެ ގޮތުގައި 7500ރ ދައްކަންކަން ޖެހޭއިރު މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000ރ ނަގާގޮތަށް ވަނީ ހަމަގައްސާފައެވެ. ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ނިންމަން ޖެހެނީ 25 އަހަރު ދުވަހަށް ބަހާލައިގެންނެވެ. އެޗްޑީސީން ބުނީ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް  އެއްވެސް ފަރާތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި […]

މަސްވެރިކަމަށް މާލެއިން ފުރާ އުޅަދުފަހަރަށް ފުރުމުގެ ހުއްދަ ދޭނީ ސިޓީކައުންސިލުން

    ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު މާލެ އިން މަހަށް ފުރާ ފަރާތްތަކުން ފުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދޭނެކަމަށް އެ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން އެޗްޕީއޭއިން ނެރެފައިވާ ހާއްސަ ހާލަތާއި ގުޅިގެން ސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު މިއަދު ހެނދުނުން ފެށިގެން  ހުޅުވާލާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން މި ހުއްދަ […]

ކޮވިޑް-19: ހުއްދަ ނަގައިގެން ވެކްސިންޖަހަން ދެވޭނެ

  ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ހުއްދަނަގައިގެން ދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ވެކްސިން ޖަހަން ދެވޭނެކަމަށާ ނަމަވެސް ވެކްސިން ޖަހަން ދެވޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ހުއްދައަށް އެދޭއިރު، ”މެޑިކަލް – ނޮން އިމަރޖެންސީ“ ކެޓެގަރީ ޚިޔާރުކޮށް، ވެކްސިން ޖަހަންދާ މަރުކަޒެއް ޖެހުމަށްފަހު، ސަބަބަކަށް “ ވެކްސިނޭޝަން“ ޖެހުމަށް އެޗްޕީއޭއިން […]

ކޮވިޑް-19 : ރަޝިޔާގެ ވެކްސިންގެ ދެ ލައްކަ ޑޯޒަށްއޯޑަރުދޭން ނިންމައިފި

  ކޮވިޑުން ރައްކާތެރިވުމަށް ރަޝޔާއިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ދެ ލައްކަ ޑޯޒަށް ދެ ދުވަހެއްގެ ތެރޭ އޯޑަރު ދެއްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްން ރައްކާތެރިވުމަށް ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ އެގޮތުން  ރަޝިޔާގެ ސްޕްޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. ރައީސް ވިދާޅުވީ އެކި ގަމުތަކާއި […]

ތުހުމަތުތަކަށް އިންކާރު ކުރައްވައި ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި

    ޖުޑީޝަލް ސަރވިސް ކޮމިޝަނު( ޖޭއެސްސީ)ން ގާޒީ އިސްމާއީލް ރަޝީދާ މެދު ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވައި އިސްތިއުފާ ދެއްވައިފި އެވެ. އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައި ވަނިކޮށެވެ. ޖޭއެސްސީން ވަނީ އިސްމާއީލް ރަޝީދާ މެދު ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެ  ކޮމިޝަނުން އިސްމާއީލް ރަޝީދާ ގުޅޭ ގޮތުން ބެލި މައްސަލައަށްފަހު ނެރުނު ބަޔާނެއްގައި ވާގޮތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް […]