ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތްދީގެން އަނެއްކާވެސް ގެސްޓް ހައުސް އަކަށް ފިޔަވަޅު އަޅައިފި

Loading

Facebook
Twitter
WhatsApp

 

 

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދެމުން ދިޔަ ގެސްޓްހައުސް އެއްގެ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެޗްޕީއޭ އާއި މިނިސްޓްރީން އެކުލަވައިލި ގައިޑްލައިނާ ހިލާފުވި މާލޭސަރަހައްދުގެ ގެސްޓް ހައުސްއެއްގެ ހުއްދަ ބާތިލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ގެސްޓް ހައުސްއެއްކަމެއް އެގެސްޓް ހައުސްގައި ހިދުމަތްދިނީ ދެކުނު އޭޝިއާގެ ގޮންގައުމެއްގެ ފަތުރުވެރިންކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެ އެވެ.

ގަވާއިދާ ހިލާފަށް ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ހިދުމަތްދެމުން ދިޔަ ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 17 ވަނަ ދުވަހު ވެސް ވަނީ ބާތިލު ކޮށްފަ އެވެ.

އެމިނިސްޓްރީން ހާމަކުރައްވާގޮތުގައި އަދި އިތުރު ތިން ގެސްޓްހައުސް އަކަށް ވަނީ ގައިޑްލައިނާއި ހިލާފްވެގެން އިންޒާރު ދިނެވެ.

ދެނުކު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ވަނީ މި މަހުގެ 15 ގަ އެވެ. ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ނުގެން ދެވޭނެ ކަމަށް ހެލްތު އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

އެޗްޕީއޭން ދެކުނު އޭޗިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގެ މީހުން އުޅޭ ރަށްރަށަށް އެރުން މަނާކުރީ

އިންޑިއާގައި ކޮވިޑްހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާއިންނާއި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވާ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް