އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޯޓެއްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން އައްޑުއަށް ގެންގޮސްސި

    އެމެރިކާ އިން ތައިވާނަށް ދަތުރުކުރި އާގު ބޯޓެއްގެ ފަޅުވެރިޔަކު ހާލު ދެރަވެގެން އައްޑޫސިޓީއަށް ގެންގޮސްސި އެވެ. ސިފައިން ބުނީ އެމެރިކާއިން ތައިވާނަށް ދަތުރުކުރި ބޭރުގެ އާގު ބޯޓްގެ ފަޅުވެރިޔަކު ހާލު ބޮޑުވެގެން ސިފައިންގެ އެހީތެރިކަމާއެކު މިއަދު 11:27 ހާއިރު އައްޑޫސިޓީ ފޭދޫއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެ މީހާގެ ހާލު ސީއަސްވީ ކީއްވެގެން ކިހިނެތްކަމެއް ސިފައިން ހާމައެއް ނުކުރެއެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ އިއްޔެ ރޭ 21:58 ގައި ކަމަށް ސިފައިން ބުނެއެވެ. […]

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސުކޫލެއް އަޅަން ބަޔަކާ ހަވާލުކޮށްފި

    ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މި ސްކޫލު އެޅުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޗަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ް 243 މިލިއަން ރުފިޔާގެ މި މަޝްރޫއު ރަޝިދު ކާޕެންޓްރީ އާ ހަވާލުކޮށްފައިވަނ18 މަސްދުވަހުގެ މި މަސައްކަތް ނިންމާގޮތަށެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫއެއް ކަމަށެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ […]

ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއް ނޫން. މައުމޫނުގެ ފިކުރަށް ނުޖޫއަ ނުވޭ: ރީކޯ މޫސަ

  ގިނަ ދުވަހު ޖަލުގައި އުޅެންޖެހުމަކީ ތިމާ ބަދަލުވާންޖެހޭ ކަމެއްނޫންކަމަށް ވިދާޅުވެ އެމްޑީޕީ އުފެއްދުމުގައި ރައީސް ނަޝީދުއާއި އަރިސްކޮށް އުޅުއްވި ކުރީގެ މަޖިލިސް މެންބަރު ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ. ގިނައަދަދެއްގެ ބަޔަކު އެއްފަހަރާ ހައްޔަރުކުރަން ރައީސް ނަޝީދު ރޭ ގޮވައިލެއްވުމާގުޅިގެން ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  އެމްޑީޕީ އަކީ ހައްޔަރުކޮށްޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށާ، މައުމޫނު ގެންގުޅުއްވި ފިކުރަށް ޕާޓީ ރުޖޫއު ނުވުމަށެވެ. އަދި ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭ […]

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

  ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނީ މި ބަނގުރާތަކަކީ ޖުމްލަ 71 މަސައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާކަމަށެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ  71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން  13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެތި […]

އިހުސާން އިންތިއަށް ހަމަލާއެއް، ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރެއްވީ ތިބޭފުޅުން

  ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުގެ ސަގާފަތެއް ރާއްޖޭގައި އާލާކުރީ ތިބޭފުޅުންކަމަށް ވިދާޅުވެ، ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި އިސްވެ ހަރަކާތްތެރިވާ އެމްއެންޑީއެފްގައި ކުރިން އުޅުއްވި ކެޕްޓަން އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން  އިމްތިޔާޒު ފަހުމީ (އިންތި) އަށް ބަހުގެ ހަމަލާއެއް ދީފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދަށް ދިން ހަމަލާއަކީ އޮޅުވާލުމެއް ނޫނީ ޑްރާމާ އެއް ކަމަށް ބުނާ މީހުންނަށް ފިޔަވަޅު އަޅަން އިންތި ގޮވައިލުމާ […]

ޖަމާއަތުގައި ނަމާދު ކުރުމުގައި މިނިސްޓްރީގެ އިމާމަކު ބައިވެރިވާނަމަ ފިޔަވަޅު އަޅާނަން: އިސްލާމިކް މިނިސްޓްރީ

ޖަމާއަތްހަދައިގެން އިއްޔެ ބައެއް މިސްކިތްތަކުގައި ހުކުރު ކޮށްފައިވާއިރު އެކަމުގައި އިސްލާމިކް މިނިސްޓްރީގެ އިމާމަކު ބައިވެރި ވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށީ ފިޔަޅުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް  އިއްޔެ ބައެއް މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ، އެކަމުގައި މިނިސްޓްރީގެ އިމާމަކު ބައިވެރިވެފައި ވޭތޯ ބަލަމުން އަންނަކަމަށެވެ. ނަމަވެސް […]

ފޯކައިދޫގައި ބަޔަކު ކާނާ ވިހަވެ، އެކަކު ސީރިއަސް

ށ. ފޯކައިދޫ ބަޔަކު ކާނާވިހަވެ، އެކަކު ހާލު ސީރިއަސް ވެއްޖެއެވެ. ކާާނާހަވުމުގެ ސަބަބުން ހާލު ސީރިއަސް ވި މީހާ މިހާރުވަނީ ހދ. ކުޅުދުއްފުށީގައި ހ ހުންނަ  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގެންގޮސްފައެވެ. ފޯކައިދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި ކަނާ ވިހަވީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ރޭ އެ ރަށުގައި ބޭއްވި ހަފްލާއެއްގައި ހުރި ކާތަކެތި ކައިގެން ކަމަށް ބެލެވޭކަމަށެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގިނަ އަދެއްގެ މީހުން ކާނާ ވެހަވެ އެކި ގޮތްގޮތް […]

މާލެ އާއި ވިލިމާލޭގައި ކުނި އަޅަން ހާއްސަ ސްޓޭޝަނެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

މާލެ އާއި ވިލިމާލޭން ކުނި އެޅުމަށް ފެންވަރުރަޅު ސްޓޭޝަނެއްގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއީ ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކުނި ބަހައްޓން ގާއިމް ކުރާ ހާއްސަ ސްޓޭޝަނެކެވެ. ކުނިއެޅުމަށް ހާއްސަ ސްޓޭޝަން ގާއިމުކުރަން ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާއެވެ. މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ […]

ކަނޑުއުޅަދު ފަހަރުގެ ފަޅުވެރިންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި ގުޅި ލާމެހިފައިވާ ހަޔާތެއް: މިނިސްޓަރު ނަހުލާ

  ރާއްޖޭގެ ކަނޑުއުޅަދު ފަހަރުގެ ފަޅުވެރިންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި ރާއްޖޭގެ މާހައުލާ ގުޅި ލާމެހިފައިވާ ހަޔާތެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ. ކަނޑުއުޅަދުފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމުން ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުންކަމަށްވުމާއެކު، ފަޅުވެރިންގެ ދައުރު ވަރަށް ބޮޑު ގައުމެއްކަމަށެވެ. ”މައިގަނޑު ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމް […]

ރިސޯޓް ހަދަން ނުވަ ފަރާތަކުން ކުރިމަތި ލައިފި

    ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލުމުން އެކަމަށް ޝައުވެރިވެ ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފި އެވެ. ސަރުކާރުން ހުޅުވައިލީ 16 ރަށަކަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ބީލަން ހުށަހަޅައިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ރިސޯޓު ހަދަން ބީލަމަށް ހުޅުވާލި 16 ރަށަށް 18 ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އަދި މި ރަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 […]