އިންޑިއަން ހައިކޮމިޝަން ގޮއްވާލަަން ދިން އިންޒާރާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގެ މުއްދަތަށް އިތުރު ތިން ދުވަސް އިއްޔެ ދީފި އެވެ. ފޭކް އެކައުންޓެއްގެ ގޮތުގައި ހިންގާ، ”ރޯޔަލް ހުސެއިން ތަކުރު“ ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. މި ޓްވީޓާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ މުހައްމަދު އިނާދު ނަމަކަށް ކިޔާ އުމުރުން […]
އައިޕީޔޫ އަށް ހޮވިވަޑައިގެންނެވި ފުރަތަމަ ދިވެހި މެންބަރަކަށް ޖީހާން

އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ހޮވުނު ދިވެއްސެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޖީހާން މަހްމޫދު ހޮވިވަޑައިގެންފިއެވެ. ޤާނުނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމިއްޔާ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ. މި ކޮމިޓީން ޑިމޮކްރެސީއާއި […]
ބޭރަށް ފުރާ ދަތުރުވެރިންގެ އަތުން ނަގާ ފީތައް ބޮޑުކުރަން އިސްލާހުކުރި ބިލު ތަސްދީގު ކުރައްވައިފި

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ މި މަހުގެ ފަސްވަނ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލާއެކު ގެނެވުނު އިޞސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ […]
ޓޫރިޒަމް މާސްޓާ ޕްލޭނަށް ކޮންސަލްޓުން ހޯދުމުގެ މުއްދަތު އިތުރުކޮށްފި

ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވާ ޓޫރިޒަމް މާސްޓާޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ ރާއްޖެއިން ކޮންސަލްޓުން ހޯދުމަށް ކޮށްފައިވާ އިއުލާނުކަމަށެވެ. ކޮންސަލްޓަންޓުން ހޯދަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ޓޫރިޒަމް ސްޓްރެޓަޖީ ސްޕެޝަލިސްޓް (ލީޑް ކޮންސަލްޓަންޓް) އަކާއެކު ޖުމްލަ 10 ކޮންސަލްޓެންޓުން ހޯދަން ކުރިން އިއުލާންކުރި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް މާސްޓަރޕްލޭން […]
އިނގިރޭސިވިލާތުން އިންސާނީ ހައްގުތަކުގެ ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި

އިނގިރޭސި ވިލާތުން ގައުމުތަކުގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ ގައުމުތަކުގެ ލިސްޓުކަމަށްވާ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކޮށްފިއެވެ. މި ލިސްޓަކީ ގައުމުތަކުން އިންސާނީ ހައްގުތަކުގެ ހާލަތު އޮތްގޮތް ބަލައި އިންސާނީ ހައްގުތަކަށް އެ ގައުމުތަކުން ހޯދައިދޭން ކުރާ މަސައްކަތްތައް ބަލައި ރައްޔިތުންނަށް އިންސާނީ ހައްގުތަށް ލިބިދިނުމަށް ބާރުއަޅަންޖެހޭ ގައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ލިސްޓެކެވެ. މިލިސްޓުގައި ޖުމްލަ 30 ގައުމު ހިމެނެއެވެ. ޔޫކޭއަކީ އެގައުމުން ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ދޭދޭ […]
ނުރައްކާތެރި ކެމިކަލް މެނޭޖްކުުރުމަށް މާލެ ސަރަހައްދުގައި ފެސިލިޓީއެއް ގާއިމުކުރަނީ

މާލެ ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކެމިކަލް އާއި ކުނި މެނޭޖު ކުރުމަށް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކެމިކަލްއާއި ކުނި މެނޭޖްކުރުމަށް ފެސިލިޓީއެއް ގާއިމު ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް ބަޔަކާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ފިޗްނާއާ އެވެ. އަދި ފިޗްނާގެ ފަރާތުން ސަބް ކޮންސަލްޓަންޓެއްގެ ގޮތުގައި ރިނިއުބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް […]
44 ހާހަށް ވުރެ ގިނަ ބަނގުރާ، ބަނގުއްވި ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 44911 ބަނގުރާ، ބަނގުއްވި ނައްތާލައިފި އެވެ. ކަސްޓަމްސް އިން ބުނީ މި ބަނގުރާ، ބަނގުއްވި ތެރޭގައި ހިމެނެނީ 25469 ފުޅި އާއި 19430 ދަޅުގެ އިތުރުން 12 ޕެކެޓް ކަމަށެވެ. އަދި މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބާވަތްތަކެއް ނައްތާލައިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އޭގެ ތެރޭގައި ދުންފަތާއި ސިގިރޭޓް އަދި ބޭސް ހިމެނެއެވެ. އެގޮތުން 39200 ސިގިރޭޓަޓާއި 300 ގްރާމް ދުންފަތް އަދި 574 ސޮފްޓް […]
ނަފްރަތުގެ ބިލު ކޮމިޓީއަށް އަލުން ފޮނުވާލަން ފާސްކޮށްފި

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ މިއަދުގެ ޖަލްސާގައި އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެވެ. އާޒިމް ހުށަހެޅުއްވި ގޮތަށް […]
ރައްކާ ރޯޑް ސޭފްޓީ ކުރެހުމުގެ މުބާރާތުން އެއްވަނަ އާއިޝަތު ޔަނާލް ޔާފިސް އަށް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުން އެއްވަނަ އާއިޝަތު ޔަނާލް ޔާފިސް އަށް ލިބިއްޖެއެވެ. މި މުބާރާތުން ދެ ވަނަ އަށް މުހައްމަދު ކައިސް ހަސަން އާމިރު ހޮވިފައިވާއިރު މުބާރާތުގެ ތިން ވަނަ އަށް ހޮވިފައިވަނީ އާމިނަތު ޔޫހާ އިބްރާހިމްއެވެ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެލައިޑް އިންޝުއަރެންސް ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯގެ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް މިހާރުވަނީ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެގޮތުން، […]
ހިމަންދޫ ގޮނޑުދޮށުން އިންސާނުންގެ ކަށިތަކެއް ފެނިއްޖެ

އއ. ހިމަންދޫ ގޮނޑުދޮށުން އިންސާނުންގެ ކަށިތަކެއް ފެނިއްޖެއެވެ. ރަށު ކައުންސިލުންގެ ރައީސް ހުޝާމް އިސްމާއިލް “ ސަންދާން“ އަށް ވިދާޅުވީ މި ކަށިތައް ފެނުނީ ކުޑަކުދިންތަކަށްކަމަށާ އެކަމުގެ މައުލޫމާތު އެކުދިންގެ މައިންބަފައިން ކައުންސިލަށް ހުށަހެޅުމުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން މިހާތަނަށް ތިން މީހެއްގެ ކަށިގަނޑު ފެނިފައިވާ ކަމަށެވެ. “ އެކަށިތައް ހުރީ ގާގަޑުތެރެއިން އާނުގަނޑުންގެ ވެސް ދަށުގަ، އެތަނުން އެކެއްގެ ކަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން ނެގުމަށް ފަހު މިހާރު ވަނީ ސަހަރާގައި ވަޅުލާފަ. ނަމަވެސް […]