ދިިއްލޭ ކުލަބޮކިތަކުން ޖަރީކުރި މޫދު އީދުހަރަކާތް

  ކޮވިޑް-19ގެ މިހާލަތުގައި ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ގޮތްތޮތަށް އީދު ހަރަކާތްތައް ބާއްވަމުން އަންނަ އިރު ކުޅުދުއްފުށި ސިޓީން ދެއްކީ ކޮވިޑުން ރައްކާތެރިވެ ތިބެ، އާދަޔާހިލާފު ރީތި ފަރި އަދި އެހާމެ ހިތްގައިމު ހަރާކާތްތަކެކެވެ. ކުލަކުލައިން ޖަރީކޮށްފައިވާ މޫދު އީދު ހަރަކާތެކެވެ. ގިނަ ބަޔަކު މި ޝޯބަލަން އެއްވިއިރު، އެސަރަހައްދުގެ އިންތިޒާމު ހަމަޖައްސާފައި ހުރީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަޅުތަކަށް އަމަލުކުރެވޭނެހެންނެވެ. އެއް ބަޔަކު އަނެއްބަޔަކު ބޮޑި ނުވެ ގައިދުރުކަން ބަހައްޓައިގެން ކުޅުދުއްފުށީ ރައްޔިތުން […]

އައްޑޫގައި ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ މަސައްކަތްކުރަން: އައްޑޫ މޭޔަރު

  އައްޑޫސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް އަޅަން އުޅުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް،  އެ ސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ ބަލަމުން އަންނަ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ”ފަލަސުރުހީ“ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ގާއިމް ކުރެވިއްޖެ ނަމަ، އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މައްސަލަ […]

ފެނާއި ނަރުދަމާ އަޅަން އިއުލާންކުރި ރަށްތަކެއްގެ ބިޑް ކެންސަލްކޮށްފި

    ފެނާއި ނަރުދަމާ އަޅަން ހުޅުވާލި މަޝްރޫއުތަކަކަށް ހުށަހެޅި ބިޑްތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކެންސަލް ކޮށްފި އެވެ. މިއީ ތިން އަތޮޅެއްގެ ހަތް ރަށެއްހެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އަޅަން ހުޅުވާލި މި މަޝްރޫއެވެ. އެއީ ބ އަތޮޅު ފެހެންދޫ،  ފުޅަދޫ، ކިހާދޫ އަދި ދޮންފަނެވެ. އަދި ށ. ނޫމަރާ އާއި ބިލެއްދޫ އަދި ނ. ލަންދޫ އެވެ. ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމަކަށް ފިނޭންސް […]

މާދަމާއިން ފެށިގެން ކޫއްޑޫއިން އައިސް ވިއްކާނެ

ދެކުނުގެ މަސްވެރިން އެރަށަކަށް އެންމެ ބޮޑަށް ބަރޯސާވާ ގއ ކޫއްޑޫއިން އައިސް ވިއްކުން ހުއްޓާލައިފައި އޮތުމަށްފަހު މާދަމައިން ފެށިގެން އައިސް ވިއްކުމަށް ހަމަޖައްސައިފިއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ މާދަމާއިން ފެށިގެން ކޫއްޑޫ އަދި ދެކުނު އައިސް ޕްލާންޓް ތަކުން އައިސް ވިއްކާނެކަމަށެވެ. ހުކުރު ދުވަހު ކޫއްޑޫއިން އައިސް ވިއްކާނީ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ހަމައަށް ކަމަށްވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކުރެއެވެ. އެ މަސްފެކްޓްރީގެ ޖެޓީއާއި ކޯސްޓްރޭޖް އަދި […]

ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ޑީޕޯޓް ކޮށްލަނީ

  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައި ޑިޕޯޓު ކުރަން ނިންމައިފި އެވެ. އޭނާ ޑިޕޯޓު ކުރަން އިމިގްރޭޝަން އާ މިހާރުވަނީ ހަވާލުކޮށްފައެވެ. ނަމިބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކުރީ މި މަހު 10 ވަނަދުވަހުއެވެ. އެ ފަތުރުވެރިޔާ އަތުން ވަޒަންތަކެއް ފެނުނީ ފުރަން ވީއައިއޭއަށް ގޮސް ހުއްޓައި ފުރުމުގެ ކުރިން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ […]

   ވެލިދޫ އީދު ހަދިޔާ އެއްގެ ގޮތުން ތިމާވެއްޓާ ރައްޓެހި ކޮތަޅު

  ނ. ވެލިދޫގެ ޒުވާނުންގެ ގުރޫޕަކުން އީދު ހަދިޔާއެއްގެ ގޮތުން ތިމާވެއްޓާރައްޓެހި ފޮތި ކޮތަޅު ބަހައިފި އެވެ. މި ކޮތަޅުތައް ބަހާފައިވަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް މަސައްކަތް ކުރާ، ކަންމަތި ނިއު ޖެނެރޭޝަން (ކޭއެންޖީ) ގުރޫޕުން ނެވެ. މި ގްރޫޕުން ވަނީ އީދުގެ ހަދިޔާއެއްގެ ގޮތުގައި ރަށުގެ ހުރިހާ ގެއަކަށް 400 ފޮތި ކޮތަޅު ހަދިޔާކޮށްފައި ކަމަށް އެ ފްރޫޕުން ބުނެއެވެ. އެ ޖަމިއްޔާއިން ބުނީ މިއީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު […]

އައްޑޫ ސިޓީގައި މޮނިޓަރިން އުވާލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފި

  އައްޑޫސިޓީގައި މޮނިޓަރިން އުވާލައި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ކޮވިޑް- 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލާފައިވާކަން އަންގާފައިވާކަމަށެވެ. ކައުންސިލުން ބުނީ އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލިކަމުގައި ވީނަމަވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ހާއްސަ ފިޔަވަޅުތަކަކީ: މާލެއިންނާއި މޮނިޓަރިންގ ހާލަތުގައިވާ ރަށްރަށުން އައްޑޫ އަށް ދަތުރުކުރާއިރު ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަލިބިގެން ދަތުރުކުރުން، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން […]

ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށްބޭނުންވޭ : އީދު ހުތުބާ

  އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ގައުމު ބޭނުންވެފައިވާ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ. ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މިއަދު ޖަމާއަތުގައި ކުރި 1442 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދަށްފަހު، އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ ”އަޟްހާ އީދުގެ އިހްތިފާލު“ގެ މަށްޗަށެވެ ހުތުބާގައި ބުނީ މިއަދު ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތާތަން ކަމަށާއި، އިސްލާމްދީނުގެ ބުރުސޫރަ […]

އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

  ބ. އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެއްޖެ އެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ މި އަންހެންމީހާ އަކީ އުމުރުން 91 އަހަރުގެ މީހެއްކަމަށާ އޭނާ ނިޔާވީ  ރޭދަންވަރު 01:05 ހާއިރުކަމަށެވެ. އެ މީހާއަކީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. މިއީ އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކޮވިޑްގައި ނިޔާވި ދެ ވަނަ މީހާ އެވެ. މިއާއެކު […]

މާލޭގައި މާދަމާ  39 މިސްކިތެއްގައި އީދުނަމާދު ކުރާނެ

މާލޭގައި މާދަމާ އަޟްހާ އީދު ނަމާދު 39 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ކުރިން ހަމަޖެއްސީ އީދު ނަމާދު މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނުކުރާ ގޮތަށް ކަމަށާ، ނަމަވެސް މިހާރު އެގޮތް ބަދަލުކޮށް އީދު ނަމާދު ޖަމާއަތުގައި ކުރުމަށް ނިންމީ ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަގަޅުވެފައިވާތީ ކަމަށެވެ. އަދި މިކަން މިގޮތަށް ނިންމީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން […]