ރަހީނުކޮށް ކުޑަކުއްޖާ މަރާލުން: ކުއްޖާ އުފުލި ކާރު ފުލުހުން ބަލައިފާސްކޮށްފި

ރަހީނުކޮށް މަރާލުމަށްފަހު އެއްލާލި އުމުރުން 13 އަހަރުގެ ފިހެންކުއްޖާ އުފުލި ކަމަށް ބެލެވޭ ޓެކްސީއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ. ފުލުހުން ބުނީ އެ ފިހެންކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަހްގީގުނގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ […]
ރަހީނުކޮށް ކުއްޖާ މަރާލުން: ހައްޔަރުކުރި މިހާގެ މަށްޗަށްކުރަނީ ޖިންސީގޯނާ ކުރުމާއި މީހަކު މެރުމުގެ ތުހުމަތު

ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު، 27ގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ. ކުޑަކުއްޖެއްގެ މަސްލަހަތު އޮތުމާއި ޖިންސީ ގޯނާ ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ވުމުން ޒިހާނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި އަޑުއެހުން ކުރިއަށް ގެންދިޔައީ […]
މަރާލާފައި އެއްލާލާފައިވާ ކުއްޖާއަށް އަނިޔާކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުއްޖަކަށް އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު އާންމު ފަރާތަކުން ހޯމަ ދުވަހު ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ 13 އަހަރުގެ ކުޑަކުއްޖެއް މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒް ކުރައިމްގެ ހެޑް، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާއްމުންނަށް ވަނުން މަނާ ސަރަހައްދުގައި […]
އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަންފަށައިފި

އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އުމުރުން 20 އަހަރުގެ އަބޫބަކުރު އިބްރާހީމެވެ. ފުލުހުން ބުނީ މިދޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަބޫބަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހޮނުހިރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އާއިލާއާއި ހަވާލާދީ ފުލުހުން […]
މަރާލާފަ އެއްލާލާފައި އޮތް ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މަރާލާފައި އެއްލާލާފައި އޮތް އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ. މި ކުއްޖާ މަރާލާފަ އެއްލާލާފައި އޮތްވާ ފެނުނީ ހުޅުމާލޭ ދެވަވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދުންރޭ މެންދަމު 2:30 ހާއިރުއެވެ. ދެކުނުގެ ރަށަކަށް ނިސްބަތްވާ މި ކުއްޖާގެ ހަށިގަނޑު ފެނުނު މީހުން ބުނާގޮތުން އެކުއްޖާ ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ […]
މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ، އެއްލައިލީ ފޮއްޓަކަށް ލާފަ

ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލި ކުޑަކުއްޖާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ ކަމަށް އެ ކުއްޖާގެ ހަނގަނޑު ފެނުނު މީހުން ބުނެފިއެވެ. މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ ގައިގެ އެތަން މިތަނަށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ ނިޝާންތައް ފެންނަހުރި ކަމަށާ، އަދި އޭނާގެ ކަރުގައި އެއްޗެއް އަސާފައިވާ ކަހަލަ ނިޝާންވެސް ހުރިކަމަށެވެ. އަދި މިކުއްޖާ އެއްލާލާފައި އޮތީ އަނިޔާކޮށް މަރާލާފަ ފޮއްޓަކަށް އަޅާފަކަމަށް އެމީހާ ބުނެއެވެ. އަދި އެ ކުއްޖާގެ މޫނަށްވެސް […]
ކުޑަކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލާފަ އެއްލާލާފަ އޮއްވާ ފެނިއްޖެ

އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނު ކުރުމަށްފަހު މަރާލާއި އެއްލާލާފައި އޮއްވާ ހުޅުމާލެ އިން ފެނިއްޖެ އެވެ. ފުލުހުން ބުނީ މި ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަހައްދުންކަމަށެވެ. ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅުގެން އުމުރުން 17 […]
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތި ލައްވައިފި

ކްރިމިނަލް ކޯޓުން ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. ޖޭއެސްސީން ބުނީ ގާޒީކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން އާދަމް އާރިފް – ދެރަހަ، ހއ. ކެލާ ރަފީއުއްދީން އަހުމަދު – ސްނޯޑައުން، ސ. […]
ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފި

މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފި އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ދާއިރާތަކަށް ކިޔެވުމަށް ދޫކުރި މިލޯނު 449 ދަރިވަރުންނަށްލިބުނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިއުލާން ކުރީ ވަގުތީ ލިސްޓް އެކުލަވާލާ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމަށް ފަހުއެވެ. އެ މިނިސްޓްރީން ކުރިން އިއުލާންކުރި ވަގުތީ ލިސްޓްގައި ލޯނު ލިބިފައިވަނީ 417 ދަރިވަރަކަށެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި […]
ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ދެތުލެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނި އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ފެށިގެން ޕެޓްރޯލް ލީޓަރަކުން 89 ލާރި ވަނީ ބޮޑުކޮށްފައެވެ. މި އަގަށް ބަދަލުގެނައުމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 9.74 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.85 ރުފިޔާއަށެވެ. ޕެޓްރޯލްގެ އިތުރުން […]