ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތި ލައްވައިފި

Loading

Facebook
Twitter
WhatsApp

ކްރިމިނަލް ކޯޓުން ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް  ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

ޖޭއެސްސީން ބުނީ ގާޒީކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

 

ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އާދަމް އާރިފް – ދެރަހަ، ހއ. ކެލާ
  • ރަފީއުއްދީން އަހުމަދު – ސްނޯޑައުން، ސ. ހިތަދޫ
  • އަލީ ނަދީމް – ފްރީޕާކް، އދ. މާމިގިލި
  • އިބްރާހިމް އިހްސާން – އެށެވެލި، ސ. މަރަދޫ
  • އަހުމަދު ތައުފީގު – ޑޭޒީމާގެ، ހއ. ދިއްދޫ
  • އާއިމިނަތު އަޒްލިފާ – ގުލާބީގެ،ރ. ރަސްގެތީމު
  • އިސްމާއީލް ޝަފީއު – މ. ތްރީސިސްޓާސް،ކ. މާލެ
  • ސުލައިމާން މުހައްމަދު – ނޫރާނީގެ،ޅ. ކުރެންދޫ
  • މުހައްމަދު ސަމީރު – ހިތްވަރު، ރ. އިނގުރައިދޫ

ކްރިމިނަލް ކޯޓުން ގާޒީން ހޯދަން  އިއުލާންކުރީ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރުމުން ހުސްވި މަގާމާއި އެ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވީ އޭނާ ގާޒީ ކަމުން ވަކިކޮށްދިނުމަށް އެދި އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. ގާޒީ ސަމީރު ޑްރަގު ކޯޓަށް ބަދަލު ކުރީ އަމިއްލަ އަށް އެގޮތަށް އެދިވަޑައިގަތުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް