ފެނާއި ނަރުދަމާ އަޅަން އިއުލާންކުރި ރަށްތަކެއްގެ ބިޑް ކެންސަލްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ފެނާއި ނަރުދަމާ އަޅަން ހުޅުވާލި މަޝްރޫއުތަކަކަށް ހުށަހެޅި ބިޑްތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކެންސަލް ކޮށްފި އެވެ.

މިއީ ތިން އަތޮޅެއްގެ ހަތް ރަށެއްހެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އަޅަން ހުޅުވާލި މި މަޝްރޫއެވެ. އެއީ ބ އަތޮޅު ފެހެންދޫ،  ފުޅަދޫ، ކިހާދޫ އަދި ދޮންފަނެވެ. އަދި ށ. ނޫމަރާ އާއި ބިލެއްދޫ އަދި ނ. ލަންދޫ އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމަކަށް ފިނޭންސް މިނިސްޓްރީން ފެނާއި ނަރުދަމާގެ މި މަޝްރޫއުތައް ހިންގައިދޭނެ ބަޔަކު ހޯދަން ހުޅުވާލީ، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބާ ދިމާކޮށް މި އަހަރު ފެބްރުއަރީ މަހު އެވެ.

އަދި ބިޑް ހުށަހަޅަން ދީފައިވާ މުއްދަތަކީ މާޗް ތިން ވަނަ ދުވަހެވެ. އެ ބިޑުތައް މިނިސްޓްރީން ކެންސަލް ކުރިކަން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

ނަމަވެސް މި މަޝްރޫއުތަކުގެ ބިޑްތައް ކެންސަލް ކުރި ސަބަބެއް ޕްލޭނިން އިން މިހާތަނަށް އާއްމު ކޮށްފައެއް ނުވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް