ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 8500 ރުފިޔާ

Loading

Facebook
Twitter
WhatsApp

 

ހިޔާފް ފްލެޓްތަކުގެ ކުއްޔަކީ 8500 ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީން) ކަނޑައަޅައިފިއެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ވާގުތުން  އިންސްޓޯލްމަންޓްގެ ގޮތުގައި 7500ރ ދައްކަންކަން ޖެހޭއިރު މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1000ރ ނަގާގޮތަށް ވަނީ ހަމަގައްސާފައެވެ.

ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ނިންމަން ޖެހެނީ 25 އަހަރު ދުވަހަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް  އެއްވެސް ފަރާތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ބޭނުންވާނަމަ އެ މީހަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފްލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި މިއަގާއި އެއްގޮތަށް ކުޑަކުރާނެކަމަށެވެ.  އަދި ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ދިނުމަށް ނިންމާފައިވާކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓު ތަރައްގީކޮށްފައިވާއިރު، ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެޗްޑީސީން ބުނީ ކޮވިޑު ހާލަތު މިހާރަށްވުރެ ރަނގަޅު ވުމުން އެޗްޕީއޭގެ އިތުރު ލަފައާއެކު ބާކީ ތިބި ފަރާތްތަކުގެ ގުރުނެގުންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ފްލެޓުތަކުގެ ގުރުނެގުން އެޗްޑީސީ އިން ކުރިއަށް ގެންގޮސްފައިވަނީ ލައިވްކޮށެވެ. އެޗްޑީސީ އިން ބުނީ ލައިވް ކުރިއަށް ގެންދިޔަ އިރު، ފްލޯ ލޭއައުޓް އޮރިއެންޓޭޝަނެއް ދެއްކުމުގައި އޮޅުމެއް އަރާފައިވާ ކަމަށެވެ. ނަމަވެސް އޭޕްރީލް 28 ވަނަ ދުވަހުގެ ގުރުނެގުމުގައި އެގޮތަށް ޓެކްނިކަލް މައްސަލަ އެއް ދިމާވި ނަމަވެސް އެ ފަރާތްތަކަށް ލިބިފައިވާ ފްލެޓު ހުރިކަން އަންގައިދޭ ފްލޯ ލޭއައުޓްގެ ރަނގަޅުގޮތް އެޗްޑީސީ އިން މެއި 17 ވަނަ ދުވަހު އާންމުކޮށްފައިވާ ފްލޯ ލޭއައުޓުން ފެންނާނެ ކަމަށާއި އެ ފަރާތްތަކަށް ގުރުއަތުން ލިބުނު ފްލެޓު ނަންބަރަށް ބަދަލު ނާންނާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މީގެ އިތުުރުން ސިއްހީ ކުއްލި ނުރައްކަލުގެ މި ހަލަތުގައި ފްލެޓު ލިބުނު ހުރިހާ ފަރާތްތައް ވަކިވަކިން ގެންގޮސް ފްލެޓުތައް ދެއްކުމަކީ މި ހާލަތުގައި ދަތކަމެއް ކަމަށާއި، އެހެންކަމުން ފްލެޓުތަކުގެ ވިހާވެސް ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް އެ ޓަވަރުތަކުގައި ހިމެނޭ ހުރިހާ ޓައިޕެއްގެ ފްލެޓެއް، މިންތައް އެނގޭނެހެން އެޗްޑީސީގެ ވެބްސައިޓުގައި އާންމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އަދި ރައްޔިތުންނަށް ވީހާވެސް ހަލުވިކަމާއި، ފަސޭހަ ކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫއަށް ހާއްސަ ވައިބާ ޗެނަލް އެއް ލޯންޗު ކުރަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް