މާލޭގައި މާދަމާ  39 މިސްކިތެއްގައި އީދުނަމާދު ކުރާނެ

Loading

Facebook
Twitter
WhatsApp

މާލޭގައި މާދަމާ އަޟްހާ އީދު ނަމާދު 39 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ކުރިން ހަމަޖެއްސީ އީދު ނަމާދު މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނުކުރާ ގޮތަށް ކަމަށާ، ނަމަވެސް މިހާރު އެގޮތް ބަދަލުކޮށް އީދު ނަމާދު ޖަމާއަތުގައި ކުރުމަށް ނިންމީ ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަގަޅުވެފައިވާތީ ކަމަށެވެ.

އަދި މިކަން މިގޮތަށް ނިންމީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ޖަމާއަތުގައި މިސްކިތްތަކުގައި އީދު ނަމާދު ކުރަން ނިންމި ނަމަވެސް ބޮޑުޖަމާއަތް ހަދައިގެން ކުރިން ބާއްވާ ގޮތަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކާމާހުރެ ފާއިތުވީ ދެ އަހަރުވެސް އީދު ބޮޑުޖަމާއަތުގައި ކޮށްފައި ނުވެއެވެ.

އީދު ނަމާދު ޖަމާއަތުގައި ކުރުމަށް ހުއްދަ ދީފައިވާ މާލޭގެ ބޮޑެތި މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި، މަސްޖިދުލް ފުރުގާންއާއި، ނޫރު މިސްކިތް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް