އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ފަސް ނަމެއް މަޖިލީހަށް ހުށަހަޅައިފި

    ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހޮވަންޖެހޭ ތިން މެންބަރަކު އައްޔަން ކުރުމަށް  ފަސް ނަމެއް މަޖިލީހަށް ރައީސުލް ޖުމުހޫރިއްޔާ ހުށަހަޅުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އިއްވާފަ އެވެ. މި ފަސްބޭފުޅުންނަކީ ވެސް އަންހެން ބޭފުޅުންނެވެ. އެއީ : އަޒްހާ ޒަމީރު / މ. ލިލީޒް އައިމިނަތު […]

ކުރީ ސަރުކާރުން ރާވައިގެން އަދާލަތު ޕާޓީން މެންބަރުން މަދުކުރުމަށް މަސައްކަތްކުރި: އިމްރާން

  ކުރީގެ ސަރުކާރުން ރާވައިގެން އެމްޑީޕީން މެންބަރުން ވަކިކުރިކަމަށް އަދާލަތުޕާޓީގެ ރައީސް،  އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ސަރުކާރު ކޯލިޝަންގައި ހިމޭނޭ އަދާލަތު ޕާޓީން  “ ސާފް އަމާޒަށް“ ނަމުގައި 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ރޭ ފަށައިފައިވާއިރު މި ކެމްޕެން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އޭރުގެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު ރާވައިގެން  އަދާލަތު ޕާޓީން މެންބަރުން މަދުކުރިކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން  އިމްރާން ވިދާޅުވީ އޭނާ 2011 […]

ކޫއްޑޫ އިން އައިސް ވިއްކުމާއި މަސްގަތުން ހުއްޓާލައިފި

  ދެކުނުގެ މަސްވެރިން އެރަށަކަށް އެންމެ ބޮޑަށް ބަރޯސާވާ ގއ ކޫއްޑޫއިން މަސްގަތުމާއި އައިސް ވިއްކުން ހުއްޓާލައިފިއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ އެ މަސްފެކްޓްރީގެ ޖެޓީއާއި ކޯސްޓްރޭޖް އަދި ކަލެކްޓަރ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާތީ މިއަދުން ފެށިގެން މަސްގަނެ އައިސް ދޫކުރުން ހުއްޓާލާނެ ކަމަށެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނީ ކޫއްޑޫ ބަންދުވިއަސް މަސް […]

ރެވެނިއު ސްޓެމްޕް އުވާލަން ފާސްކޮށްފި

  ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްއޮފި އެވެ. ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީޑަރު އަލީ އާޒިމް އެވެ. މި ބިލު  ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަކަށް ނުވާކަމަށެވެ. […]

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވައިފި

  ރަހީނުކޮށް ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ ހަގީގަތް ހޯދުމަށް  ޕޯސްޓްމޯޓަމް ހެދަން އެކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރަވިންޑްރަމަށް  ފޮނުވައިފިއެވެ. މި ކުއްޖާގެ ހަށިގަނޑު ފޮނުވީ މޯލްޑިވިއަން ފްލައިޓެއްގައި މިއަދު ހެނދުނު އެވެ. މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަދުވަހު ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި […]

ތިނަދޫގައި ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ކެންސަލްކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފި

  ގދ. ތިނަދޫގައި ކޮވިޑް-19 ބަލި އިންތިހާއަށް ގިނަވުމާއި ގުޅިގެން މި ބަލި ކޮންޓްރޯލްކުރުމަށް ގޭބީސީތަކަށް ދޫކޮށްފައިވާ ހައުސް ހޯލްޑް ޕާމިޓްތައް ކެންސަލްކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ. ތިނަދޫގައި މިދިޔަ މަހުފަހުކޮޅުން ފެށިގެން އަމަލުކުރަމުން އައި 24 ގަޑިއިރުގެ ކާއިފިއުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކުރިން އަމަލުކުރަމުން އައީ ހައުސްހޯލްޑު ޕާމިޓުގެ ދަށުން ކޮންމެ ގެއަކަށް ހަފްތާއަކު އެއް ދުވަހު އެއްގަޑިއިރަށް އެކަކަށް ބޭރަށް ދެވޭނެ އުސޫލެކެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އެއްވެސް ގެއަކުން ހައުސްހޯލްޑް ޕާމިޓްގެ ދަށުން […]

ބިދޭސީން ކަރަންޓީނު ވާނެ ތަންތަން ހޯދަން އިއުލާނުކޮށްފި

  ވަޒީފާ އަދާކުރަން ރާއްޖެއަށް އަންނަ ބިދޭސީން ކަރަންޓީނުވުމަށް ހޮޓެލް، ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް އިއުލާނުކޮށްފި އެވެ. ހެލްތު މިނިސްޓްރީން ބުނީ ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމަށް ބޭނުންވާ ތަންތަން ހަމަޖެއްސުމަށް ޝައުގުވެރިވާ މީހުންނަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މާދަމާއިން ފެށިގެން ޕްރޮޕޯސަލް […]

ޑރ. އިޔާޒު ރައީސް ނަޝީދަށް: މަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު  ރާއްޖޭގެ ވެރިކަމަށް އަލުން ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މަޝްހޫރު އިލްމުވެރިޔާ ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ކޮމެންޓްކުރަމުންނެވެ. ރައީސް ނަޝީދު ޓްވީޓްކުރެއްވީ އެމަނިކުފާނު އެލެކްސް އަހުމަދުގެ ނަމުގައި ގެންގުޅުއްވާ އައިޑީންނެވެ. ނަޝީދުގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސޯޝަލް […]

މަޖިލިސް އަކީ ގޮއްވާލަން ޖެހޭ ތަނެއްކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

    ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓެއް ކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ. ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް ކުރި އުމުރުން 28 އަހަރުގެ ޒުވާން ފިރިހެނެކެވެ. މެއި 17 ވަަނަ ދުވަހު ލައިވްކުރި މި ޖަލްސާގައި އޭރު ކުރިއަށްދިޔައީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސް […]

އިޔާޒު ވަކިކުރީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން

    ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަކިކޮށްފައިވަނީ ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.   އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައުމީ ޔުނިވާސިޓީން އިޔާޒް އާ މެދު އެޅި ފިޔަވަޅަކީ އެފަދަ މަގާމެއްގައި ހުންނަވައިގެން ދިވެހިރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާ ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަބޭކަލަކާމެދު […]