13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

 

ރަހީނުކޮށް ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ ހަގީގަތް ހޯދުމަށް  ޕޯސްޓްމޯޓަމް ހެދަން އެކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރަވިންޑްރަމަށް  ފޮނުވައިފިއެވެ.

މި ކުއްޖާގެ ހަށިގަނޑު ފޮނުވީ މޯލްޑިވިއަން ފްލައިޓެއްގައި މިއަދު ހެނދުނު އެވެ.

މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަދުވަހު ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު، 27، އާއި 17 އަހަރުގެ ކުއްޖެކެވެ. ޒިހާނުގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.

ބޮޑެތި ކުށް ކަމަށް ކަނޑައަޅާފައިވާ ހަތަރު ކުށެއްގެ ތުހުމަތު ޒިހާނުގެ މައްޗަށް ކުރާއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމަރު ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް