އިނގިރޭސިވިލާތުން އިންސާނީ ހައްގުތަކުގެ ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި

Loading

Facebook
Twitter
WhatsApp

 

އިނގިރޭސި ވިލާތުން ގައުމުތަކުގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ ގައުމުތަކުގެ ލިސްޓުކަމަށްވާ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކޮށްފިއެވެ.

މި ލިސްޓަކީ ގައުމުތަކުން އިންސާނީ ހައްގުތަކުގެ ހާލަތު އޮތްގޮތް ބަލައި އިންސާނީ ހައްގުތަކަށް އެ ގައުމުތަކުން ހޯދައިދޭން ކުރާ މަސައްކަތްތައް ބަލައި ރައްޔިތުންނަށް އިންސާނީ ހައްގުތަށް ލިބިދިނުމަށް ބާރުއަޅަންޖެހޭ ގައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ލިސްޓެކެވެ. މިލިސްޓުގައި ޖުމްލަ 30 ގައުމު ހިމެނެއެވެ.

ޔޫކޭއަކީ އެގައުމުން ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ދޭދޭ ގައުމުތަކާ އެކު ބޭއްވުމުގައި އެގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ރިއާޔަތް ކުރާ ގައުމެކެވެ.

ޕްރަޔޯރިޓީ ލިސްޓުން ރާއްޖޭގެ ނަން އުނިކުރުމާއެކު ފޮރިން މިނިސްޓްރީއިން ބުނީ މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އިނގިރޭސިވިލާތުން ގައުމުތަކާއެކު ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ރިއާޔަތްކުރެއެވެ

. ރާއްޖޭގެ ނަން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީއާއި އެކުގައެވެ. މި ދެ ގައުމުގެ ނަން މި ލިސްޓުން އުނިކޮށްފައިވާއިރު މި ލިސްޓަށް ވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާގެ ނަން އިތުރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް