ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތްދީގެން އަނެއްކާވެސް ގެސްޓް ހައުސް އަކަށް ފިޔަވަޅު އަޅައިފި

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދެމުން ދިޔަ ގެސްޓްހައުސް އެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑް ކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެޗްޕީއޭ އާއި މިނިސްޓްރީން އެކުލަވައިލި ގައިޑްލައިނާ ހިލާފުވި މާލޭސަރަހައްދުގެ ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގެސްޓް ހައުސްއެއްކަމެއް އެގެސްޓް ހައުސްގައި ހިދުމަތްދިނީ ދެކުނު އޭޝިއާގެ ގޮންގައުމެއްގެ ފަތުރުވެރިންކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެ […]
ބިދޭސީން ގެންނަ ފަރާތްތަކުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީން ޕްރޮގްރާމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ”ސެޓްފިކެޓް އިން އެމްޕްލޯއިމެންޓް އިންޓަމީޑިއަރީސް ކޯސް“ގެ ނަމުގައި ހިންގާ މި ކޯހުގެ މަގްސަދަކީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ކިޔައިދީ، އެފަރާތްތަށް ކުރުން ލާޒިމްކުރާ ކަންތައްތަކާއި […]
އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

ކުރިއަށް އޮތް އަލްހާ އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ގަޑިތައް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މި އެންގުން […]
ފެހެންދޫގައި ސެޓެލައިޓް ސްކޫލެއް ތަރައްގީ ކުރަނީ

ބ.ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. މި ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ގާއިމްކުރާ ދެ ކްލާސްރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް އާއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ކޭޑީ އެންޓަރޕްރައިސަސް އާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ […]
ޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް ޖައުފަރު ފާއިޒު އަވަހާރަވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އާލާސްކަންފުޅާ އުޅުއްވާތީ ޝެއިހް ޖައުފަރު ހޮސްޕިޓަލްގައި އެޑްކޮށްގެން ފަރުވާދެމުން އަންނަތާ މަހަކާ ގާތްވެއްޖެ އެވެ. އައްޑޫ ސިޓީ މީދުއަށް ނިސްބަތްވާ ޝެއިހް ޖައުފަރު އަވަހާރަވި އިރު އުމުރުފުޅަކީ 65 އަހަރުފުޅެވެ. ޝެއިހްގެ ޖަނާޒާ މިއަދު މެންދުރުނަމާދަށްފަހު މަސްޖިދުއް ފުރުގާންގައި އޮންނާނެއެވެ. ޝެއިހް ޖައުފަރު ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މީގެކުރިން ފަރުވާދީފައިވެ އެވެ. އޭގެފަހުން ހާލު […]
އަބްﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

ފެމިލީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ. ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައި މައްސަލަ ބަލަން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ޖޭއެސްސީ އަށް ހުށަހަޅާފައިވާ އަބްދުﷲ ގާޒީގެ މައްސަލަ، އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ނިންމުމަށް ފަހު ބުނެފައި ވަނީ އެ މައްސަލަ […]
ދިރާގުން ސިއްހީދާއިރާއަށް ޓެބްލެޓް ހަދިޔާ ކޮށްފި

ދިރާގާއި ސެމްސަންގް ގުޅިގެން ރާއްޖޭގެ ސިއްހީދާއިރާއަށް ޓެބްލެޓް ހަދިޔާ ކޮށްފި އެވެ. ދިރާގުން ބުނީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމް ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން ހަދިޔާ ކުރި ޓެބްލެޓްތަކެއް ކަމަށެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގައި ސިއްހީ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތަކަށް މި ޓެބްލެޓްތަކުގެ ސަބަބުން ލުޔެއް ލިބި ދިނުމަކީވެސްއެއްމަގުސަދުކަމަށެވެ. މި ޓެބްލެޓްތަކުގެ ސަބަބުން ވެކްސިން ޕްރޮގްރާމަށް ގިނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް […]
ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކަށް ނޭރޭނެ

ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިނަށް މީހުން ދިރިއުޅޭ ރަށްރަށަށް ނުގެންދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ބުނެފި އެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. ނަމަވެސް މާލޭގައި ޓްރާންސިޓްވާން ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ […]
ރައީސް ޔާމިންގެ ބަޔާނެއް ނަގަން އުޅެނީ ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަން: އިނދިކޮޅު ކޯލިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން ބަޔާން ނަގަން އުޅެނީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ހެދި ރައްޔިތުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް، ޕީއެންސީން ބުނެފި އެވެ. ރައީސް ޔާމިނާ ސުވާލުކޮށް ބަޔާން ނަގުމަށް އާދީއްތަ ދުވަހާއި އިއްޔެ ވެސް އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާއަށް ހާޒުރުކޮށްފައެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަމުން ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވ. އާރަށް […]
ގާޒީ ހާފިޒާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަހަޅައިފިއެވެ. ގާޒީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ މައްސަލަތަކެއް ލަސް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ ދަ ލިޓިގަންޓްސް ލޯ ފާމުންނެވެ. ދަ ލިޓިގަންޓްސް ލޯ ފާމުން ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަށް ފޮނުވި ސިޓީގައިވަނީ އެ ސެކްޝަންގައި ހިނގާ މައްސަލަތައް ލަސްކަމަށާ، މައްސަލަ […]